ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި އޭދަފުށި ދާއިރާގެ މެމްބަރު ސަލީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕީއެންސީ
17 ޖޫން 2025 - 08:34
ރާއްޖޭގެ ބަޖެޓާއި އިގުތިސާދީ ހާލަތާ ނުބައްދަލު ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަތީޖާއަކީ ޑިމޮކްރަސީއާއާ އެކު، އެ ބަޔަކު ހިތަށް އެރި އަގެއްގައި ދައުލަތުގެ ބަޖެޓާއި ދަރަނި އިންތިހާ އަށް ބޮޑުކުރުން ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ވިޔަފާރި ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަލީމް ވިދާޅުވީ، ހާލަތަށް ނުބަލައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަތީޖާއާ މިއަދު ދިވެހިން ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެ ގޮތަށް ތަނެއް ދޮރެއް ނުބަލައި ކަންކަން ކުރުން ކޮންމެވެސް ހިސާބަކުން ހުއްޓުވަން ޖެހޭ ކަމަށެވެ.
"ކޮންމެވެސް ހިސާބަކުން އެބަޖެހޭ މަޑުޖައްސާލާފައި ގައުމު ހަމަޔަކަށް އަޅުވަން. އަދި މި ބުރަ ރައްޔިތުން ވެސް އުފުލަން ޖެހޭ. މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން މި ބުރަ އުފުލަން ޖެހޭ. އުފުލަން ޖެހެނީ މި ގައުމަށްޓަކައި އަދި ކުރިއަށް އޮތް ތަނަށްޓަކައި. އަޅުގަނޑުމެންގެ ދަރިންނަށްޓަކައި،" ޕީއެންސީގެ އެންމެ ސީނިއާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އެ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ހިންގަން މި ސަރުކާރަށް ވެސް ފުރުސަތު އެބައޮތެވެ. އޭގެ ތެރޭގައި ބޭނުން ވަރަކަށް ފައިސާ ޗާޕު ކުރުމާއި ރަށްރަށް ނުއަގުގައި ވިއްކުން އަދި އެކި ތަންތަނުން ލޯނު ނެގުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.---ފޮޓޯ: ޕީއެންސީ
"ފައިސާ ހޯދާނެ ގޮތް އެބަ އެނގޭ ބައިވަރު. އެކަމަކު އެ ގޮތަށް ފައިސާ ހޯދީމާ ނަތީޖާއަކީ ކޮބައިތޯ މިއަދު؟ މިއަދު ނަތީޖާއަކީ މި ހިސާބަށް އަންނަން ޖެހުނީ އެ ގޮތަށް ކަންތައް ކުރުމުގެ ނަތީޖާ،" ސަލީމް ވިދާޅުވި އެވެ.
"ކިތައް ރަށް އެބައޮތްތޯ ފަޅު ރަށް؟ ގަންނާނެ ބައިވަރު މީހުން އެބަތިއްބޭ ކުޑަކުޑަ އަގެއްގައި ވިއްކާލީމާ. އެ ހުރިހާ ރަށެއް މި ފަސް އަހަރު ވިއްކާލީމާ ޑރ. މުއިއްޒު ހަމަ ރީތިކޮށް ހުންނާނެ ހަމަޖެހިލައިގެން، އެއްވެސް ކަހަލަ ފައިސާގެ އުނދަގޫ ކަމެއް ނާންނާނެ، ޑޮލަރުގެ ދަތިކަމެއް ނާންނާނެ. މި ހުރިހާ ފަޅެއް ވެސް ދެން އޮތް ތަނެއް ވެސް އަޅުގަނޑުމެންނަށް ވިއްކާލެވިދާނެ.
ނަމަވެސް ސަލީމް ވިދާޅުވީ، އެއީ ގައުމަށް ޣައްދާރުވުން ކަމަށާއި އެ ކަން ނުކުރައްވާތީ ރައީސް ޑރ. މުއިއްޒަށް ޝުކުރު އަދާކުރަންޖެހޭ ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް މިހާރު ވެސް އެބަ ހިނގަ އެވެ. އެކަމަކު، ވިދާޅުވީ، މަޝްރޫއުތައް ވެސް ހިންގޭނީ އިގުތިސާދީ ހާލަތަށް ބަލައި ވާ ވަރަކުން ކަަމަށެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތުގެ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ކޮންމެ ކުންފުންޏެއް އޮތީ 3-6 ބިލިއަން ރުފިޔާއާ ދެމުގެ އަދަދަކުން ދަރާފައި ކަަމަށެވެ.
