23 މެއި 2025 - 19:12
އެމްޑަބްލިޔުއެސްސީން ބ. ކެންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަން ކޮށްފި އެވެ.
ބ. ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަން ކުރުމުގެ މަސައްކަތުގައި އެމްޑަބްލިޔުއެސްސީގެ އިތުރުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއި ފެނަކަގެ އޮފިޝަލުން ބައިވެރިވި އެވެ. ރަށުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް މި މަޝްރޫއުގެ ސަބަބުން ކަށަވަރުވާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
އެމްޑަބްލިޔުއެސްސީން ކެންދޫގައި ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގު ހެދުމާއި ފެނުގެ މައި ނެޓްވޯކު އެޅުމާއި ގޭގެޔަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. އަދި ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި، ރިޖެކްޓް ލައިން ވެސް ވަނީ އަޅައިފަ އެވެ. ފެނުގެ ނިޒާމު ގާއިމުކުރުމަށް އެ ރަށުގައި ކުރި މަސައްކަތްތަކުގެ ދަށުން ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ބެހެއްޓީ ވެސް އެ ކުންފުނިންނެވެ.
ކެންދޫގައި އެމްޑަބްލިޔުއެސްސީން ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ނަރުދަމާގެ މައިނެޓްވޯކާއި ޕަމްޕިން ލައިން އެޅުމުގެ މަސައްކަތާއި ޕަންޕިން ސްޓޭޝަން ގާއިމުކުރުމާއި ސީ އައުޓް ފޯލް އެޅުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބެހެއްޓުމާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވެސް ކުރި އެވެ. އޭގެ އިތުރުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނާއި ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ވަނީ ފޯރުކޮށްދީ އެވެ.
މިއީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ 56 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާގިސާ
24 May 2025
އަހަރެމެން ނޫޅެން ފެން ނުލިބިގެންނެއް. ބޭކާރު 56 މިލިއަން ރުފިޔާ
ހަސަނުލްކޮސްގޮވިވްސްކީ
24 May 2025
އާގި ދެން ހަމަ ފާހާނާއަށް ވެސް ނުގޮސް ފިއްތާލައިގެން ހުންނަނީ؟ އެހެން ނުހަދާ. ސިއްހަތަށް ގެއްލުންހުރި ކަމެއް.
ލުބުނާ
24 May 2025
މަށެއް މުއިއްޒު ސަރުކާރުން ހެދި އެއްޗަކަށް ސިއެއް ނުލާނަން.
ވިލް
24 May 2025
ކެންދޫ މީހުން ތިހަލާކު ކޮށްލާނެކަން ޔަގީން. ވަރަށް ނާތަހުޒީބު ހަސަދަވެރިން ގިނަ ރަށެއް ތިޔައީ.