ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޕީއެންސީ
23 އެޕްރީލް 2025 - 15:13
އެންމެ ގިނަ ޕްރޮޖެކްޓް އެއްފަހަރާ ހިންގަން ފަށާނީ މި އަހަރު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީ (ޕީއެންސީ) އިން ބޭއްވި ޖަގަހަ ޖަލްސާގައި އޭނާ ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރަކީ މާލީ ގޮތުން އެކި ގޮންޖެހުންތަކާ ކުރިމަތިވި އަހަރެއް ކަމަށެވެ.
ނަމަވެސް ވެރިކަމުގެ މިހާތަނަށް އައި އިރު ވެސް ދައުލަތް ހިންގަމުން އައީ "އެންމެ ފައިސާ ފޮއްޗެއް ވެސް ޗާޕުނުކޮށް" މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ވެސް ދެމުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ މިނިސްޓަރުން ބައިވެރިވަނީ.-- ފޮޓޯ: ޕީއެންސީ
ހުއްޓިފައިވާ ތަރައްގީގެ މަޝްރޫއުތައް މިހާރު ފަށައިގަނެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މި އަހަރަކީ އެންމެ ގިނަ ޕްރޮޖެކްޓުތައް އެއްފަހަރާ ފަށާނެ އަަހަރަށް ވެގެންދާނެ ކަމަށެވެ.
"މިއަދު އޮތް ވޯކިން ކެބިނެޓް މީޓިންގައި، އެމްޑީޕީ ސަރުކާރުގައި އޭރު ކުރިއަށް ނުގެންގޮސް ގާވެފައި ހުރި ޕްރޮޖެކްޓުތައް ފައްޓަވާފައި މިހާރު ހުރި ހިސާބާއި އަލަށް އެ މަނިކުފާނު [ރައީސް މުއިއްޒު] ފެއްޓެވި ޕްރޮޖެކްޓުތަކާއި އަލަށް ފައްޓަވަން ހުރި ޕްރޮޖެކްޓުތަކުގެ އަދާ ހަމަ މައުލޫމާތާ އެކީގައި ބުނެދިން. މި މާލީ އުނދަގޫ ހަލަތާ އެކު މިވަގުތު އަރައިގަނެވެެމުންދާތީއާ އެކު އެ ޕްރޮޖެކްޓުތަކުގެ މައުލޫމާތުތައް ލިބިގެންދިޔަ،" މިނިސްޓަރު ވިދާޅުވި އެވެ.
"މި އަހަރަކީ، 2025 ވަނަ އަހަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ގިނަ ޕްރޮޖެކްޓް އެއްފަހަރާ ހިނގާނެ އަހަރުކަން އަޅުގަނޑަށް މިއަދު ވެސް ބުނެދިން. ދެހާހަށް ވުރެ ގިނަ ޕްރޮޖެކްޓް އަޅުގަނޑުމެން ގުނާލީމަ މި އަހަރު އެކަނި އެއްފަހަރާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ދާނެކަން އަޅުގަނޑުމެންނަށް ޔަގީން ވެގެން މިއަދުވެސް ދިޔައީ."
ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ މެމްބަރުން ބައިވެރިވަނީ.-- ފޮޓޯ: ޕީއެންސީ
ޝިޔާމް ވިދާޅުވިގޮތުގައި، ރާއްޖެ އަށް ތަރައްގީ ގެންނެވުމުގައި ރައީސް މުއިއްޒަށް ކާމިޔާބުވީ ނަންގަވަން ޖެހިވަޑައިގަންނަވާ އުދަނގޫ ނިންމުންތައް ވެސް ނަންގަވަން ކެރިވަޑައިގަންނަވާތީ ކަމަށެވެ.
އެފަދަ ނިންމެވުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އުނދަގޫ ހާލަތުން އަރައިގަނެ، ކޮޅަށް ޖަހާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކެބިނެޓުގެ އިއްޔެގެ މަސައްކަތު ބައްދަލުވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ، އެ ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށާއި އެ މަނިކުފާނުގެ ރިޔާސީ ކެމްޕޭނުގައި ވައުދުވި މަޝްރޫއުތައް ތަންފީޒު ކުރުމުގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށް ގެންދާ ކަމަށެވެ.
