އައިއެލްއޯގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ވަފުދުގެ ބޭފުޅުން.-- ފޮޓޯ: ރައީސް އޮފީސް
06 ޖޫން 2025 - 21:58
ދުނިޔޭގެ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކުރާ އދ. ގެ އެޖެންސީ، އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ އޮބްޒާވާ ސްޓޭޓެއްގެ ދަރަޖަ ފަލަސްތީނަށް މިއަދު ދީފި އެވެ.
ފަލަސްތީނަށް މި ދަރަޖަ ދިނީ އެ އެޖެންސީގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުންނެވެ. އެ ވޯޓުގައި 386 މެމްބަރަކު ވަނީ ފަލަސްތީނަށް އެ ދަރަޖަ ދިނުމަށް ތާއީދުކޮށް ވޯޓު ދީފަ އެވެ. އަދި 15 މެމްބަރަކު އެކަމާ ދެކޮޅަށް ވޯޓުދިންއިރު، 42 މެމްބަރަކު ވޯޓުގައި ބައިވެރި ނުވެ އެވެ.
އެ އެޖެންސީގެ އޮބްޒާވާ ސްޓޭޓެއްގެ ދަރަޖަ ފަލަސްތީނަށް ދިނުމަށް ތާއީދުކޮށް ރާއްޖެއިން ވެސް ވަނީ ވޯޓު ދީފަ އެވެ.
Minister Dr. Ali Haidar Ahmed delivered a statement at the International Labour Organization Conference, reaffirming the Maldives’ unwavering commitment to protecting workers’ rights, promoting social justice, and fostering an inclusive, sustainable labour market. He emphasized… pic.twitter.com/fTMefMKVyG
— Min. of Higher Edu, Labour and Skills Development (@MoHEmv) June 4, 2025
އެކަމަށްޓަކާ ޖެނީވާގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭން ވަފުދެއް ބައިވެރިވެވަޑައިގަތެވެ. އެ ވަފުދުގައި އިސްކޮށް ހުންނެވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ.
ރައީސް އޮފީހުން ބުނީ މި ތާރީހީ ނިންމުން ނިންމި ވަގުތުގައި ފަލަސްތީނާއެކު ދެމިތިބެން ދިވެހި ވަފުދައް ފުރުސަތު ލިބުމުން އެކަމާ ވަރަށް ފަޚުރުވެރިވާ ކަމަށެވެ. މިނިސްޓަރު ހައިދަރު ފަލަސްތީނުގެ ވަފުދާ ބައްދަލުކުރައްވައި، ރާއްޖެއިން އެ ގައުމަށް ދެމުން އަންނަ އެއްބާރުލުން އަބަދުވެސް ހަމަ އެގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީން ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ހައިދަރު ވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި އައިއެލްއޯގެ ބައްދަލުވުމުގައި ތަގުރީރު ވެސް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
07 June 2025
އދ ގަ އަދި އެމްބަސީ ތަކުގަ އުޅޭ ދިވެހީންގެ އަދަދަކީ ކޮބާ ތޯ އެވެ. ؟
ބަދަން ސިތާރާ
07 June 2025
ކޮންމެ ވީކެންޑެއްގައި މި ހައިދަރު ހުންނަނީ ރާއްޖެއިން ބޭރުގައެވެ. އަރިހުގައި ކޮންމެވެސް މީހަކު ގޮވައިގެން ގޮހެވެ. މި މީސްމީހުން މި ބަލަނީ ދަތުރެއް ކޮށްލެވޭތޯއެވެ. ދައްކަނީ މޮޅު ވާހަކައެވެ. ހަދަނީ ބޮޑެތި ދޮގެވެ. ކުދިންގެލާރިކޮޅުގެ ވާހަވެސް އޮޅުވާލަނީއެވެ. ވާނީވެސް އެހެންތާއެވެ.
މަޖާކުރަނީދޯ
07 June 2025
ރާއްޖެއިން ފަލަސްތީނު ރައްޔިތުންނާއި އެކު ހަގީގީ މާނައިގައި ތިބި ނަމަ އެމެރިކާ އިން ހަތިޔާރު ދީގެން ފަލަސްތީނު ރައްޔިތުން މަރަމުންދާއިރު ފާޅުކަން ބޮޑުގޮތެއްގައި އެކަން އދ. ގައި ކުށްވެރި ކުރަން ޖެހޭނެއޭ ދެން މިސަރުކާރުގެ ހިނގާ ގޮތް ރައްޔިތުންނަށް ނޭގެއޭ ފޮރިިންގް މިނިސްޓަރު ކުރަން ޖެހޭ ކަމެއް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ކުރަން ޖެހެނީ ކިއެއްވެތޭ މީ ސީދާ ހުރިހާ މިނިސްޓަރުން އަންބާކިޔާ ރާއްޖޭން ބޭރަށް ދަތުރުކޮށް އެންޖޯއި ކުރަން ކުރާކަމެކޭދޯ
ތަމެންދޯ
07 June 2025
ރާއްޖޭގައި ޕީއެޗްޑީ ހަދައިގެން އަންނަ މީހުންނަށް ސަރުކާރުގެ ވަޒީފާ އެއް ނެތިއްޖެނަމަ ދެން އެމެން އެބަދަލު ވަނީ ބިކާރީންނަށޭ ދުނިޔޭގެ ނަން ހިނގާ އެއްވެސް ޖާރނަލް އެއްގައި ރާއްޖޭގައި ޕީއެޗްޑީ ހަދައިގެން ހުރި އެކަކު ވެސް ޝާއިއު ކޮށްފައިވާ ލިޔުމެއް ނެތޭ ފެންނާން އަމިއްލަ ބްލޮގެއް ނުހުރޭ އަމިއްލަ ޔޫޓިއުބް ރިސާރޗް ޗެނަލް އެއް އުފައްދައިގެން މީހުން ހޭލުންތެރިކުރަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވޭ އެގިގެންދަނީ ޕީއެޗްޑީ ހަދަނީ ސަރުކާރުގެ މަގާމެއް
ބާސްލާމް
07 June 2025
ތިމީސްމީހުންހެ އެޕްރޫވަލް އެއް ބޭނުމެއްނޫން. ބައިތުލް މަގްދިސް އަކީ ފެށުނީއްސުރެ ބައިތުލް މަގްދިސް. އިޒްރޭލަކީ އޮތް ބަޔެއްނޫން. ބިމުގެ ވެރިންނަކީ ފަލަސްތީނު ރައްޔިތުން.
ޑެބީ
07 June 2025
އައިއެލްއޯ ވިޔަސް ޕީއެލްއޯ ވިޔަސް ޖޭލޯ ވިޔަސް ތީގެން ފަލަސްތީނަށާއި ފަލަސްތީނުގެ މިނިވަންކަމަށް ކުރާނެ ފައިދާއެއްނެތް
ފަހުމީ2
07 June 2025
ޝުކުރިއްޔާ. ރައީސް މުއީޒުގެ ޒައާމަތުމައި މުޅި އިސްލާމީ އުންމަތަށް ލިބޭ ކުރިއެރުން މި ފެންނަނީ. ރާއްޖެއިން އިސް ނަގައިގެން ކުރާ މިކަހަލަ ކަަންކަމުން ދައްކުވައިދެނީ، ދީނަށްޓަކާ މި ސަރުކާރުގެ އިސްވެރިން ކުރައްވާ ބުރަމަސައްކަތް. މިކަހަލަ ކަންކަމުން މި ފެންނަނީ ރައީސް މުއިއްޒުން ފޮރިން ޕޮލިސީގެ ޤާބިލު ކަމާ ހަރުދަނާކަން.