އިމިގްރޭޝަން އޮފިސާ ޓްރެއިނީގެ ވަޒީފާގެ އިންޓަވިއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އިމްތިހާނުގައި މީހުން ބައިވެރިވަނީ.-- ފޮޓޯ: އިމިގްރޭޝަން
30 މެއި 2025 - 20:49
މޯލްޑިވްސް އިމިގްރޭޝަންގެ 50 ވަޒީފާއަށް ކުރިމަތިލާން ބޭއްވި ވޯކް-އިން އިންޓަވިއު އިން ހޮވުނު 549 މީހަކު އެ އިންޓަވިއުގެ ބައެއްގެ ގޮތުގައި ބޭއްވި އިމްތިހާނުގައި ބައިވެރިވެއްޖެ އެވެ.
އިމިގްރޭޝަނުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އިމިގްރޭޝަން އޮފިސާ ޓްރެއިނީގެ 50 މަގާމަށް މީހުން ހޯދުމަށް ފުރަތަމަ ފަހަރަށް ބޭއްވި ވޯކް-އިން އިންޓަވިއުތަކަށް ފަހު، އެ އިންޓަވިއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އިމްތިހާނު މިދިޔަ ބުދަ ދުވަހާއި އިއްޔެ ބާއްވާފައިވާ ކަމަށެވެ.
އިންޓަވިއު ކުރި މީހުންގެ ތެރެއިން އިމްތިހާނުގައި ބައިވެރިވީ 549 މީހުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ އިދާރާ އިން ބުނީ އިންޓަވިއު އާއި އިމްތިހާނުގެ ޖުމްލަ މާކްސްއާ އެކު، އެންމެ މަތިން މާކްސް ލިބުނު 50 މީހުން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.
އިމިގްރޭޝަން އޮފިސަރ ޓްރެއިނީގެ 50 މަގާމަށް މީހުން ހޯދުމަށް ފުރަތަމަ ފަހަރަށް ބޭއްވި ވޯކް-އިން އިންޓަވިއުތަކަށް ފަހު، އިންޓަވިއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އިމްތިހާން ވަނީ މި މަހުގެ 28 އަދި 29 ވަނަ ދުވަހު ބާއްވާފައި. އިންޓަވިއު ކުރެވުނު ފަރާތްތަކުގެ ތެރެއިން… pic.twitter.com/x8CnuP8ITl
— Maldives Immigration (@ImmigrationMV) May 30, 2025
އިމްތިހާނުގެ އިންތިޒާމުތައް ބައްލަވައިލެއްވުމަށް އިމިގްރޭޝަންގެ ކޮންޓްރޯލަރު އަހްމަދު ފަސީހާއި ޑެޕިއުޓީ ކޮންޓްރޯލަރު އަހްމަދު އަޝްފާން ވަޑައިގެންނެވި ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
"މި މަސައްކަތުގައި އެންމެހާ ފަރާތްތަކުން ދެއްވި އެއްބާރުލުމަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން. އަދި އެންމެހާ ފަރާތްތަކަށް ކާމިޔާބަށް އެދެން،" އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަން އިން ކުރިން ބުނި ގޮތުގައި، 50 ވަޒީފާއަށް 876 މީހަކު ކުރިމަތިލި އިރު، އޭގެ ތެރެއިން 758 މީހަކު ޝަރުތު ހަމަވެ އެވެ. އިމިގްރޭޝަން އޮފިސަރުން ހޯދަން މި މަހު 24 ގައި ބޭއްވި ވޯކް-އިން އިންޓަވިއުއަށް ގިނަ ބަޔަކު ދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަވަރު
31 May 2025
ކީއްކުރަން ހަދާ ޓެސްޓެއް. ތި 50 ޖާގަ އޮންނާނީ މަޖްލިސް މެމްބަރުންނަށް ބަހާލާފަ.