"މިނިސްޓަރުންނާއި މެނޭޖިން ޑައިރެކްޓަރުންނާ އެކު މިއަދު ބޭއްވި މަސައްކަތު ބައްދަލުވުން ވަރަށް ކާމިޔާބު. އަޅުގަނޑުގެ މެނިފެސްޓޯގައި ހިމެނޭ އަދި ރިޔާސީ ކެމްޕޭނުގައި ވައުދުވި ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ފުރިހަމަ، ތަފްސީލީ އަދި އަމަލީ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން ތަންފީޒު ކުރުމުގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
24 April 2025
ދިވެހީންނަށް ކިހާ ވަޒީފާއެއް ލިބޭނެބާއެވެ؟
ސުކުންތިލާ
24 April 2025
އެއްކަލަ ބައިގަނޑު ތިބިތަނުންނިކުމެ ހެޑްލައިން އަޅަން ފަށައިފި. ބަލަ ނުއަތަށް ކަމެއްވާއިރަށް ނެރެންތިބޭ ބައިގަނޑެއްތަމިއީ؟ ވައިގޮޅިން ކުއްޖަކު ވެއްޓުނު އަޑު އިވޭއިރަށްނިކުމެ ސަރުކާރު ޕްރޮޖެކްޓޭކިޔާކަށް ލަދެއްނުގަނޭތަ؟ އެ މައްސަލަ ރަނގަޅަށް ތަހުގީގުކޮށްބަލަ. ބޮޑެތި ގޮދާތަކެއްކޮށްގެން އުޅޭކަމެއްކަމަށްވަނީ.
ފެށިދާނެ
24 April 2025
2000 ޕްރޮޖެކްޓު ތިންބައިކޮށްފައި ފެނަކައާއި އާރުޑީސީއާއި އެމްޓީސީއާއި ހަވާލުކޮށްލާފައި އެއިން ކޮންމެ ސައިޓެއްގައި ބިޔަ ބިލްބޯޑެއް ބަހައްޓާފައި ހައިމާކަކާއި ސެކިއުރިޓީއެއް ބެހެއްޓީމައި ނިމުނީ. ސުވާލަކީ އެއިން ކިތައް ކުންފުނީގަތޯ ފައްސަތޭކައެއްހާ ޕްރޮޖެކްޓް އެއްފަހަރާ ހިންގުމުގެ ގާބިލުކަން ހުރީ.
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
23 April 2025
މިހާރު ގިނަ ރައްޔިތުން ތިބީ މި ސަރުކާރު ގެންނަން ވޯޓު ދެވުނީތީ މޮޔަ ހީވެފަ. ދެ އަހަރު ވާން ދާއިރު ކުރެވުނު ކަމެއް ހަރާން. ރައްޔިތުން ހައްދާގެން ވޯޓު ލިބިއްޖެ އެކަމަކު ވެރިކަން ކުރާކަށް ނޭންގުނު. މިޖެހުނީ ކޮންތާކު؟؟
ގުދުގުދާބެއްޔާ
23 April 2025
ކުރީގެ ސަރުކާރުން ފަށާފައިވާ ރަށްރަށުގެ ކުދި ޕުރޮޖެކްޓްތައް ނުނިމި މިހާރު ދައުރު ދެބައިވަނީ! ކަލޭމެންނަށް ތެޅޭނީ ހުސްއަނގަ! އެއްވެސް ކަމެއް ކުރަން އިގޭބައެއްނޫން! ހުޅުމާލެ ފޭސް3 ކުން ކިއްކަން އޮތް ކުޑަތަންކޮޅުވެސް ހިއްކުނީ ކީނޫން! ވަކިވަރަކައް ރައްޔިތުންނަށް ހުވަފެން ދެއްކޭނީ!
މިއޮތީ
23 April 2025
މި އަދަދު ހަމަވަނީ ފާހާނާ ކުރުމަކީވެސް ޕްރޮޖެކްޓެއް ކަމަށް ބަލައިގެން. ދެރަ ކަމަކީ އޭރުން ދައުރު ނިމޭއިރުވެސް ފާހާނާއިންވެސް ނުނިކުމެވޭނެތީ. ކަންކަން ކުރެވޭވަރުގެ ޤާބިލު ބަޔަކު މިކަހަލަ ވާހަކަ ދައްކާނަމަވެސް ތަންކޮޅެއް ރަނގަޅުވީސް ކަންނޭންގެ
ޟމމމ
23 April 2025
އަހަރެމެންގެ ރަށިގައި ކުރިން ހިނގަމުންދިޔަ ހުރިހާ މަޝްރޫޢެއް ތިމީހުން ވެރިކަމަށް އައިސް ހުއްޓާލައިފި.ވެރިކަމަށް 2 އަހަރުވިއިރު ފެށި އެއްވެސް މަޝްރޫޢެއް ނެތް. ތިގޮތަށް ފައިސާ ޗާޕްނުކޮޑް މަވެސް ވެރިކަން ކޮށްދީފާނަން!
މަބުނީ
23 April 2025
މަހިތަށް އަރަނީ ކުރީސަފުގައި މިތިބީ ހާދަ ނަޒާހަތްތެރި ، އިހުލާސް ތެރިންނޭ ދޯ؟
ާމަޔާއިނު
23 April 2025
2000 ސޮފްހާގެ ފޮތެއްގެ ކޮންމެ ގަނޑެއްގަ ސޮއިކުރާވާހަތަ މިދައްކަނީ
އުސްމާނުބެ
23 April 2025
ޕޮރޮޖެކްޓް ފެށުނީމަކާ ނުވޭ ، ނިންމޭނެ ވަރައް ފައިސާ އެބަހުރިތޯ