ހޮރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލާ އުޅަނދެއް ދަތުރުކުރަނީ. --ފޮޓޯ: ރޮއިޓަރސް
15 ޖޫން 2025 - 20:17
އީރާނާއި އިޒްރޭލާ ދެމެދު މިހާރު ހިންގަމުންދާ ވަރުގަދަ ކުރިމަތިލުންތަކާ އެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާ އަށް އުފުލިއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު އިޒްރޭލުން އިސްވެ އީރާނަށް ހަމަލާތައް ދޭން ފެށުމާ އެކު، ތެލުގެ އަގުގެ މިންގަނޑު ކަނޑައަޅައި، ބްރެންޓް ކްރޫޑް އޮއިލް ވަނީ 10 ޕަސެންޓުން މައްޗަށް ގޮސްފަ އެވެ. މިއީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން ތެލުގެ އަގު މި ދަރަޖަ އަށް އުފުލުނު ފުރަތަމަ ފަހަރެވެ.
އަގުތައް މައްޗަށް ގޮސްފައި ވަނީ، އީރާނާއި އިޒްރޭލުގެ ކުރިމަތިލުންތަކާ ގުޅިގެން މެދުއިރުމަތީގެ ތެޔޮ ސަޕްލައި ކުރުމަށް ބުރޫ އަރާފާނެކަމުގެ ބިރާ އެކު އެވެ.
އާންމުކޮށް ބޭނުންކުރާ ޕެޓްރޯލާއި ޑީސަލްގެ އަގު ވެސް ގުޅިފައިވަނީ ކްރޫޑް އޮއިލް ނުވަތަ ސާފުނުކުރާ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ގަނެ ވިއްކާ އަގާ އެވެ.
ބްރެންޓްގެ އަގު ކުއްލިއަކަށް އުފުލުމަށް ފަހު، މިހާރު ކުޑަކޮށް ތިރިވެފައި ވިޔަސް ތެޔޮ ފީފާއެއްގެ އަގު އަދިވެސް ހުރީ 74.23 އެމެރިކާ ޑޮލަރުގަ އެވެ. މިއީ ކުރިމަތިލުންތައް ފެށުމުގެ ކުރިން ހުރި އަގަށް ވުރެ ހަތް ޕަސެންޓު އިތުރު އަދަދެކެވެ.
އިޒްރޭލުން އީރާނުގެ ތެޔޮ އުފައްދާ ކާރުހާނާތަކަށް ހަމަލާތައް ދީފި ނަމަ ތެލުގެ އަގު 80 އާއި 100 އާ ދެމެދަށް އެރުމުގެ ފުރުސަތު ބޮޑު ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ފަހުގެ ތާރީހެއްގައި ތެޔޮ ފީފާއެއްގެ 100 ޑޮލަރަށް އަރާފައިވަނީ 2022 ވަނަ އަހަރު ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ހަނގުރާމަ ފެށުމާ އެކު އެވެ.
އީރާނާއި އިޒްރޭލުގެ ކުރިމަތިލުން މުޅި މެދުއިރުމައްޗަށް ފެތުރި، ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެ، ތެލުގެ ސަޕްލައިއަށް ބުރޫ އަރައިފި ނަމަ ތެލުގެ އަގު އިތުރަށް މަތިވުމުގެ ބިރު އެބަ އޮތް ކަމަށް ވެސް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.
ދުނިޔޭގެ ތެލުގެ ސަޕްލައި އަށް ދެން އޮތް އެންމެ ބޮޑު ބިރަކީ ހޮރްމުސް ކަނޑުއޮޅިއަށް ކުރިމަތިލުންތައް ބަންޑުންވެދާނެތީ އެވެ. ދުނިޔޭގެ ތެލުގެ ސަޕްލައި ފަސް ބައި ކުޅަ އެއްބައި، ދަތުރުކުރަނީ އެ ކަނޑުއޮޅި މެދުވެރިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭޓް
16 June 2025
މި ސިޔާސީ ބާގަނޑު ފަނޑިޔާރުންވެސް މިގެންގުޅެނީ މަނާފުކެއްގެ ގޮތުގަ. ބޯހަލާކު ގައުމު ސުއްނާފަތި ކުރަން އުޅޭ ބާގަނޑެއްތީ މިވަރެއްނެތް
ބާގަނޑުސޭޓު
16 June 2025
