ގޭންގް ކުށްތައް ހުއްޓުވުމުގެ ބިލް ރައީސް ތަސްދީގު ކުރައްވަނީ: ގޭންގްތައް ނުހުއްޓި އޮތީ ޕޮލިޓިކަލް ވިލް ނެތީމަ ކަމަށް ވިދާޅުވި
25 މެއި 2025 - 14:19
ރާއްޖޭގައި ގޭންގުތައް ވަރުގަދަވެ، އެ ގޭންގުތަކުން ހިންގާ ކުށްތަކުގެ މައްސަލަ ހައްލު ނުވެ އޮތީ، މިހާތަނަށް އެއްވެސް ސަރުކާރެއްގައި އެކަން ހައްލު ކުރަން "ޕޮލިޓިކަލް ވިލް" ނެތުމުގެ ސަބަބުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލް ރައީސް މިއަދު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.
އެ ބިލް ތަސްދީގު ކުރެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގޭންގު މައްސަލަ ހައްލު ނުކުރެވި އޮތީ "ޕޮލިޓިކަލް ވިލް" ނެތުމުގެ ސަބަބުން ކަމަށާއި އަމިއްލަ މަސްލަހަތުގައި ގޭންގުތަކަށް ދީއްލައިގެން ތިބީ ކަމަށެވެ.
"މިއަދު މި ފެނިގެން ދަނީ އެކަން ބަދަލުވެފައިވާ ތަން، މި ސަރުކާރަކުން ނުފެންނާނެ ކުރީގެ މަންޒަރެއް. އަޅުގަނޑު ބޭނުން ވަނީ އިހުލާސްތެރިކަމާ އެކު ހަގީގީ މާނަގައި ގައުމުގަ ހުރި މިހަކަލަ ހުރިހާ މައްސަލަތަކެއް ހައްލު ކުރަން،" ރައީސް ވިދާޅުވި އެވެ.
"މިކަމުގައި އަޅުގަނޑަށް ބޭނުން ވަނީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން."
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި، ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރުމުގައި ވަކި މީހެއްގެ މޫނަކަށް ކަނދުރާއަކަށް އެ މަނިކުފާނު ނުބައްލަވާނެ އެވެ. ވިދާޅުވީ ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނަކީ ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވަން އެޅުނު އެކަށީގެންވާ ފިޔަވަޅެއް ކަމަށެވެ.
ރައީސް ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ހުރި ނުރަނގަޅު އާދަތައް އެންމެން ގުޅިގެން ހައްލު ކުރެވޭނެ ކަމަށާއި މައްސަލަތައް ހައްލުކުރަން އެންމެން އެކައްޗެއް ކިޔަން ޖެހިފައިވާ ކަމަށެވެ.
ގޭންގު ކުށްތަކުގެ ބިލް ތަސްދީގު ކުރެއްވުމަށް ފަހު ރައީސް މުއިއްޒު އެ ބިލް މީޑިއާ އަށް ދައްކާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް
"މި އެކުވެރިކަން އަޅުގަނޑުމެންގެ ތެރޭގައި ގާއިމް ކުރެވިއްޖެ ނަމަ މާ އުނދަގޫ ކަމެއް ނޫން، ގުރޫޕް ހަދައިގެން އެކި ކަހަލަ ކުށްތައް ކުރުން މުދަލަށް ގެއްލުން ދިނުން މިހެން ގޮސް މި ޒާތުގެ ހުރިހާ ކަމަކީ އަޅުގަނޑުމެންނަށް ހައްލު ކުރެވޭނެ ކަންކަން،" ރައީސް ވިދާޅުވި އެވެ.
"މިއަދު މި ތަސްދީގު ކުރެވުނު ގާނޫނު މި ދެންނެވި ރޫހުގައި މަސައްކަތް ކޮށްފި ނަމަ، ނަތީޖާ ނެރެވޭނެ."
ރައީސް ވިދާޅުވީ ކުށަށް އަރައިގަތުމަކީ އިންސާނުންގެ ތަބިއްޔަތުގައި އޮތް ކަމެއް ކަމަށާއި ނަމަވެސް ކުށް ކުރުން މަދުކުރުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ. މިފަދަ ގާނޫނުތަކުގެ ބޭނުމަކީ ބަޔަކު ކުށްވެރިކުރުން ނޫން ކަމަށާއި ނަމަވެސް، ކުށްތައް މަދުކޮށް، ކުށުން މީހުން ދުރުހެލިކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިއަދު ތަސްދީގުކުރި ބިލްގައިވާ ގޮތުން، ކުށްކުރާ ގްރޫޕްތައް ނުވަތަ ގޭންގުތައް ހޯދަން ޖެހޭނީ ވެސް އާންމު އުސޫލުން ހިންގާ ތަހުގީގެއްގެ ތެރެއިންނެވެ. އެ ތަހުގީގުގެ ތެރެއިން ވަކި ގުރޫޕަކީ ކުށްކުރާ ބައެއް ކަން ނުވަތަ ވަކި މީހަކީ ކުށްކުރާ ގުރޫޕަކަށް ނިސްބަތްވާ މީހެއް ކަން ފުލުހުން ސާބިތުކޮށްދޭން ޖެހޭނީ އާންމު އުސޫލުން ހެކި ހޯދައިގެންނެވެ.