އެކޮއި
31 May 2025
މިޤައުމުގައި މިހާރު ފުށާއި ހަކުރާއި ހަނޑުލަށްވުރެ ސަރުކާރުގެ ވަޒީފާތައް ގިނަވެއްޖެ. ޕާޓީގެ ކޮންމެ ކުއްޖަކަށް ވަޒީފާއެއް. އިށީންނާނެ ގޮނޑިއެއް މޭޒެއްނެތި ކުރާނެ އެއްވެސް މަސައްކަތެއްނެތިވެސް އެތައްހާސް މުވައްޒަފުންތިބިކަން އެންމެނަށް އެނގޭ. މިސަރުކާރުނިމޭއިރު މިޤައުމު އޮންނާނީ ކޮންފަދަ ޙާލަތެއްގައިބާއޭހިތަށްއަރާ. އެއްވެސްކަމަކާނުލައި ފާޑުފާޑުގެ ކޮމެޓީތަކާއި ކުންފުނިތައް އުފައްދައި އެތަންތަނަށްވެސް ހަބޭހަށް މީހުންވައްދަމުންދަނީ.
ޟުއޭދު
31 May 2025
ހުނަރެއްނެޠް ސިޔާސީ މީހަކަށް ވަޒީފާއެއް ދޭންވީމަ ހަދާނެ އިމްތިހާނެއްނެޠް ؟ ކިޔަވައިގެން ވަޒީފާ ހޯދުމަށް އިމްތިހާނުން ފާސްވިޔަސް ނުފުދޭ. އަދި އެބަޖެހޭ ސިޔާސީ މީހަކުގެ ބޫޓް އޮފްކޮއްގެން އެމީހުންގެ އަޅުންގެ ލިސްޓަށް ނަން އަރުވަން.
ސައިކަލް ޓެކްސީ
31 May 2025
އެހާގިނަ މީހުން އިމިގްރޭޝަން އޮފިސަރު ކަމުގެ މަގާމަށް ކުރިމަތިލަނީ ކީއްވެތަ؟ އަޅެ ކޮންމެވެސް މީހަކު ބުނެދީފާނަންތަ؟ ސަރުކާރުގެ އެހެހަން މަގާމަކަށް މިވަރުގެ ޑިމާންޑެއް ނޯވޭ. ވަޒީފާ ނެތް މީހުން ހިސާބަށްވުރެން ގިނަނަމަ އެހެން މަގާމުތަކަށްވެސް ކުރިމަތިލީސްނުން.
ވަޒީފާ
31 May 2025
އިމިގްރޭޝަން އަކީ މުވައްޒަފުން އަށް ވަރަށް ރަނގަޅު ތަނެއް! ޚާއްސަކޮށް ފަސީހު އާއި އަޝްފާން!!!
1818
31 May 2025
ސަރުކާރުން ބޭކާރު ވަގުތު އަދި ފައިސާ ހޭދަކުރުން ހުއްޓާލާފަ ޤައުމުގެ އުފެއްދުންތެރިކަމާއި ކުދި ވިޔަފާރިތަށް ކުރިއެރުވޭނެ މަގު ފަހިކޮށްދީބަލަ!
ގާސިމް
31 May 2025
ސަރުކާރު ހުރިހާ ވަޒީފާތަކަށް މިގޮތައް މުއަށްޒަފިން ނެގުން ރަނގަޅު. ނެޕޮޓިޒަމް ރާއްޖެއިން ނައްތާލެވޭނީ އޭރިން.
އޮނަރަބްލް ޓުއްތޯންބެ
30 May 2025
ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ޒުވާނުން މިވަނީ ވަޒީފާއަށް ސަލާން ޖަހަން ޖެހިފައި .
އ.ނ.ތ
31 May 2025
ވަކި ވައްތަރެއްގެ ވަކި ފަންތިއެއްގެ ވަޒީފާ ނޫނީ ބޭނުމެއް ނުވޭ ދިވެހިންނެއް
ރަދީފްއޮފިޝަލް / އިހަމާ
30 May 2025
50 މީހުން އެއީ 50 އާއިލާ. ކޮންމެވެސް ބައެއްގެ ލައިފް އިމްޕްރޫވްވާނެ.މިއީ ލިބޭ އުފަލެއް.ގުޑް ލަކް.
ޥަރީފު
30 May 2025
ތިހެން އާޓް ދައްކާފަ އެންމެ ފަހުން އޮންނާނީ މަޖިލިސް މެންބަރު ބުނާ މީހާ ނަގާނީ،
ޕިސް
31 May 2025
100ގެ ވާހަކައެއް !! މީ ހުސް ދަޅަ ދައްކާލާ!! މީގެންވެސް 10، 15 މީހަކަށް ލައްވާލާނެ!! ބޮޑުބައި ހަމަ ވީއައިޕީސްގެ މީހުންނަށް ލިބޭނީ!!!