ތެލަސީމިއާ ފަރުވާ ހަރުދަނާކުރަން ސައިޕްރަސްއާއެކު ސޮއިކުރަނީ --- ފޮޓޯ/ހެލްތު މިނިސްޓްރީ
21 މެއި 2025 - 18:35
ރާއްޖޭގައި ތެލެސީމިއާގެ ފަރުވާ ހަރުދަނާކުރަން ސައިޕްރަސްއާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސްވިޒަލެންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ ޑަބްލިއުއެޗްއޯގެ ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިން ބޭއްވި ރަސްމިއްޔާތުގައި އެ އެގްރިމެންޓުގައި ސޮއިކުރެއްވީ ރާއްޖޭގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އަދި ސައިޕްރަސްގެ ހެލްތު މިނިސްޓަރު މައިކަލް ދަމްޔަނޮސް އެވެ.
މިނިސްޓްރީން ބުނީ އެ އެގްރިމެންޓުގެ ދަށުން މައިގަނޑު ގޮތެއްގައި އެހީ ދޭނީ ރާއްޖޭގައި ތެެލެސީމިއާ ކުދިންނަށް ދޭ ހިދުމަތްތައް ހަރުދަނާ ކުރުމަށެވެ. އޭގެ ތެރޭގައި؛
- ތެލެސީމިއާ ބަލިން ރައްކާތެރިވުމާއި ބަލި ދެނެގަތުމާއި ފަރުވާދިނުމުގައި ސައިޕްރަސްގެ ތަޖުރިބާކާރު ފަންނީ ބޭފުޅުންގެ އެހީތެރިކަން ހޯދުން
- މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމާއި ޓެލެކޮންފަރެންސިން މެދުވެރިކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ދިނުން
- ސިއްހީ ހިދުމަތްތެރިންގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރަން ސައިޕްރަސްއިން އެހީ ދިނުން
އެ ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ ރާއްޖޭގެ އާބާދީގެ 18 ޕަސެންޓު މީހުންނަށް ތެލެސީމިއާ ފަރުވާދޭ ކަމަށާއި އެއީ އާއްމު ސިއްހަތާ ގުޅޭ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ.
އެހެންވެ، ސައިޕްރަސް ފަދަ ތެލެސީމިއާ ކޮންޓްރޯލް ކުރުމުގައި ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ގައުމެއްގެ ފަރާތުން އިބުރަތް ހާސިލްކޮށް، އެ ފަރާތުގެ ފަންނީ އެހީތެރިކަން ލިބިގެން ދިއުމަކީ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.
ތެލެސީމިއާ ޕްރިވެންޝަން އެންޑް މެނޭޖްމަންޓާއި ލޭ އެޅުމާއި ކްލިނިކަލް އަދި ފަންނީ ތަޖުރިބާ ހިއްސާކުރުން ފަދަ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރު ކުރުމަކީ އަމާޒެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތެލަސީމިއާ މީހެއް
22 May 2025
ޝުކުރިއްޔާ މުއިއްޒު!
އައިޝާާ
22 May 2025
ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެމެން ކަހަލަ މީހުންގެ ހާލަތު މި ސަރުކާރުން ގާތުން ބަލަމުން ދިޔުމަކީ ހިންހަމަޖެހުން ލިބޭ ކަމެއް.
ތާއިފްް
22 May 2025
ރައީސް މުއިއްޒުގެ މި 5 އަހަރު ނިމިގެންދާއިރު ތެލެސީމިއާ ކުދިންނަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހިގެންދާނެ.
ޝުއާއުު
22 May 2025
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މިހާރު އޮތްވަރަށްވުރެ އެހެން ހަރުފަތަކަށް މިކަންކަން ކުރިޔަށް ގެންދިޔުމަށް.
ރިޔާޒްް
22 May 2025
ވަރަަށް އުފާވެރި ހަބަރެއް. މިފަދަ ކުދިންނަށް އަޅާލާ ސަރުކާރެއް ލިބުންކަން އެއީ ހަމަ ނަސީބެއް.
ކަތްދައްތަ
21 May 2025
ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނެއް ނޯވޭތަ؟ ގާނޫނުގަ ލިޔަން އެބަޖެހޭ ދެ ކެެރިޔަރުން ކާވެނި ނުކުރެވޭ ގޮތަށް. މިއީ ދުންފަތަށް ވުރެ ވަކި ސަހަލު ކަމެއްނޫން. ސިއްހީގޮތުން އެތައް ތަކުލީފެއް މާލީގޮތުން އެތައް ބުރައެއް ލޭހޯދަން އެތައް ގޮންޖެހުމެއް. ލޯތްބަކީ ދެ ކެރިއަރުން ކާވެނިކުރަން އޮތް ހުއްޖަތެއްނޫން.
ޖޯކް
21 May 2025
މިގައުމުން އަބަދުވެސް އިވޭނެ އަޑަކީ ރަނގަޅު ކުރަނީ ރަނގަޅު ކުރަނީ. ކޮންމެ ސަރުކާރެއް އަޔަސް މިހާލު. ކަމެއް ރަނގަޅުވެއްޖޭ އަޑުއިވުނުތަ؟
އަންސާމްް
22 May 2025
މިއީ ކުރިއަރަމުންދާ ގައުމެއް. އެހެންވީމާ ވަގުތު ކަންކަމަށް ނަގާނެ. ތަފާތަކީ ކުރިން އިހުމާލުވެފަ ހުރިކަންކަން މި ސަރުކާރުން ގާތުންބަލާ ހައްލު ހޯދަން މަސައްކަތް ކުރާކަން.