ދުބާއީގައި ބޭއްވި މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތް ވަނަ ސަމިޓުގެ ކޮމިޓީ ބައްދަލުވުމެއްގައި ފަސްޓް ލޭޑީ ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
20 ޖޫން 2025 - 13:18
ސިއްހީ ދާއިރާއިން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އުފައްދަވައިފި އެވެ.
އެ ޖަމިއްޔާ އުފައްދަވާފައިވާކަން އެ ކަމަނާ އިއުލާން ކުރެއްވީ މޭކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތްވަނަ ސަމިޓުގެ އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
އެ ޖަމިއްޔާ އުފެއްދެވި ސަބަބެއް ކަމަށް ފަސްޓް ލޭޑީ ވިދާޅުވީ މޭކް ފައުންޑޭޝަންގެ މަސައްކަތްތަކުން ހިތްވަރު ލިބިވަޑައިގެން ކަމަށެވެ. އަދި މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެ ކަމަނާގެ އިސްނެންގެވުމުގެ މަތިން ހިންގަވާފައިވާ ހަރަކާތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ކޮމިޓީ ބައްދަލުވުމުގައި ވަނީ ހިއްސާ ކުރައްވައިފަ އެވެ.
ދުބާއީގައި ބޭއްވި މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތް ވަނަ ސަމިޓު ޝަރަފުވެރި ކޮށްދެއްވުމަށް ފަސްޓް ލޭޑީ ސާޖިދާ ވަޑައިގެން މަޝްވަރާއެއްގައި.---ފޮޓޯ: ރައީސް އޮފީސް
އެ ބައްދަލުވުމުގައި ރާއްޖޭގައި އަގުހެޔޮ، އަދި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ މަގުތައް ފަހި ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ރާއްޖޭގެ ސިއްހީ ދާއިރާގެ ހިދުމަތްތައް ރަނގަޅު ކުރުމަށް ދިގުމުއްދަތުގެ ފަންނީ ގުޅުންތައް ދެމެހެއްޓުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމާއި ކެންސަރު ސްކްރީނިން އާއި ނަފްސާނީ ސިއްހަތާ ގުޅުން ހުރި ހިދުމަތްތައް ރަނގަޅު ކުރުމާއި ސިއްހީ ދާއިރާގައި އަންހެނުންގެ އިސްނެގުން އިތުރު ކުރުމަށް އެހީތެރިވާންޖެހޭ ކަން ވެސް އެ ފަސްޓް ލޭޑީ ސާޖިދާ ފާހަގަކުރެއްވި އެވެ.
ދަރިމައިނުވުމާއި މިންތީގެ ތަފާތުކުރުންތަކުން ލިބޭ އިހާނެތިކަމާއި އަންހެނުން ބާރުވެރިކުރުމާއި ހަކުރުބައްޔާއި ހައިޕާޓެންޝަން ފަދަ ބަލިތަކާއި އެފަދަ އެހެނިހެން މައްސަލަތަކަށް މުޖުތަމައު ހޭލުންތެރި ކުރުވުމަށް މޭކް ފައުންޑޭޝަނާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދިޔަ މަސައްކަތްތައް ވެސް ފަސްޓް ލޭޑީ ހިއްސާ ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަދޫނާާ
22 June 2025
ކައުންސިލް ތަކުގެ ބެންކޮކު ދަތުރާ މެލޭސިޔާ ދަތުރު އަދިވެސް ދަނީ ކުރިއަށް މިހާރު މާލެއަތޮޅުކައުންސިލްގެ މެމްބަރުން ހިމެނޭ ގޮތައް ކައުންސިލްތަކުގެ ސްޓާފުންނާއެކު މެލޭސިޔާއަށ
އައިމިނާ
21 June 2025
ކޮންމެ 5 އަހަރަކުން މެޑަމެއް އައިސް އިޖްތިމާޢީ ޖަމްޢިއްޔާ ފުރަތަމަވެސް އުފައްދަނީ. އިޖުތިމާޢީ ވީވީނުންގޮސް ރައްޔިތުންގެ ބަޖެޓަށް ބާރުބޮޑުވަނީ. ޕެރެސެޓަމޯލްއާ ޕެނަޑޯލްއާ ޗޮކްލެޓާ ޕެކްކުރުމުގަ. ދެރަކަންކަން. ރައްޔިތުންގެ ބަޖެޓުން ރައްޔިތުންނަށް ހަދިޔާ ބެހުމުގަ. ވެންމަސް ވެނަށް ކާންދިނުމުގަ.
ގޮތްބަލާލަން ރަނގަޅު؟
21 June 2025
ތި ޖަމްއިއްޔާ ވަނުމަށްފަހު ދެން އެއްވެސް ބިލެއް އަދި ޚަރަދެއް ކުރަން ނުޖެހޭނަމަ ތީ ވަރަށް ސަޅިކަމެއް.
އ
20 June 2025
ތީ ފަސްޓް ލޭޑީސް ފުރިހަމަ ކުރަންޖެހޭ ރުކުނެއް... ނިމުނީމަ ނިމުނީ ތިކަންވެސް.... ކޮބާހޭވެސް އަހާލާނެ މީހަކުވެސް ނުވާނެ... .
ކަނޑޫމާ
26 June 2025
ޝީ ގެ ޚިދުމަތް މެދުކެނޑުމެއްނެތި އަދިވެސް އެދަނީ ކުރިޔަށް
ދިއްދޫމީހާ
20 June 2025
ސުވާލަކީ ތިޔަ ފައުންޑޭޝަން ދިރިއޮންނާނީ ކިތައް އަހަރުތޯ؟2028ގެ ފަހުން ތިޔަ ފައުންޑޭޝަން ގާދޫކޮއްލުން ނުކުމެގެން ދާނީތޯ؟ތިޔަހެން ފެނުނު ޞޮދަގާތު ފައުންޑޭޝަންވެސް މިހާރު ނޭގި ވީތަނެއްވެސް..
ޟމމމމ
20 June 2025
ހީވާގޮތުން ތިޔަ ޖަމްޢިއްޔާގެ އުވޭނެ ވެރިކަން ބަދަލުވާއިރަށް!
މެޑަމްގުޅު
20 June 2025
ފަސްޓްލޭޑީ އަކަށްވީމަ ކުރަންޖެހޭ ކަމަކީބާ
ވޮޗްމޭން
20 June 2025
މީ ގަދަ ފަސްޓްލޭޑީއެއް. މޭކް ފައުންޑޭޝަންއިން ގެ އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން އެންމެ ހިންގުންތެރި ފަސްޓްލޭޑީއަކީ ވެސް އަހަރެމްންގެ މެޑަމް.
ސަސި
20 June 2025
ދެން ބުނާނީއެއްނޫން މިއޮށް ހުރިހާ ދުވަހު ޖަމިއްޔާ ނުއުފެއްދެވީ ކީއްވެގެންހޭ، ކުރިން އެއީ ފަސްޓްލޭޑީއެއްވެސް ނޫން ދޯ