ސޭޓު ޖެހެނީ އެންމެ ފުރަތަމަވެސް ދިވެހި ބަހުން ވާހަކަ ދައްކަން ދަސްކުރަން. އޭގެ ފަހުގަ ކޮމެންޓް ކުރަން އުޅޭ. ބާގަނޑެއް ބައިގަނޑެއް ނޭގެ. ކީއްކުރާނީ ދޯ؟
ރަދީފްއޮފިޝަލް / ބްރެންޓް
16 June 2025
ރާއްޖޭގަ ކުރިން ގެނެސްފަ ހުރި ސްޓޮކް އަދި އަގު ބޮޑު ނުކުރޭތަ؟؟
ނުޙރުއޕާނ
16 June 2025
އިޒްރޭލާއި އެމެރިކާ މީ އިންސާނިއްޔަތަށް، މުޅި ދުނިޔެއަށް ޖެހިފައިވާ ނުހޮރުއްޕާނެއް. އެހެން މީހުންނާ ދެކޮޅަށް ހެއްދެވިހާ އަނިޔާވެރިކަމެއް އިސްކޮށް، އެކަމަކު އަނިޔާވެރިންނަކީ އެހެން މީހުންކަމުގައި ދުނިޔެއަށް ވިސްނައިދީގެން އުޅޭ ހީލަތްތެރި ޖައްބާރުންތަކެެއް. ދުނިޔޭގެ އެއްވެސް ގާނޫނެެއް ގަވާއިދަކަށް އިހްތިރާމެއް ނުކުރާ، އެކަމަކު އެހެން މީހުން ގާނޫނާ ގަވާއިދަށް އުޅެން އަންގާ މުނާފިގުންތަކެއް. މި ބައިގަނޑު ބަލިކަށިކުރައްވާ ނިކަމެތި ކުރައްވާށި. އާމީން
×ޗ04542451
16 June 2025
އާމީން
ބުރުގާ
16 June 2025
އަދިވެސް ގިނަ ދިވެހިން ހީކުރަނީ އިރާނު ހޯޕް ހޯޕް، އިޒުރޭލު ޑައުން ޑައުން ގޮވީމަ، ދިވެހިންނައް ހިލޭ އަރަބި ގައުމުތަކުން ތެޔޮ ލިބޭނެކަމައް.
ހިޔަޅޭމެން
16 June 2025
މިފަހަރު ތެލުގެ އަގު ބޮޑުވީމަ އޭގެ ޒިންމާ އަޅުވަން ޖެހޭނީ އިޒުރޭލުގެ ބޮލުގަ..އަމިއްލަ ފައިދާއަށް އިރާންއަށް ވަގު ވަގަށް ހަމަލާދީ ހަދާ ބޮޑު ހަނގުރާމައެއްގެ ތެރެއަށް އީރާން ވައްޓާލައިފި.
ގުރުދާ
16 June 2025
ކަލޭމެންކަހަލަ ދެފުއްކެހެރި، ފިނޑިން އިޒްރޭލާއި އެމެރިކާގެ ފޫކޮޅަށް ބޮސްދީގެން އުޅޭތީ ހުރިހާވެސް މައްސަލައަކީ. އެހެންނޫންނަމަ ހިތަށްއެެރިހާ ފާޑަކަށް އުޅެ، ބޭނުންހާ ކަމެއް އެމީހުންނަކަށްވެސް ނުކުރެވޭނެ. މިހާރުވެސް ސަރަހައްދުގައި ތިބި ޕަޕެޓް އަރަބި ވެރިންތައް އިޒްރޭލާއި އެމެރިކާއަށް ނޫނެކޭ ބުނެބަލަ! އެމީހުންނަކީވެސް ތިކަހަލަ މުނާފިގު ބަޔަކަށް ވީމަ މިއަދު މުސްލިމުން ނިކަމެތިވެފައި މިތިބީ. މާ ކެރޭ، މޮޅުބަޔަކަށް އިޒްރޭލާއި އެމެރިކާ ވެގެނެއް ނޫން.
ނާޑުވާ
15 June 2025
ދިވެހިންނަށް އޯކޭ ވާނެ އެންމެ ދަތިހާލުގަ އުޅޭ އުއްތަމަ ފަނޑިޔާރު ރިޓަޔަރ ކުރީމަ މަހަކު 70000 ދިނީމަ ހުރިހާ ދިވެހިންވެސް އުޅޭނީ އުފަލުގަ. ތެލާ ގޭހާ ނުލާވެސް އުޅެވޭނެ.
ފަންކީބީނޯ
16 June 2025
އެގޮތަށް އުޅެން ދަސްކުރީމާ ހުންނާނީ ރަނގަޅަށް. ނޭނގޭ މިހާރުވެސއ އުއްތަމަ ފަނޑިޔާރު ފަކީރު ބޮޑު މުސާރަޔާ އެކީ ހައި ކޯޓުން ލިބޭ ރިޓަޔަމަންޓު އިނާޔަތް ކޮޅު ނުނަގާކަމެއްވެސް.
މަ ހޭ ނެތި ދާނޭ
15 June 2025
މިހެން ދަމުން ރާއްޖެޔަށް ވާނޭ ގޮތަކާމެދު ވިސްނާލަންޖެހޭ އެބަ... ހަރަދުތައް ވިވަރަކުން މިދަނީ ބޮޑު ކުރެވެމުން. އަސާސީ ކަންކަމާ، އާދައިގެ ކަންކަމާ، ފަސޭހަޔަށް ކުރާ ކަންކަމާ ދެއްކުންތެރި ކަމުގެ ގޮތުން ކުރާ ކަންކަން މިދަނީ އޮޅެމުން...