މިފްކޯގެ ސީއީއޯގެ އެޑްވައިޒަރަކަށް އިބްރާހިމް އާތިފް ޝަކޫރު ވަނީ އައްޔަންކޮށްފައި -- ފޮޓޯ: މިހާރު
10 ޖޫން 2025 - 16:01
މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަގާމަށް މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފް ޝަކޫރު އައްޔަނުކޮށްފި އެވެ.
އޭނާ އެ މަގާމަށް އައްޔަންކުރީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
އާތިފް ވިދާޅުވީ އެ މަގާމުގައި، ކުންފުންޏަށް ގެންނަ ސްޓްރެޓެޖިކް ބަދަލުތައް ގެނައުމުގައި އޭނާ ލަފާދެއްވާނެ ކަމަށެވެ.
އޭނާ ވަނީ 2004 އިން 2013 ވަނަ އަހަރަށް މިފްކޯގެ އެކި މަގާމުތައް ފުރުއްވައިފަ އެވެ. އޭގެ ތެރޭގައި ސޭލްސް އެންޑް މާކެޓިން މެނޭޖަރުގެ މަގާމާއި ޑެޕިއުޓީ ސީއީއޯގެ މަގާމާއި ސީއީއޯގެ މަގާމު ވެސް ހިމެނެ އެވެ.
އާތިފަކީ ރާއްޖޭގެ އިގްތިސާދު ދިރާސާކޮށް، އިގްތިސާދީ މައްސަލަތަކާ ގުޅޭ ގޮތުން ލިޔުންތައް ވެސް ލިޔުއްވާ ބޭފުޅެކެވެ.
މިދިޔަ އަހަރު މިފްކޯގެ ސީއީއޯގެ މަގާމަށް ހުޅުވާލުމުން އެ މަގާމަށް އޭނާ ކުރިމަތިލެއްވި އެވެ. އެހެން ނަމަވެސް، އެ ފަހަރު ޝަރުތު ހަމަވާ ބޭފުޅަކު ކުރިމަތިނުލައްވާ ކަމަށް ކަނޑައަޅައި ޕީސީބީ އިން އެ އިއުލާން ވަނީ ބާތިލްކޮށްފަ އެވެ.
މިވަގުތު މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވީ، ފަރުހަތު ޝަހީރެވެ. އޭނާ އެ މަގާމަށް އައްޔަނުކޮށްފައި ވަނީ މި އަހަރުގެ މާޗް މަހެވެ. އެއީ އާ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އެ ކުންފުނީގެ ހިންގުމާ ހަވާލުވި ތިން ވަނަ ބޭފުޅާ އެވެ.
އޭގެ ކުރިން ސްވިޒަލެންޑްގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް ވެސް އެ މަގާމު އަދާކުރެއްވި އެވެ. އޭގެ ކުރިން އެ މަގާމް ފުރުއްވީ ސަމާހް ރަޝީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލީހިޔާ
13 June 2025
ދައުލަތުން ބަލަދު އަރާފަ ތިބިމީހުން. މިމީޙުންގެ ކިބައިން ގައުމު ސަލާމަތްވޭނެ ދުވަހެއް އަންނާނެބާ
އިހްސާސް
12 June 2025
އާތިފަކީ މިފްކޯއަށް އަލަށް އައި މީހެއްނޫން. އެތަން އަނދަވަޅަށް ވެއްޓިގެން ދިޔައިރުވެސް އާތިފު އުޅުނު. ވީކަމެއް ކޮބާ؟
ރުންކުރު
11 June 2025
މި ޤައުމުގައި ކިޔަވައިގެން ތިބި ޒުވާނުންނަކަށް ޖާގައެއް ނެތް. ފުރުޞަތު ދެނީ މުޅިންވެސް ކުރިން ދުއްވާފައި ހުރި އޮޑިތަކަށް. އެކަމަކުވެސް ބުނަންވީ ޒުވާނުންގެ ކުރިމަގު އުޖާލާއޭ؟؟
ލަދް ލަދް
11 June 2025
ފެލިވަރު ސްޓާފް އެކަމަޑޭސަން ރަގަޅު ނުކުރިޔަސް މަތި މައްޗަށް ސިޔާސީން ލެވޭނު އެބަދޯ.
