މުހައްމަދު ސިންވާރު (ކ) ޓަނަލެއްގެ ތެރޭ ކާރެއްގައި ދަތުރުކުރަނީ
28 މެއި 2025 - 19:15
ހަމާސް އިން ޣައްޒާއަށް ކަނޑައަޅާފައިވާ ލީޑަރު ކަމަށް ބެލެވޭ، އެ ޖަމާއަތުގެ ކުރީގެ ލީޑަރު ޔަހްޔާ ސިންވާރުގެ ކޮއްކޮ މުހައްމަދު ސިންވާރު ވެސް އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ބުނެފި އެވެ.
"އަހަރެމެން މުހައްމަދު ސިންވާރު މަރާލައިފިން،" ގާނޫނު ހަދާ މަޖިލިސް، ނެސެޓްގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުންޏެވެ.
ނަތަންޔާހޫ މިކަން އިއުލާނުކުރުމުގެ މާ ކުރިން ވެސް މުހައްމަދު ސިންވާރު އަވަހާރަކޮށްލި ކަމުގެ ރިޕޯޓްއް ފެތުރިފައިވެ އެވެ.
އިޒްރޭލުގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސިންވާރު އަވަހާރަކޮށްލީ މި މަހުގެ ކުރީކޮޅު އިޒްރޭލުން ޣައްޒާގެ ދެކުނުގައި ދިން ހަމަލާތަކެއްގަ އެވެ.
އިޒްރޭލުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސިންވާރު އަބަދު އުޅެމުން ދިޔައީ ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން ތިބޭ ތަންތަނުގަ އެވެ. އަދި އޭނާއަށް ހަމަލާދިނީ ރަހީނުން ނެތި ހަމާސްގެ ކޮމާންޑަރުންގެ ބަޔަކާ ބައްދަލުކުރެއްވި ވަގުތެއްގަ އެވެ.
އިޒްރޭލުގެ ޗެނަލް 12 އިން ބުނެފައިވާ ގޮތުގައި ސިންވާރަށް ހަމަލާ ދިނީ ޚާން ޔޫނިސްގެ ޓަނަލަކަށް މި މަހުގެ 13 ވަނަ ދުވަހު ދިން ވަރަށް ވަރުގަދަ ހަމަލާއެއްގަ އެވެ. އެ ޗެނަލުން ބުނި ގޮތުގައި އިޒްރޭލުގެ އިންޓެލިޖެންސުން މުހައްމަދު ސިންވާރަށް ފާރަލަމުން ގެންދާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެކަމަކު ސިންވާރަށް ހަމަލާ ނުދެވެނީ އޭނާ އަބަދުވެސް އުޅެނީ ރަހީނުން ބަންދުކޮށްގެން ގެންގުޅޭ ތަންތަނުގައި ކަމަށް ވާތީ ކަމަށް އެ ޗެނަލުން ބުންޏެވެ.
އެ ރިޕޯޓްގައި ބުނީ މުހައްމަދު ސިންވާރު، އިޒްރޭލުން އޭނާގެ ބޭބެ ޔަހްޔާ ސިންވާރު އަވަހާރަކޮށްލި ފަހުން ސަލާމަތީ ކަންކަމަށް ވަރަށް ބޮޑަށް ބަލާ ކަމަށެވެ.
ނަމަވެސް ކޮންމެވެސް ސަބަބުތަކާ ހުރެ ސިންވާރު މި މަހުގެ 13 ވަނަ ދުވަހު ހަމާސްގެ އަސްކަރީ ގޮފީގެ ރަފަހް ބްރިގޭޑްގެ ކޮމާންޑަރު މުހައްމަދު ޝަބާނާ އާއި އެހެން ސީނިއާ ކޮމާންޑަރުންނާ ބައްދަލުކުރެއްވީ ރަހީނުން ނެތި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. މިއީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާއި ރަހީނުން މިނިވަންކުރުމުގެ މަޝްވަރާއާ ގުޅޭ ބައްދަލުވުމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.
އިޒްރޭލުން ހަމަލާ ދިނީ މި ދަނޑިވަޅު ބަލާފައި ކަމަށް މީޑިއާގައި ވަނީ ރިޕޯޓްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރީމު
29 May 2025
އިޒުރޭލުގަ ޗެނަލް 12 ޔަކީ ޔަހޫދީންގެ ޕްރޮޕެގެންޑާ މެޝިން، ދިވެހިން ޗެނަލް 12 އެއް ޗެނަލް 13 އެއް 14 އެއް ގެންގުޅުނީމަ އެއި ނަމުން ވަތްތަރުވީމަވެސް ފޫހި
އެކޮއި
29 May 2025
ތިޔަ ޔަހޫދީ ކަލޭގެ އޮޅިގެންވެސް ތެދެއް ނުހަދާނެކަން މިއެނގެނީ. ޔަހޫދީ ރަހީނުންނާއެކު އަބަދު އުޅެމުން އަންނަކަަމަށް ބުނާނަމަ އެ ޔަހޫދީ ރަހީނުން ތިބިތަން އެކަލޭގެއަށް އެބަ އެނގޭތާ. ދެން ކީއްވެގެންބާ އެމީހުންގެ ޤައުމަށް އެމީހުން ނުގެންގޮސް މި އުޅެނީ. މީގެކުރިން ޒަހޫދީން ބުނި ޒަކަރިއްޔާ ޞިންވާރުވެސް ޝަހީދުކޮށްލައިފިކަމަށް. ޝަހީދުކޮށްލެވޭ މުސްލިމުންގެ މައްޗަށް ދެރައެއް، ނިކަމެތިކަމެއް، ހިތާމައެއް ނެތް. އިންޝާ ﷲ
ިހީނު
29 May 2025
ރަހީނުން ތިބިތަން ތިހާ ސާފުކޮއް އެނގެންޗާ އެމީހުން ސަލާމަތް ކުރަންވީނު.