ގޭންގު ކުށްތަކުގެ ގާނޫނުގައި ވަނީ އެއީ ގޭންގެއް ކަމާއި ގޭންގެއްގެ ލީޑަރެއްކަން ނުވަތަ ގޭންގު މެމްބަރެއްކަން ކަނޑައެޅުމަށް ފަހު، އެފަދަ ފަރާތްތަކާ ވަކި ގުޅުންތަކެއް ބާއްވައި މުއާމަލާތު ކުރުމާއި ކްލަބް ޖަމިއްޔާ، ރަޖިސްޓަރީކޮށް ދިނުމަކީ ވެސް މަނާ ކަމެއް ކަމަށެވެ. ގޭންގު މީހުންނަކީ ކޮން ބައެއްކަން އާންމުންނާއި ރާއްޖެ އިން ބައިނަލްއަގްވާމީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެންގުމުގެ ބޭނުމުގައި އެ މީހުންގެ ފޮޓޯއާ އެކު މައުލޫމާތު އާންމު ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ވެ އެވެ.
އެ ގާނޫނުގައިވާ ގޮތުން ގޭންގްތަކުގެ މީހުންގެ ލިސްޓް ކަމާގުޅޭ ދައުލަތުގެ އިދާރާތަކާއި ޑިޕްލޮމެޓިކް ގުޅުން ގާއިމް ކޮށްފައިވާ އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ހިއްސާކޮށް އަދި ކޮންމެ ހަ މަހަކުން އެއް ފަހަރު އެ ލިސްޓު މުރާޖައާ ކުރަންޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
26 May 2025
ޕޮލިޓިކަލް ވިލް ނެތް ސަބަބަކީ ކޮބައިތޯ؟ ވެރިކަމަށް އަންނަ ކޮންމެ ބޭފުޅަކާ މަޖިލީހަށް ހޮވޭ މެންބަރުންގެ ކެމްޕޭން ފޮޓޯ ތައް ބަލާލީމަ ފެންނާނެ ތިޔަ ވިދާޅުވާ "ޕޮލިޓިކަލް ވިލް" ނޯންނަ ސަބަބު.
އަސަރަފަ
26 May 2025
މިރާއްޖޭގެ ގޭންގްތަށް ހުއްޓުވޭނެ ވެރިޔަކަށް ހުރީ އުމަރު ނަސީރު. އަހަރެންގެ ވޯޓް ދެން ފަހަރަކުން އުމަރަށް
ބަޑިތަކުރު
26 May 2025
ދެންވެސް ގޭންގުތަކެއް ނުހުއްޓުވޭނެއެވެ. ހުއްޓުވާނީ އެއިރަކު އޮންނަ ސަރުކާރަކާ ދެކޮޅަށް މަސައްކަތްކުރާ ގޭންގުތަކެވެ. ކިރިޔާވެސް އެބަޔެއްގެ ތާއީދާއި އެހީތެރިކަން ބޭނުންވާ ގޭންތަކަށް ދެމިގަނެވޭނެ ކިތަންމެ ބާގަނޑެއް ކޮންމެ ގާނޫނެއްގައި ހަދާފައި އޮވެއެވެ. ނުވިތާކަށް ބާގަނޑެއް ފެންނަން ނެތް ޤާނޫނެއްގެ ވިއްޔާ ތޮއްޑުން ދުއްވާލެވޭނެ ގޮތްތައް އިޖްރާޢަތުގެ ގާނޫނުގައި އޮންނާނެއެވެ. ކޮންމެ ބަޔަކުވެސް ކުރަނީ އެއްކަމެކެވެ. ކުރާގޮތްތަކުގައި ކޮންމެސް ވަރެއްގެ ތަފ
ޖުލައި2021
26 May 2025
ވޯޓަރ ސުޕޯޓްސް ނަމުގަ ގޭންގުތަކުން ހުޅުމާލޭ ބީޗު ހިސޯރުކޮށްފި މުޅި ސަރަހައްދު ގަ ހަޓްތާށް ހަދަމަުން މިހާރު އާއްމު ރައްޔިތުންނަށް ހިތްހަމޖައްސާލަން އޮތް ތަންކޮޅުވެސް އެހިފީ. މީތަ ތިބުނާ ވިލް އޮތް ގޮތަކީ
އައްދިއްޔޯތް
26 May 2025
ރ. މައުމޫނުގެ ދިގު30ހުގައި ފެނުނީ ޑުރަގުގެކަންތައް ނައްތާލަން މަސައްކަތްކުރިތަން. މިދައުރު މިފެންނަނީ ދުންފަތާއި ގޭންގުތައް ނައްތާލަން ފަށާތަން. ޑުރަގުކަންތައް މިއަދުގޮސްފައިވާވަރު ރަނގަޅަށްފެނޭ. ދުންފަތާއި ގޭންގުތަކުގެކަންތައް ހުއްޓުވީމަ ކިހާވަރަކުން ދާނެބާވައެވެ؟ ވިހާދަރި "އަމާ! ނިކަން ދުންގަނޑެއްދީބަލަ" ގޮވާލާއަޑު ނުއިވިއްޖިއްޔާ ކަލާކޯޯ!
