07 ޖޫން 2025 - 18:22
ށ. ފުނަދޫ އެއާޕޯޓުގެ ފަޔާ ވެހިކަލަށް ދިމާވި މައްސަލަ ހައްލުކޮށް، އެ އެއާޕޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނި (އާރުއޭސީއެލް)އިން ބުނެފި އެވެ.
ފުނަދޫ އެއާޕޯޓުގެ ދަތުރުތައް ނުކުރެވޭތީ، މޯލްޑިވިއަން އިން މިއަދަށް ޝެޑިއުލްކުރި ފްލައިޓް ވަނީ ނ. މާފަރަށް ޑައިވާޓުކޮށްފަ އެވެ.
ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައި އެ އެއާޕޯޓް ބަންދުކޮށްފައި އޮތުމަށްފަހު، މިހާރު މައްސަލަ ހައްލުކޮށް އަލުން އޮޕަރޭޝަންނަށް ގެނެވިފައިވާ ކަމަށް އާރުއޭސީއެލުން ބުންޏެވެ.
We are pleased to inform that Funadhoo Airport (FND) has resumed normal operations following the successful resolution of a technical issue involving a fire vehicle.
— Regional Airports Company Limited (@AirportsMV) June 7, 2025
We appreciate your patience and understanding during this time.#racl #airports #aviationmv #fyp #foryourpage pic.twitter.com/zbtadamqjJ
ކުންފުނީގެ މިހާރު މެނޭޖްމަންޓުން ހަވާލުވިއިރު ވެސް، ކުންފުނިން ބަލަހައްޓަމުން އަންނަ ހުރިހާ އެއާޕޯޓްތަކެއްގައިވެސް ހުރީ ދުވަސްވެ ބާވެފައި ހުރި ފަޔާ ވެހިކަލްތަކެއް ކަމަށާއި، އާ ވެހިކަލް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެސް ފުނަދޫ އެއާޕޯޓުގެ ފަޔަ ޓްރަކް ހަލާކުވުމުން މޯލްޑިވިއަންގެ ދަތުރުތައް ކެންސަލްކޮށްފައިވެ އެވެ.
މިފަދަ މައްސަލަތަކުގެ ސަބަބުން ދިމާވާ ދަތިތަކަށް ފަސެންޖަރުންގެ ކިބައިން އެ ކުންފުނިން ވަނީ މާފަށް އެދި، ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދޭން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދީފަ އެވެ.
އެއާޕޯޓު އޮޕަރޭޝަނަށް ގެނެޔަސް، ޝެޑިޔުލް ފްލައިޓުތައް އެ އެއާޕޯޓަށް އަދި ތާވަލުކޮށްފައިވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެންނެވެ.
ށ. ފުނަދޫ އެއާޕޯޓު ހުޅުވީ 2020 ވަނަ އަހަރު އެވެ. ރީޖަނަލް އެއާޕޯޓްސް އިން ހިންގާ އެ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއާޕޯޓުގެ އޭޕްރަންގެ ދިގު މިނަކީ 150 މީޓަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
08 June 2025
ޙޫމް. ފަރުކޮޅުފުނަދޫ ދޯ؟
ފުނަދޫގެ ހާލަތު
08 June 2025
ތިޔައީ ފުރާ މީހުނަށް ފެންފޮދެއްވެސް ލިބޭ ގޮތަށް ހަދާފަ ހުންނަ އެއަރޕޯޓެއްވެސް ނޫން ޗެކިންކޮއްލާފަ ތިބެލާނެ ތަނެއްވެސް ހުންނަނީއެއް ނޫން ހާއްސަކޮށް ބޭބީ ކުދިން ގޮވާގެން އުޅޭ ފެމެލީސް