މި އަހަރު ބޭއްވި އެމްއޯސީ ކޮންގްރެސްގައި ކުޅިވަރު އެސޯސިއޭޝަންތަކުން ބައިވެރި ވަނީ: ފައިސާގެ ހަރަދުތައް އެސޯސިއޭޝަންތަކުން ރަނގަޅަށް ބަލަހަޓާފައި ނުވާކަން އޮޑިޓް އޮފީހުން ފާހަގަ ކުރޭ --- ފައިލް ފޮޓޯ: އެމްއޯސީ
27 މެއި 2025 - 20:11
ކުޅިވަރު އެސޯސިއޭޝަންތަކުން މާލީ މުއާމަލާތްތަކުގެ ލިޔެކިޔުންތައް ބަލަހައްޓާ ގޮތް ރަނގަޅު ނޫން ކަމަށް އޮޑިޓާ ޖެނަރަލް އޮފީހުން ބުނެފި އެވެ.
ސްޕޯޓްސް މިނިސްޓްރީން 2018 އިން 2023 އަށް ކުރި ހަރަދުތަކާ ގުޅޭގޮތުން އޮޑިޓަ ޖެނަރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ 2018 ގައި ކުޅިވަރު އެސޯސިއޭޝަންތަކަށް 36 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެސޯސިއޭޝަންތަކަށް ދައުލަތުގެ ބަޖެޓުން ދޫކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ ފައިސާ އެސޯސިއޭޝަންތަކުން ހަރަދު ކުރި ގޮތް ސްޕޯޓްސް މިނިސްޓްރީން މޮނިޓާކޮށް ބަލާފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.
ދައުލަތުގެ ބަޖެޓުން ދޫކޮށްފައިވާ ފައިސާ ހަރަދު ކުރުމުގައި އަމަލު ކުރާނެ ގޮތްތަކަކީ ކޮބައިކަން ވެސް މިނިސްޓްރީން އެސޯސިއޭޝަންތަކަށް އެންގި ކަމެއް ވެސް ފެންނަން ނެތް ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އެސޯސިއޭޝަންތަކުން ދައުލަތުގެ ފައިސާ ހަރަދު ކުރި ގޮތުގެ ބައެއް ލިޔެކިޔުންތައް އެކަށީގެންވާ ގޮތަށް ބަލަހައްޓާފައި ނުވާ ކަމަށެވެ. އަދި ހަރަދުތަކާ ގުޅޭ ލިޔެކިޔުންތައް ހޯދަން އެސޯސިއޭޝަންތަކުގެ ކިބައިން އޮޑިޓަރުން ތަކުރާރުކޮށް އެދުމުން ވެސް އެ ލިޔެކިޔުންތައް ވެސް ބައެއް އެސޯސިއޭޝަންތަކުން ދީފައި ނުވާ ކަމަށް ވެސް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެ އެވެ.
"މިހެން ދިމާވެފައިވަނީ އެސޯސިއޭޝަންތަކާ ހަވާލުކޮށްފައިވާ ފައިސާއާ ގުޅޭ ލިޔެކިޔުންތައް އެސޯސިއޭޝަންތަކުން އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވާތީ އާއި މިނިސްޓްރީން މިކަންކަން މޮނީޓާކުރަމުން ނުދާތީކަން ފާހަގަ ކުރަމެވެ،" އޮޑޮޓް ރިޕޯޓްގައި ބުނެފައި ވެއެވެ.
ޕްރޮގްރާމް ބަޖެޓާ ގުޅޭ ގޮތުން ހޯދާ ހަރަދުގެ ތަފްސީލުތަކުގައި ވަކިވަކި ހަރަދުތަކުގެ ތަފްސީލު އެނގޭނެ ގޮތަށް ލިޔެކިޔުންތައް ތައްޔާރު ކުރުމަށް އެސޯސިއޭޝަންތަކަށް އެންގުމަށް އޮޑިޓަ ޖެނަރަލް އޮފީހުން ވަނީ ސްޕޯޓްސް މިނިސްޓްރީ އަށް އިލްތިމާސްކޮށްފަ އެވެ.
އަދި އެކަން ނުކުރާ އެސޯސިއޭޝަންތަކާ މެދު އަޅާނެ ފިޔަވަޅުތަކެއް އެކުލަވާލުމަށް ވެސް އޮޑިޓަ ޖެނަރަލްގެ އޮފީހުން ވަނީ ސްޕޯޓްސް މިނިސްޓްރީ އަށް އިލްތިމާސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންމެނަށް އެނގޭ ބޮޑު ސިއްރު
27 May 2025
ކުޅިވަރު އެސޯސިއޭޝަންތަކޭ ކިޔައިގެން ރާއްޖޭގައި ހިންގާ ތަންތަނަކީ ކޮރަފްޝަނުގެ އައްޑާތަކެއް.
ބޭނަޒީރުމެން
27 May 2025
ކަލޯގަޔާ ބާސްކެޓް ގެ ހަވާލުވެ ތިބި މީހުން އުޅެނީ ހުޅުމާލެއިން ފުލެޓްތައް ވެސް ގަނެގެން މީދޯ މިވާގޮތަކީ ކީކޭބުނާނީ ދެން އެހެން މީހުންގެ ހައްގުތައް ދިރުވައިލާއިގެން މިތިބިނީ
ބެލެނިވެރިން
27 May 2025
އެއްވެސް ވަރަކައް މޮނިޓާއެއް ނުކުރެ ޙާސްކޮއް ބާސްކެޓް އިން ގައުމީ ޓީމް ކުޅުންތެރިން ނާއި ޗޯޗުން ނައް މަހަކު ލާރި ދެނީ ސަބީލީއްލާހި އަދި ލިބޭމީހުން ގެ ދަރިން ޓީމައް ނގީމަ ބެލެނިވެރިން ވެސް އެވަރައް ފައިސާ އަޅާ ގުރޭ އާއި މޫސައައް