މުލޭ
11 June 2025
ސީއީއޯ އަކީ އޮޕަރޭޝަނަލް ކަންކަމުގައި ކެރިގެން ޑިސިޝަަން ނަގާނެ ހިންގުންތެރި މީހެއް. ފައިނޭންޝަލް ކަންކަމުގައި ގޮތް ނިންމުމުގައި އެހީތެރިކަން ބޭނުންވާނެ ސީއީއޯއަށް. މި ދެފަރާތް އެކުވީމަ ކުންފުނި ރަނގަޅަަށް ހިނގައިގަންނަން ވާނެ. ކުންފުނިތެރެއިން ކޮރަޕްޝަން ނައްތާލެވި ފައިދާވާ ކުންފުންޏަކަށް ކުންފުނި ހަދާނެކަމުގެ ޔަގީންކަން އިތުރުވަމުން ދަނީ.
ލަރޭ
11 June 2025
ފައިނޭންޝަލް ކަންކަމުގަ އެހީތެރިވުމަށް ހުންނާނެ ސީއެފްއޯއެއް، ކޮންމެވެސް އެއްޗެކޭ ކިޔާފަ މީހަކަށް ލާރިތަކެއް ދޭންވެގެން ކުރާހާ ކަންކަން، ކުންފުނީގެ ސީއީއޯއަކަށް ޝަރުތު ހަމަނުވާއިރު ކިހިނެއްބާ ސީއީއޯއަށް ލަފާ ދޭނީ،
ސަވާދު މުހައްމަދު
11 June 2025
މިފްކޯ ކޮޅަށް ޖަހަން ސަރުކާރުން ކުރާ މަސައްކަތް ރަނގަޅު. ނަތީޖާ ފަހުން ފޮނިވާނެ
މުއިއްޒުގެ އެޑްވައިޒަރުން
11 June 2025
ފޮރިން އެންވޯއީ - ރައީސް ވަހީދު މިފްކޯ އެޑްވައިޒަރު - އާތިފް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ - ލަތީފް ކްލައިމެޓް ޗޭންޖް އެންވަޔަރަމަންޓު އެޑްވައިޒަރު - އަލީ ޓުއަރިޒަމް އެޑްވައިޒަރު - ޚަލީލު ފައިނޭންސް އެޑްވައިޒަރު - ނަސީރު (ކުރީ ގަވަނަރު) އަދި ވެސް ނޭންގެ ނެތްކަމެއް....... މި ހުރިހާ އެޑްވައިޒަރުންގެ ގޮވައިގެން މީގެން މީހެއްގެ ތަޖުރިބާ އާއި ލަފަޔާ އިރުޝާދު އަޑު އަހާތަ. މިމީހުނާ ބައްދަލުވޭތަ؟ ނޫނީ ފެންނަ ގޮތަކަށް ކުރަނީތަ؟
ކޮރަލް
11 June 2025
ޕީއެޗްޑީ ހެދިއަސް މިގައުމުގަ ޒުވާނުންނަށް ވަޒީފާ ނުލިބޭ ސަބަބު މިއޮތީ އެވެ. މައުމޫން ގެ 30 އަހަރު ގޯސްވެގެން އޭނަ ވެރި ކަމު ބާލާފަ 30 އަހަރު ފަހުން މައުމޫން ސަރުކާރުގަ ވަޒީފާ ދިން މީހުނަށް އަލުން ވަޒީފާ ދެނީ އެވެ.
އަލީމްގ
11 June 2025
ސީއީއޯ އަކަށް ޝަރުތު ހަމަނުވާކަމަށް ނިންމާފައިވާ މީހަކު ސީއީއޯގެ އެޑްވައިޒަރަކަށް؟؟
ސިއްބަތް އަޒީޒް
11 June 2025
މަރުހަބާ އާތިފް ސާރ. ޔަގީނުންވެސް ދެން މިފްކޯ ހަމަޔަކަށް އަޅުވާނެ މަނިކުފާނު. އެކަން މި ފެށުނީ.