އދ.ގެ މައި މަރުކަޒުގައި ބޭއްވި އާންމު މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވަނީ. --
02 ޖޫން 2025 - 21:52
އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްގެ މަގާމަށް ރާއްޖެ އިންތިހާބުވެއްޖެ އެވެ.
އެ މަޖިލީހުގެ ކޮންމެ ސެޝަނަކަށް އޭޝިއާ ޕެސިފިކް ގުރޫޕުގެ ތެރެއިން ފަސް ނައިބު ރައީސުން އިންތިހާބުކުރެ އެވެ.
ރާއްޖޭގެ އިތުރުން، އަނެއް ހަތަރު ގޮނޑިއަށް ކުރިމަތިލި، ބަންގްލަދޭޝް އާއި ލުބުނާނާއި ސައޫދީ އަރަބިއްޔާ އާއި ޓިމޯ-ލެސްޓް ވަނީ މިރޭ ބޭއްވި އާންމު މަޖިލީހުގެ ބައްދަލުވުމުގައި އިންތިހާބު ކޮށްފަ އެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އދ. ގެ މެންބަރުކަން ރާއްޖެ އަށް ލިބުނުތާ އަންނަ ސެޕްޓެމްބަރު މަހު 60 އަހަރު ފާހަގަކުރާތީ، އދ. ގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްގެ މަގާމަށް ރާއްޖެ އިންތިހާބުވުން އިތުރަށް ހާއްސަވާ ކަމަށެވެ.
އދ.ގެ މައި މަރުކަޒުގައި ބޭއްވި އާންމު މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވަނީ. --
އދ. ގެ އާންމު މަޖިލީހުގެ ނައިބު ރައީސުންގެ މައިގަނޑު މަސްއޫލިއްޔަތަކީ، އެ ސެޝަންގެ ރައީސެއް ނެތް ހާލަތެއްގައި، ނުވަތަ ރައީސަށް ސެޝަންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިނުގެންނެވޭ ހާލަތެއްގައި ވަގުތީ ރައީސްގެ ހައިސިއްޔަތުން ރައީސްގެ ޒިންމާތައް އަދާކުރުމެވެ.
މީގެ އިތުރުން އދ. ގައި ހިންގާ މުހިންމު އަދި ބޮޑެތި މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ މަސައްކަތް ވެސް ނައިބު ރައީސުންނާ ހަވާލުކުރެވެ އެވެ. ސަފީރުންނާއި ތަޖުރިބާކާރުންނާ އެކު ބާއްވާ އދ. ގެ ނުރަސްމީ ޕްލެނަރީ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
ރާއްޖެ އިންތިހާބުވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ވިދާޅުވީ، ރާއްޖޭގެ ބައިވެރިންނާ ގުޅިގެން، އާންމު މަޖިލީހުގެ 80 ވަނަ ސެޝަން ކާމިޔާބު ސެޝަނަކަށް ހެދުމުގައި ރާއްޖޭން ފުރިހަމައަށް މަސައްކަތް ކުރާނެ ކަމަށެވެ.
Maldives has been elected as one of the Vice Presidents of the 80th Session of the United Nations General Assembly, which begins in September 2025.
— Dr Mohamed Muizzu (@MMuizzu) June 2, 2025
We look forward to working closely with our partners to ensure that the 80th session of the @UN General Assembly is a success. We…
އަދި ރާއްޖެ އަށް އދ. ގެ މެމްބަރުކަން ލިބުނުތާ 60 އަހަރުން ފުރުން ފާހަގަކުރާއިރު، ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވި އެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު އދ. ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ނައިބު ރައީސްކަމުގެ ދައުރު ފެށޭއިރު، އެއް އަހަރު ދުވަހުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށެވެ.
މިއީ މި ސަރުކާރުން ބައިނަލްއަގްވާމީ މައިދާނުގައި މިފަދަ އިންތިހާބެއްގައި ބައިވެރިވެ ރާއްޖޭން ކާމިޔާބުކުރި ތިންވަނަ އިންތިހާބެވެ.