ޕީއެންސީން ރޭ ބޭއްވި ޖަލްސާ އަށް ދިޔަ އެ ޕާޓީގެ ބައެއް އާންމު މެމްބަރުން.---ފޮޓޯ: ޕީއެންސީ
ރައްޔިތުންގެ މަޖިލިހުގެ މާލިޔްޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގައި ކުންފުނިތައް އޮތް ހާލަތު އޮތް ގޮތް ބެލުމުގެ ދިރާސާތަކެއް އެ ކޮމިޓީން ހަދަމުން އަންނަ ކަމަށެވެ. އެ ދިރާސާގެ އަލީގައި އޭނާ ވިދާޅުވީ، ބޮޑު އަގުގައި ތަކެތި ގަތުމުންނާއި ބޮޑެތި އަގުތަކުގައި މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލު ކުރުމުގެ ސަބަބުން ހަމައެކަނި ފެނަކައަށް ވެސް އިބޫގެ ވެރިކަމުގައި ހަތަރު ބިލިއަން ރުފިޔާ ގެއްލުން ވެފައިވާ ކަމަށެވެ.
"ގެއްލުންވީކީ ނޫން، ވަގަށް ނެގީ. މި ތަފުސީލުތައް ރައްޔިތުންނަށް އެނގެން ޖެހޭ. މުޅި ހުރިހާ ކުންފުންޏަކަށް ބަލާއިރު ގާތްގަނޑަކަށް އެ ފަސް އަހަރުގެ ތެރޭގައި އެ ކުންފުނިތަކުން 10 ވަރަކަށް ބިލިއަން ރުފިޔާ އެބަހުރި ހަމަ ސީދާ ވަގަށް ނަގާފައި. މި ދެންނެވީ ބާޒާރުގައި ހުންނަ އަގުތަކަށް ވުރެ ބޮޑު އަގުގައި ތަކެތި ގަނެގެންނާއި ބޮޑު އަގުގައި މަސައްކަތްތައް ދީގެން 10 ބިލިއަނާ ކައިރިއަށް އެބަހުރި އަޅުގަނޑުމެން މިހާރު މި ކުރާ ދިރާސާތަކުން ގާތްގަނޑަކަށް ލަފާކޮށްފައި ބުނަން އެނގޭ 10 ވަރަކަށް ބިލިއަން ރުފިޔާ އެބަހުރި ވަގަށް ނަގާފައި،" ސަލީމް ވިދާޅުވި އެވެ.
ކިތައް ރަށް އެބައޮތްތޯ ފަޅު ރަށް؟ ގަންނާނެ ބައިވަރު މީހުން އެބަތިއްބޭ ކުޑަކުޑަ އަގެއްގައި ވިއްކާލީމާ. އެ ހުރިހާ ރަށެއް މި ފަސް އަހަރު ވިއްކާލީމާ ޑރ. މުއިއްޒު ހަމަ ރީތިކޮށް ހުންނާނެ ހަމަޖެހިލައިގެން، އެއްވެސް ކަހަލަ ފައިސާގެ އުނދަގޫ ކަމެއް ނާންނާނެ، ޑޮލަރުގެ ދަތިކަމެއް ނާންނާނެ. މި ހުރިހާ ފަޅެއް ވެސް ދެން އޮތް ތަނެއް ވެސް އަޅުގަނޑުމެންނަށް ވިއްކާލެވިދާނެ،"--- ސަލީމް
ސަލީމް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވީ "ހުރިހާ ކަމެއް ވެސް" ހަމަޖައްސަން ކަމަށާއި ކަންކަން ވެސް ހުރީ ކުރެވޭ ގޮތަށް ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި، ވެރިކަމާ ހަވާލުވެ، ކަންކަން ބެލިއިރު ހާލަތު އޮތީ މާ ގޯސްކޮށް ކަން އެނގުނެވެ.
ސަލީމް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރަށް ހިފަހައްޓާލެވޭނީ ހައެއްކަ މަހަށް ކަމަށާއި އެމްޑީޕީ އަށް ވެރިކަން ނުލިބުނީ "ނަސީބަކުން" ކަމަށް ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ އެ ޕާޓީގެ މެމްބަރުން ފާހަގަ ކުރައްވަމުންދާ ކަމަށެވެ.
ޕީއެންސީން ރޭ ބޭއްވި ޖަލްސާ އަށް ދިޔަ އެ ޕާޓީގެ ބައެއް އާންމު މެމްބަރުން.---ފޮޓޯ: ޕީއެންސީ
"އެހެން ނަމަވެސް ރައީސް މުއިއްޒު ގާތްގަނޑަކަށް ދެ އަހަރާ ކައިރި ވަނީ، މިއަދާ ހަމައަށް އެ މަނިކުފާނު އެ ގެންދަވަނީ މި ގައުމަށް ލިބޭ އެއްޗަކުން މާ ބޮޑެތި ދަރަނިތަކެއް ނުނަގައި ހިފަހައްޓަމުން. މުސާރަ ދޭކަށް ނުޖެހޭ ވިޔަފާރިވެރިއެއްގެ ގާތަށް ގޮސްފައި ލާރި ހޯދާކަށް. މުސާރަ ވެސް ބަރާބަރަށް މަހުން މަހަށް ދުވަހުން ދުވަހަށް ދޭ،" ސަލީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
17 June 2025
މުއިއްޒު އަދި ވަނީ ފެއިލް ވެފަ އެވެ. ކޮރަޕްޝަން ގެ ބޮޑު އެއްވެސް މައްސަލަ އެއް ބަލާ ފައިސާ ހޯދާ ހަރުމުދާ ތައް އަދި ނުހިފެހެއްޓެ އެވެ.
