25 މެއި 2025 - 23:50
ފަހު ވަގުތު ނިއު ރޭޑިއަންޓް 2-1 އިން ބަލިކޮށް އޮޑި ސްޕޯޓްސް އިން، އެފްއޭއެމް ލީގު ކަޕުގެ ފައިނަލުގައި މާޒިޔާއާ ވާދަކުރުމުގެ ފުރުސަތު މިރޭ ހޯދައިފި އެވެ.
މާޒިޔާ ފައިނަލުން ޖާގަ ހޯދީ މިއަދު ހަވީރު ޓީސީ ސްޕޯޓްސް އަތުން 1-0 އިން މޮޅުވެގެންނެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެރެ އެވެ.
މިރޭ ނިއު އާއި އޮޑި ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖެހީ ނިއު އިންނެވެ. މި ލަނޑު ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޖެހީ މޫސާ ޔާމީން (ޔާންބެ) އެވެ. ނިއު އިން ލީޑުގައި އޮވެ މެޗު ނިންމަން ދަނިކޮށް އޮޑިން އެއްވަރުކުރީ 70 ވަނަ މިނެޓުގައި އަޝޫރް އަބްދުލް ޖެހި ގޯލުންނެވެ. އެ ޓީމު މޮޅުވީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ ތެރެއިން ދެ ވަނަ މިނެޓުގައި ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) ޖެހި ގޯލުންނެވެ.
މިއަދު ހަވީރު މާޒިޔާ އާއި ޓީސީ ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި މާޒިޔާގެ ހަމައެކަނި ގޯލު 38 ވަނަ މިނެޓުގައި ޖެހީ ހުސެއިން ސިފާއު ޔޫސުފް އެވެ.
ފައިނަލުގައި ވާދަކުރާ މާޒިޔާ އާއި އޮޑިން، ލީގު ބުރުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވީ އެވެ. އެ މެޗުން މާޒިޔާ ސަލާމަތްވީ ފަހު ވަގުތު ޖެހި ގޯލަކުންނެވެ.
ލީގު ކަޕަކީ، އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތާއި، އިންތިހާބު ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނާތީ މިވަގުތު ދިވެހި ޕްރިމިއާ ލީގު ބޭއްވެން ނެތުމުން، ކްލަބްތަކަށް މެޗުތަކެއް ހޯދައިދޭން ބާއްވާ ނުރަސްމީ މުބާރާތެކެވެ.
ނިއު އާއި މަހިބަދޫ ޒުވާނުންގެ ޖަމިއްޔާ ފިޔަވައި މުބާރާތުގައި ދެން ހިމެނޭ މާޒިޔާ، އޮޑި، އަދި ޓީސީ ނިސްބަތްވަނީ ފުރަތަމަ ޑިވިޝަނަށެވެ. އެ ތިން ޓީމުން މި މުބާރާތުގެ ބޭނުން ހިފަނީ ކުރިއަށް އޮތް ލީގަށެވެ. ނިއު އިން ތައްޔާރުވަނީ ދެ ވަނަ ޑިވިޝަން މުބާރާތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިލެތް
26 May 2025
ބޭނުންހާ ނަމެއްޖަހައިގެން ކުޅިވަރު ނުކުޅެވޭނޭކަމައް ބިލެއްފާސްކޮއްފައިވަނީ މިހާރު.
ށެގޭ
26 May 2025
ހެޑްލައިންގައި އޮންނަން ވާނީ ! ނިއު އަކަށް މިފަހަރުވެސް ނުވި! ފައިނަލުގައި މާޒިޔާއާ ވާދަކުރުމުގެ ފުރުސަތު އޮޑިއަށް!
ކިޔުން
26 May 2025
ކޮންކަމެއް ނުކުރެވުނީ ނިއުއަށް.؟؟
ވާނުވާ ދިހާރު
26 May 2025
ބަލަ ކޮއްކޯ މީ އަލަށް ކުޅުނު މުބާރާތެއް، ދެވަނަ ޑިޥިޝަންގެ މުބާރާތެއް ނޫނޭ، ނިއު މި މުބާރާތުގަ އެ ވާދަކުރީ ރާއްޖޭގެ ފުރަތަމަ ޑިޥިޝަންގެ ބޮޑު ތިން ޓީމާ އެތަނުން ދެޓީމު ބަލިވެސްކުރި އިނގޭތޯ..
ބެނޒު
26 May 2025
ކަލޭމެންގެ ވާހަކަ ތަކުން މީހަކު ނުބުނާނެ ތީ ކުޑަ ޓީމެކޭ . ބޮޑު ހަރަދު ކޮއްގެން ފައިނަލެއް ކުޅެން އުޅޭތާ ކިތައް އަހަރު ވެއޖެ ތޯ؟ ދެން އެހެން ވީމަ ނުވީ އެއްނު؟
ރަދީފްއޮފިޝަލް / ފެކްޓް ޗެކް
26 May 2025
30 އަހަރު ފަހުން ލިވަޕޫލް ވެސް 2019/2020 ސީޒަން ކާމިޔާބްކުރި.އެއީ ކިހާވަރަކަށް ފައިސާ ހަރަދުކޮށްގެން ކަން @ބެނޒު އަށް އެނގޭބާ؟ 80 އަހަރުފަހުން ތަށްޓެއް ލިބުނު ކްލަބްތައް ވެސް އެބަހުރި.ކާމިޔާބީއަކީ ފަަސޭހައިން ލިބޭ އެއްޗެއް ނޫން.އިޓަލީގެ ލާޒިއޯ ، ފިއޮރެންޓީނާ އަދި ޕާމާ އެއީ 90ގެ އަހަރުތަކުގަ ލީގްގަ އެންމެ ރަނގަޅު ފައިޓެއްދިން ކްލަބްތައް.މިއަދު މިކްލަބްތަކުގެ ކާމިޔާބީ ފެންނަނީ ފަނޑުކޮށް.ވ.ވެދުން