ބްރޯޑްކޮމްއަށް އައްޔަންކުރަން ފާސްކުރި ޒަމްއަތު --
16 ޖޫން 2025 - 10:41
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ކުރީގެ ނޫސްވެރިޔާ ޒަމްއަތު އަހުމަދު ވަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާ (އަނާ) ގެ ދައުރު މިއަދު ހަމަވެފައިވާއިރު، ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވައިލުމުން ހަ ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ހަ ބޭފުޅުންނާ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިންޓަވިއުކޮށް އެ ކޮމިޓީން ވަނީ މާކްސް ދީފަ އެވެ. އޭގެ ތެރެއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނީ ތިން ބޭފުޅަކަށެވެ.
އެއީ:
- ވީނިއުސްގައި ކުރިން މަސައްކަތްކުރި ނޫސްވެރިޔާ ޒަމްއަތު އަހުމަދު ވަހީދު (89 ޕަސެންޓް)
- ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު (85 ޕަސެންޓް)
- އޭއޯ ނިއުސްގެ ފައުންޑާ ޝިމްލާ އަހުމަދު: (77 ޕަސެންޓް)
ތިން ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމުން މިއަދު އެކަމާ ގުޅިގެން ވަނީ ބަހުސްކޮށްފަ އެވެ. ބަހުސަށް ފަހު ވޯޓަށް އަހަނީ ލިސްޓުގެ ތަރުތީބުންނެވެ.
އެހެންވެ، އެންމެ ފުރަތަމަ ޒަމްއަތުގެ ނަމަށް ވޯޓަށް އަހާފައިވާއިރު، އޭނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް 56 މެންބަރުން ވޯޓު ދެއްވި އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވަ އެވެ. ޒަމްއަތުގެ ނަން ފާސްވެފައިވާތީ، ބާކީ ދެ ނަމަށް ވޯޓަކަށް ނާހަ އެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް މަޖިލީހުން ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު އައްޔަން ކޮށްފައިވާއިރު، ކޮމިޓީން އެންމެ ގިނަ މާކްސް ދީފައިވަނީ ޒީނާއަށެވެ. ނަމަވެސް، މަޖިލީހުން ފާސްކުރީ ހަތަރު ވަނަ އަށް އެންމެ ގިނައިން މާކްސް ލިބުނު ޓީވީ ޕްރެޒެންޓަރު މޫސާ ރިލްވާން އައްޔަންކުރާށެވެ.
އެ ފަހަރު ޒަމްއަތުއަށް ލިބުނީ 77.50 ޕަސެންޓް މާކްސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައުލާ
16 June 2025
ޒަމް މަސައްކަތްކުރީ ވީ ގަ އެކަންޏެއް ނޫން އެންމެ ދިގު މުއްދަތެއް އޮތީ އަޑުގަ
އައިމިނާ
16 June 2025
މަރުޙަބާ!
ޢަލީމްމް
16 June 2025
ތި މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅާ މީ މިފަހަރު
އަބޫ.އައިކޮން ފުރެންޑ
16 June 2025
މަރުޙަބާ ޒަމްޢަތް
ވޯލް
16 June 2025
މިއަދުގެ އަންހެންވެރިން، ދަރި އެއްލާލަފަ ކެރިޔަރާގެން. މަޤާމު ލިބުނީމަ ސަރުކާރު އެޅިހާ ބަތަކަށް ރިހަ. ދެން ކޮން ކަމެއްބާ މި ހާސުލު ކުރެވެނީ؟؟
ރަދީފްއޮފިޝަލް / ކްރިކްފައި ޓީވީ
16 June 2025
މަރުހަބާ ސިސްޓަރ.ބްރޮޑްކޮމްގަ ތިބެންވީ ނޫސްވެރިންނާ ހަބަރު ކިޔާ މީހުން އެކަނި ބާ؟؟ ރާއްޖޭގެ ބްރޮޑްކާސްޓިން ދާއިރާ ކުރިއަރުވާނެ ޓެކްނިކަލް މިހުން މިތަނުގަ ތިބެން ޖެހޭ.ދައުލަތުގެ ފައިސާއިން ހިންގާ ޗެނަލް ޓީވީއެމް ބަޔަކު ރައްޔަތުންނަށް ވިއްކައިގެން މަހުޖަނުންނަށްވެ ނިމިއްޖެ.އަހަރުމެން 5000+ ޗެނަލް މިބަލަނީ ހިލޭ.މީގެ ތެރޭގަ ދިވެހި ޗެނަލްތައް ވެސް ހިމެނޭ.ވ.ވެދުން
ބޮލުރޮނދި
16 June 2025
ތި ޗެނެލް ތައް ހިލޭ ބެލޭގޮތް ބުނެދީބަލަ.