ޕީ އެން ސީ
17 June 2025
މޮޔައިންދަންކާ ވާހަކާގައިވެސް ހެވަކާއި އިއްމީދެން އޮވެއެވެ އެކަމަކު ސިޔާސީ ވިޔަފާރިވެރިންގެ ވާހަކައިގަ އެވަރުވެސްނެތެވެ އެއްވެސްކަމެން ނުކުރެވި ދެއަހަރު ބަޖަޓުހުސްވީއެވެ އެއްވެސްލޯނެއްނުދެއްކި ސިޔާސީ މޤާމުގެ މުސާރައާއި ރިޓެޔަމަންޓު ޕޭއަށް ލޯނުނަގައި ދަރަނިބޮޑުކުރަނީއެވެ !
ކުދުބެއްޔާ
17 June 2025
"މުސާރަ ދޭކަށް ނުޖެހޭ ވިޔަފާރިވެރިއެއްގެ ގާތަށް ގޮސްފައި ލާރި ހޯދާކަށް." މިއީ ސަލީމް ބުނިބަހެއްނަމަ ސަލީމް ދެން ބުނެދީބަލަ ޓީބިލް މިއީ ކޯއްޗެއްތޯ؟
ޖައިސާމް
17 June 2025
އަންޑަރވޯޓާ ޓަނަލް އަކާ، އައްޑޫ ބުރިޖު ވާހަކަ ދައްކަނީ ހަމަ ސަލީމު ޕާޓީން. އާދަޔާ ހިލާފަށް ސިޔާސީ މީހުން ލައިގެން އުޅެނީވެސް ސަލީމު ސަރުކާރުން. ދެނޯ؟
މިހެންބުނީމަ މާސަޅިއެއްނު.
17 June 2025
ތިމަންނަމެނަށް، ޖަރީމާ ހިންގައިގެން ހިތަކަށް ވިޔަފާރި ހިންގާލަން ލިބުމަކީވެސް، ގައުމު މިހާލަތަށްވެއްޓުމުގެ އަސްލު.
ކަބރީ
17 June 2025
ކުރީ ސަރުކާރު! ކުރީ ސަރުކާރު! ކުރީ ސަރުކާރު! ތިމާމެން ކުރީސަރުކާރަށްވަކަށް މާގިން ދުވަހެއްނެތް.
ދަބަރޭ
17 June 2025
ވާހަކައަކީ ދަރަނި ބޮޑުކޮށްގެން ރައްޔިތުންނަށް ފައިދާވާ މަޝްރޫއުތައް ނުހިންގާށޭ. އެކަމު ދަރަނި ނަގައިގެންވެސް ތިބޭފުޅުންގެ އެލަވަންސްތަކާ ބޭސްފަރުވާއާއި ޕެންޝަނާއި މިކަހަލަ ޤައުމީ ކަންކަން ކުރާށޭ ދެއްތޯ؟
ގަމާރޭ
17 June 2025
ބަލަ ސަލީމޫ އެހެންވެދޯ ފ މަގޫދޫގަ އެއާޕޯޓެއްއޮވާ ފ ނިލަންދޫގަ އެއަޅަނީ އެންމެ 3 މިނިޓުވެސް ނުނަގާނެ ސުޕީޑު ބޯޓުގާ މަގޫދޫން ނިލަންދޫއަށް ދާން . އަދިވެސް ތި އުޅެނީ ރައްޔިތުން ގުބޯހެއްދުމުގާ
ނޫރުﷲ
17 June 2025
އަސްލުވެސް. އެމްޑީޕީ އިން މިކަންކަން ކުރަނީ ބަޔަކު ވާވައްދަން. އޭގެ ސަބަބުން ގެއްލުން ވީ ގައުމުގެ މާލިއްޔާއަށް. މިއަދު ސަރުކާރުން ކަންކުރާގޮތް ރަނގަޅު. ވިސްނުންތެރިކަމާއެ ކުރަމުން ދަނީ. ގެއްލުން ނުވާހެން.
ތިހާމް ހުސައިން
17 June 2025
އެމްޑީޕީއިން އެކަން އެހެން ކުރިޔަސް ނެތް އެއްވެސް ވަރަކަށް ތަރައްގީގެ މަޝްރޫ ގޮއްސަ. އެޔަށް ވުރެ މާ ބާރަށް މިގައުމިގައި މިހާރު ކަންކަން އެބަދޭ. މިރަށުގައިވެސް އެބަދޭ.