ބީއެމްއެލް އަހަރީ އާންމު ޖަލްސާގައި ޝަރީފު ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ، ބޭންކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޑޮލަރުގެ މުއާމަލާތްތައް ގިނަވުން ކަމަށް -- ފޮޓޯ: ނިޝާން އަލީ / މިހާރު
28 މެއި 2025 - 22:06
ބީއެމްއެލް އިން ދުވާލަކު 1.5 މިލިއަން ޑޮލަރު ވިއްކަންޖެހޭ ކަމަށް ސީއީއޯ މުހައްމަދު ޝަރީފު މިރޭ ވިދާޅުވެއްޖެ އެވެ.
މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި އާންމު ޖަލްސާގައި ޝަރީފު ވިދާޅުވީ، އެ ބޭންކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ޑޮލަރުގެ މުއާމަލާތްތައް ގިނަވުން ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ބޭންކްގެ ހައިސިއްޔަތުން، ބީއެމްއެލް އިން ވިސާ، މާސްޓަކާޑު، އެމެރިކަން އެކްސްޕްރެސް އަދި އެހެނިހެން، ޕޭމަންޓް ނެޓްވޯކްތަކާ އެކު އޮންނަ މުހިއްމު ގުޅުމުގެ ސަބަބުން، ފައިސާގެ މުއާމަލާތްތައް ކުރެވޭ ކަމަށާއި އެކަމުގެ ސަބަބުން ރިސޯޓުތަކާއި ހޮޓާތަކާއި ވިޔަފާރިތަކުގައި ޓޫރިސްޓުންނަށް ފަސޭހައިން ފައިސާ ދައްކައި އިގްތިސާދީ ކުރިއެރުން ހޯދައިދެވޭ ކަމަށެވެ.
"ނަމަވެސް ދިވެހިން އިންޓަނެޓް މެދުވެރިކޮށް ބޭރުގެ ވިޔަފާރިތަކުން ގަންނަ ތަކެއްޗަށް ކާޑު ބޭނުންކުރާ މިންވަރު މަތިވުމުގެ ސަބަބުން، ޑޮލަރު ބޭނުންވާ މިންވަރު އިތުރުވަމުންދާކަން މިފުރުސަތުގައި ފާހަގަކޮށްލަން. ބޭންކުން ކާޑުގެ މުއާމަލާތްތަކަށް އެވްރެޖުކޮށް 45،000 ފަރާތަކަށް ނުވަތަ 1.5 މިލިއަން ޑޮލަރު ވިއްކޭ،" އޭނާ ވިދާޅުވި އެވެ.
ދުވާލެއްގެ މައްޗަށް 1.5 މިލިއަން ޑޮލަރު ވިއްކާ ނަމަ އެއީ މަހެއްގެ މައްޗަށް 45 މިލިއަން ޑޮލަރެވެ. އަދި އަހަރެއްގެ މައްޗަށް އެ ބޭންކުން ޑޮލަރު ވިއްކާ އަދަދު 540 މިލިއަން ޑޮލަރަށް އަރާނެ އެވެ.
ޝަރީފު ވިދާޅުވީ، އެ ގޮންޖެހުންތަކާ އެކު ވެސް ގައުމީ ބޭންކްގެ ހައިސިއްޔަތުން އެ ބޭންކުން، ކިޔަވާ ކުދިންނަށާއި އުމްރާ އާއި ހައްޖަށްދާ މީހުންނަށް ބޭރު ގައުމުތަކުގައި ކާޑުން ޑޮލަރުގެ މުއާމަލާތްތައް ހިންގޭ ވަރު އިތުރުކޮށްފައިވާ ކަމަށެވެ.
މިދިޔަ އަހަރު ބޭންކުން ވަނީ ކިޔަވާ ކުދިންނަށް ކާޑުން ޑޮލަރުގެ މުއާމަލާތް ކުރެވޭ އަދަދު 1،200 އަށް އިތުރުކޮށްފަ އެވެ. އަދި މިއަހަރު ރަމަޟާން މަހު އުމްރާވެރިންނަށް ބޭންކުން އާންމު އުސޫލުން ދޫކުރާ ޑޮލަރު ލިމިޓުގެ އިތުރުން 1،500 ޑޮލަރު ކާޑު ލިމިޓަށް އިތުރުކުރި އެވެ. އަދި ހައްޖަށް މީހުންނަށް ޑޮލަރު ލިމިޓު ވަނީ 2،000 ޑޮލަރަށް އިތުރުކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިޔާންލ
30 May 2025
ތިޑޮލަރުތައް ވިއްކަނީ ކޮންބަޔަކަށްތޯއެވެ.. ބޭންކަށް ގޮސް ކިޔޫގަ ޖެހިގެންވެސް އާދައިގެ ދިވެހި ރައްޔިތަކަށް ޑޮލަރެއް ގަންނަން ލިބެން ހުރި ކަމެއް އެނގިފައެއް ނެތެވެ.