މީގެ ހަތަރު ކުރިން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، ރާއްޖެ ވަނީ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
04 June 2025
ތިޔައީ ދިވެހި ރައްޔިތުންގެ ފައިސާއިން އިސްރާފުކުރަން ބައިވެރިވެގެން އުޅޭތަނެއް. ބޮއިކޯޓް އދ...
ދޮންއަލީ
03 June 2025
އދ. އަކީ ބޭނުމެއްނެތް ޖަމްޢިއްޔާއެއް. ފީކުދާނެއް، ތިޔައްވުރެ ރަނގަޅުވާނެ ރަށުޖަމިއްޔާވެސް. އެތައް އިންސާނުންނެއް މަރާ ކަތިލާ ބަނޑަށް ޖައްސާ ކާންނުލީ މަރާ ހުސްކުރާއިރު ކަމެއް ނުވާ ބައެއް. ތިޔަށްވުރެ ރަނގަޅުވާނެ ކުޑަހުވަދޫ މަސްވެރިންގެ ޖަމްޢިއްޔާވެސް
ޒައިން އަނީސް
03 June 2025
އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަކަށް ހުރި މީހާާއަށްވުރެ ބޭކާރު މީހެއް މަ ހިނގި ތާކުވެސް ނުދެކެން. ކާޕެޓު ވަގަށް ކަމެއް ވާނީ ކިހިނެތް ކައިކައި އެހެން ކަމެއް ކުރެވޭ ވަރަށް ގަޔަކު ހަކަތައެއް ނުހުރޭ
ފޫހި
03 June 2025
އދ އަކީ ބަލިހާލުގައިވާ ސިންގާއެއް. އެއަށް ކާންދޭންޖެހޭ އެކަމަކު އޭގެން ވާނެމޮޅެއް ނެތް. އެ ސޮރުވަނީ އަތްފައިބިދި ދަތްވެރިފަ. މިފަދަ އެއްޗަކާ ޙަވާލުވާނީ މޮޔައެއް. މިއަދުގެ އދ މަމި ސިފަކޮށްދިނީ
ނާއިފްް
03 June 2025
އދ. ގެ އާންމު މަޖިލީހުގެ ރައީސް އެެއްވެސް އަހަރުންނަށް ފެނުނު ދުވަސްކޮޅެއްގަ. ވީ އެއްވެސް ކަމެއް ހަރާން. އެއްކަމެއްވެސް ނުވޭ. .. އޮމާން ކުރުން ނޫން ކަމެއް ނުކުރޭ
ސައިފު
03 June 2025
މިއީ ޤައުމަށް ލިބިގެން ދިޔަ ބޮޑު ކާމިޔާބެއް. މަރުހަބާ
ޝައުފާތް
03 June 2025
މި ސަރުކާރުން ކުރީ ސަރުކާރު ހެނެއް ނުވާނެ. ކަންކަން ދާނީ ރައީސް މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް ރަނގަޅަށް
ޒިޔާދާ
03 June 2025
އަބްދުﷲ ޝާހިދު ދުނިޔޭގެ ވެރިކަން ކޮށްގެން ވީ ކަމެއް ހަރާން. ގެނެވުނު އެއްވެސް އެއްޗެއް ނެތް މި ޤައުމަށް. މިފަހަރު އިރާދަކުރެއްވިއްޔާ ތަފާތު ފެންނާނެ
ނާހިލް މުނީރް
03 June 2025
ނޫނޭ. ވަގަށް ކާޕެޓު ގަނޑެއް އެތެރެ ކުރިއެއްނު
އިޒްޔާންް
03 June 2025
މިފަދަ ޝަރަފެއް ރާއްޖެއަށްލިބުން އެއީ ލިބުނު ބޮޑު އުފަލެއް އަދި އެހާމެ ބޮޑު ފަހުރެއް.
ހީހީ ސުލީހް
03 June 2025
ކޮބާ ބޭނުމަކީ؟
އަރުޝަދް
03 June 2025
ބޭނުންހައްތަހާވެސް. ކުރިން ޝާހިދު އޮޕަރޭޓް ކުރި ގޮތް ފެނިފަ ކޮބާ ބޭނުމަކީހޭ ތި އެހެނީ. މިސަރުކާރުގަ ތަފާތު ވާނެ