ތަދޯ
26 May 2025
ތިޔާއީ މުޅިންވެސް ޕެސިވް ކަންކަން އެކްޓިވް ކަންކަމެއް ތިޔާއިން ނުހިނގާ އެކްޓިވް ކަންކަމަކީ ސިފައިން އަޖުމަ ބަލާލަން މާލޭގެ މަގު މައް×ަށް 24 ގަޑިއިރު ފޯރި މަރަން ނެރެބަލަ ވަހުތުން ގޜންގް ތައް ފުނޑު ފުނޑު ވެގެން ދާނެއޭ ތިޔާއީ ގާނޫނެއް ނެތިގެން ނޫނޭ ތިކަން ނުވެގެން އުޅެނީ ހަމަ ނޭގެނީ ކުރަން ނުވަތަ ކުރަން ބޭނުން ނުވަނީ ގާނޫނު ތަންފީޒު ކުރި ފަހުން ވެސް ގޭންގް ތައް މާލޭގެ ރެސްޓޯރެންޓް ތަކުގެ ތެރޭގައި އޮޕަރޭޓް އެބަކުރޭ ވޭޕްެސް ބޭނުންކުރޭ ވާކަމެއް ނެތް
މަނިކުފާނުދޯ
26 May 2025
މިހާރު ތިޔަ ވިދާޅުވާޕޮލިޓިކަލް ވިލްއެއް ދައްކަންވެސް ހަމަ ހުރީ ހަމަ ތިޔަ މަނިކުފާނު.
ޢައްޕަންތުރޭ
26 May 2025
ކިހާބޮޑު ކަމަެއް. ކަލޭމެން ތިހެން ދޭ ލިސްޓުން ކިހާވަރެއްގެ ލަަރި އެއް ބޭރޔ ގައުމުތަކުން ނަގަން. ބޭރު ގައިމުތަކައް ލިސްޓު ދޭންޖެޙެތަ. ޢޭގެ ސަބަބުން މައޫސޫމު ފަގީރުން އިތުރައް ހާލުގަ ޖެހި ބޭސްފަރުވާ އައް ނުދެވި ތިބެން ޖެހެނީ މަހުރޫމުވެފަ.
އެމެރިކާ
25 May 2025
ގޭގުތަކުގަ ގިނައީ ގާފްދާލް މީހުން
ޗޫޤީ
25 May 2025
ޕޮލިޓިކަލް ވިލް ފެންނާނެ ތަސްދީގުކުރި ބިލު ފުރޭމަކަށްލާ ރައީސްއޮފީހުގެ ފާރުގައި ހަރުކޮށްފައި ބެހެއްޓީމަ. މިގައުމުގައި ރައީސްކަންކުރި ޕޮލިޓީޝަނުންގެ ވިލް ހުންނަނީ މޮޅެތި ގާނޫނުތައް ފާސްކޮށް މެޑަލް ޖަހަން. އެއިން ގާނޫނަކަށް އަމަލުކޮށް ތަންފީޒުކުރަންވީމަ އިނގިލި ދިއްކުރާނީ ކުރިން ދައުރު ވެރިކަންކުރި މީހާއާ ދިމާލަށް. އެއް ރައީސަކަށްވެސް ފާސްކޮށްފައިވާ ގާނޫނުތައް ތަންފީޒު ކުރާކަށް ނުކެރޭ.