އާސިދު
29 May 2025
އެވްރެޖުކޮށް 45،000 ފަރާތަކަށް ނުވަތަ 1.5 މިލިއަން ޑޮލަރު ވިއްކޭ،" އެނގިލައްވާތޯ އެއީބޮލަކަށް ~ 33 ޑޮލަރު ކަން؟
raajje
29 May 2025
ޑޮލަރުވިއްކާވާހަކަދަށްކާއިރު އެއީ ބޭންކުގެ ހެޔޮފުޅުކަމުންކޮށްދޭކަމެއްނޫން، ބޭންކަންބޮޑުފައިދާލިބޭކަމެއް، އޮންލައިންކޮށް ބޭރުގެ ވެބުސައިޓުތަކުން ވިޔަފާރުކުރާކޮންމެ ފަހަރަކު ބޭންކަށް ކޮމިޝަންވެސްނަގާ، ބޭންކުހިންގަންޏާ ޑޮލަރުލިބޭނެގޮތްހޯދަންޖެހޭނީދޯ، ރާއްޖޭގަ ދުވަހުންދުވަހަށް އޮންލައިންކޮށް ބޭރުން އެއްޗެހިގަންނަމީހުންދާނީއިތުރުވަމުން އަދި ބޮޑެތިއަދަދުތަކުން ގަތުންވެސްދާނީ އިތުރުވަމުން، ޑޮަލަރުނޫންހެންގޮތެއްހޯދައިގެންނަމަވެސް ޝަކުވާނުކޮށް ހިދުމަތްދީ
ކޮރަލް
29 May 2025
ދިވެހީންނަށް ދޫކުރާ ޑޮލަރު އޭޓީއެމް ކާޑް ތައް ބިދޭސީން އެބަ ބޭޏުން ކުރެ އެވެ. އެއީ ކަޅު ބާޒާރުގަ ޑޮލަރު ގަނެ ވިއްކުމަށެވެ. ބީއެމްއެލް އިން އޭޓީއެމް އިން ފައިސާ ނަގާ ބިދޭސީން ތައް ކެމެރާ އިން ބަލާލީމަ ހާމަ ވާނެ އެވެ. ދިވެހި މީހާގެ ކާޑް މިއޮންނަނީ ބިދޭސީ މީހާ އަތުގަ އެވެ. މިއީ އޭޓީއެމް ކެމެރާ ތަކުން ފަސޭހައިން ބަލާ ލެވޭނެ އެވެ. ޑޮލަރު އޭޓީއެމް ތަކުގަ ގިނައީ ބިދޭސީންނެވެ.
98658
29 May 2025
19.00 ރުފިޔާއަށް ޑޮލަރެއް ލިބެނީ ބޭންކުން ބްލެކް މާކެޓަށް 1.5 މިލިއަން ރުފިޔާ ނެރޭތީތަ؟
ނޮޑީ 007
29 May 2025
ގައުމައް ނުކުލަދާނަ ޥާވަރާއް ބޭރުމީހުން އަރުވާގެން އެލެން ޠާ ޥާނެ ގޮައްމީ ވަގައްއުލޭ ބޭރުމީހުން ނައް ބެންކުން ލިބެ ޑޮލަރުކޮލުވެސް ކިއްކަލަނީ މޯލުވާނެކަމައް
56325
29 May 2025
ބްލެކް މާކެޓުގަ ވިއްކަން ވިއްކާ އެއްޗެއްތަ؟
އަހުމަދު މުހައްމަދު އަލީ
29 May 2025
ކާކަށް ކަން ތަފްސީލް ނެރެން ކެރޭނެ ؟
އަހަންމާކަލޯ
29 May 2025
ބޭންކުން އެބަޖެހޭ ހުރިހާ ކަސްޓަމަރުންނަށް ހާއްސަކޮށް ދިވެހިންނަށްއިސްކަންދީ އެއްހަމައަކުން މިނާދޭން އެއްހަމައަކުން ކަންތައްތައް ކޮށްދޭން: ބޮޑުންނަށް ބޭފުޅުންނަށް މުއްސަނދިންނަށް ވަކިގޮތެއް ހަދައިދިނުން ދޫކޮށްލަން، *މިފުރުސަތުގައި ފާހަގަ ކޮށްލާނަން ކުރިން ތިއްބެވި ވެރިންގެ އެކުޅިވަރު ވަރަށް ގަދަ ވާހަކަ އާއި އެވެރިންގެ ރަހުމަތްތެރިންގެ ހުރިހާ ގެއެއްވެސް 10 ބުރިއަށް ހެދިފައިހުރި ވާހަކަވެސް*
ޖިޔާމް
29 May 2025
އަހަރުމެންގެ ރައީސް ބުނީ ހެވޭ ހެވޭ. ރައްޔިތުންނަށް ދަތި ނުކުރާށޭ
ލިއަން
29 May 2025
2018 ގެ ކުރިން ދިވެހިން ކާޑުތަކުން މުއާމަލާތް ކުރީ ހާދަހާ ފޯރީގައޭ. އިބްރާހީމް ސޯލިހު އައިސް އެ އުފާ ނިގުޅައިގަތީ. އަހަރުމެންގެ ކާޑު ތަކުގެ ޑޮލަރު ބޮޑުކޮށްދޭނީ އިރާދަކުރެއްވިއްޔާ ރައީސް މުޢިއްޒު
ގަމާރު ކަރަ
30 May 2025
އަދި ކިރިޔާ ގަމާރު ކަރަ މިފެނުނީ. މިތާ މިއޮތްހާ ކޮމެންޓުތަކުން މި ކަރަ ހޯދަން ފަސޭހަވީ.