08 ޖޫން 2025 - 13:26
ޓިކްޓޮކްގައި ފޮލޯވަރުން އެންމެ ގިނަ މީހާ ކަމަށްވާ ކަބީ ލާމޭ ވިސާގެ މުއްދަތަށް ވުރެ ގިނަ ދުވަހު އެމެރިކާގައި ހުރި ކަމަށް ބުނެ އެމެރިކާގެ އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.
އިމިގްރޭޝަނުން ބުނީ އޭނާ ހައްޔަރުކުރި ދުވަހު ދޫކޮށްލާފައިވާ ކަމަށާއި އޭނާ "އަމިއްލައަށް ބޭނުންވެގެން އެމެރިކާގެ ފުރައިގެން ދިޔައީ" ކަމަށެވެ.
"އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓުން އިޓަލީގެ ރައްޔިތެއް ކަމަށްވާ ސެރިންގޭ ކަބާނޭ ލޭމް، 25، ޖޫން މަހުގެ ހަވަނަ ދުވަހު ނެވާޑާގެ ލަސް ވެގަސްގެ ހެރީ ރީޑް އިންޓަނޭޝަނަލް އެއާޕޯޓުން ހިފެހެއްޓީ އިމިގްރޭޝަންގެ އުސޫލުތަކާ ހިލާފުވެގެން،" އެ އެޖެންސީން އޭއެފްޕީއަށް ދިން ބަޔާނެއްގައި ބުނެފައިވެ އެވެ.
މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ލާމޭ އެމެރިކާއަށް އައުމަށް ފަހު ވިސާ ދީފައިވާ މުއްދަތަށް ވުރެ އިތުރަށް އުޅެފައިވާ ކަމަށް، އޭނާ ބަންދުކުރުމާ ގުޅޭ ގޮތުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވެ އެވެ.
ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ، ޓިކްޓޮކްގައި 162 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި ލާމޭ މިހާރު ވަނީ އެމެރިކާއިން ފުރާފައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މިކަމާ ބެހޭ ގޮތުން ލާމޭ އަދި އާންމުކޮށް ވާހަކައެއް ނުދައްކަ އެވެ.
މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އިމިގްރޭޝަންގެ ގަވާއިދުތައް ހަރުކަށިކޮށް، މީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ. މިއީ އޭނާގެ ކެމްޕެއިން ވައުދެކެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގައި އެންމެ މަގުބޫލު ކްރިއޭޓަރުގެ މަގާމު ލާމޭ އަށް ލިބިފައިވަނީ މީހުން ސޯޝަލް މީޑިއާގައި އާންމުކުރާ ޓިއުޓޯރިއަށް ފަދަ އެއްޗިއްސަށް ޖޯކުޖަހައި ހަދާފައިވާ ހުން ކުރު ވީޑިއޯތަކުންނެވެ. އޭނާގެ އެންމެ ހާއްސަ ކަމަކީ އެ ވީޑިއޯތަކުގައި އޭނާ އެއްވެސް ވަރަކަށް ވާހަކަ ނުދެއްކުމެވެ.
އޭނާގެ ކޮންޓެންޓްގެ ކޮންސެޕްޓް އުފަންވީ 2020 ވަނަ އަހަރުގެ މާޗް މަހު، ފެކްޓްރީ މެކޭނިކެއްގެ ވަޒީފާ ގެއްލުމުން އެކަމުގެ މާޔޫސްކަމުގައި އުޅުނު ދުވަސްވަރު އެވެ.
އޭނާގެ ޕޯސްޓުތައް ވަރަށް ބޮޑަށް މަގުބޫލުވެ، ޖޫން 2022 އިން ސެޕްޓެމްބަރު 2023 އާ ދެމެދު އެކި ކުންފުނިތަކާ އެކު ހަދާފައިވާ މާކެޓިން އެގްރީމެންޓްތަކުން ގާތްގަނޑަކަށް 16.5 މިލިއަން ޑޮލަރު ހޯދުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ފޯބްސް އިން ރިޕޯޓްކޮށްފައިވެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމާކަލޯ
09 June 2025
ކަބީ ލާމޭ މީ ޓިކްޓޮކް ބޭނުން ކޮށްގެން 750 މިލިއަން ޑޮލަރުގެ މުއްސަނދިކަމެއް ލިބިފައިވާ މީހެއް
އަބްޑޫޅް +
09 June 2025
"ވިސާގެ މުއްދަތަށް ވުރެ ގިނަ ދުވަހު އެމެރިކާގައި ހުރި" ނަމަވެސް އެމެރިކާގެ ގާނޫނު ތަކާ ހިލާފަށް އެމެރިކާގަ އުޅޭ ނަމަ މީނާ ހިފާ ހައްޔަރު ކޮށް އަދަބު ދިނުމަކީ، އެމެރިކާގެ ގާނޫނު ހިންގާ ފަރާތްތަކަށް ލާޒިމު ވާ ކަމެއް. ކަލޭމެންގެ، ތިންވަނަ ދުނިޔޭގެ ދޮންކެޔޮ ޖުމްހޫރީ ގާނޫނު ތަކާ އަހުރެމެން ހިލާފު ވެއްޖެނަމަ، އަހުރެމްން ހިފާ ހައްޔަރު ކޮށް އަދަބު ދުނުމަކީ ވެސް ކަލޭމެންގެ ހައްގެއް. އެގޮތުގެ މަތީން، އަހުރެމެންނަށް ކަލޭމެން އަދަބު ދީފިނަމަ، އޯކޭ. ޕޮސް ޕޮސް.
މައިނޫ
09 June 2025
ސެނެގާލް..
ގިބް
08 June 2025
މީ ކޮން ގައުމެއްގެ މީހެއްތަ؟
ޙަލީމް ޝުއައިބް
08 June 2025
މިއީ މުސްލިމެއް.
އަހަންމާކަލޯ
09 June 2025
މީނާ ހުންނަނީ ފައިކުރި ބުރި ކޮށްފާތަ؟