މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތެއް މިދިޔަ ޖެނުއަރީގައި ކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
20 ޖޫން 2025 - 18:43
މިހާތަނަށް 150،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި އިހުސާން މިދިޔަ ބުދަ ދުވަހުގެ ރޭ ވިދާޅުވީ "އޮޕަރޭޝަން ކުރަނގި"ގެ ދަށުން މިހާތަނަށް 151،000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، ޑޭޓާބޭސް އަޕްޑޭޓުކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބައޯމެޓްރިކް މައުލޫމާތު ނަގަން ފެށީ މެއި، 2024 ގަ އެވެ. އެ މަސައްކަތް ފުރިހަމަކުރަން މިނިސްޓްރީން ވަނީ މި މަހުގެ ނިޔަލަށް އެންމެ ފަހު ފުރުސަތު ދީފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެކަން ފުރިހަމަ ނުކުރާ ބިދޭސީން ޑީޕޯޓުކޮށްލާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި ވަނީ 5،000 އަށްވުރެ ގިނަ ބިދޭސީން އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވާލައިފަ އެވެ.
ބިދޭސީން ރާއްޖެ ގެނައުމަށްފަހު އެ މީހުންގެ ވިސާ ފީ ނުދައްކާ މީހުންނާއި ކުންފުނިތަކުގެ މައުލޫމާތު ވެސް ސަރުކާރުން ވަނީ މިދިޔަ ޖުލައި 24 ގައި އާންމުކޮށްފަ އެވެ. ނަމަވެސް، އެއީ އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހޭ ފަރާތްތަކެވެ.
އިހުސާން ވިދާޅުވި ގޮތުގައި ފީ ނުދައްކާ ފަރާތްތައް ހާމަކުރި ފަހުން ދައުލަތަށް ބިލިއަނެއްހާ ރުފިޔާ ލިބިފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިރާސާ
21 June 2025
ދޮޅުލައްކަ ބޭރުކޮއްލަބަލަ. ލައްކަ ބޮޑުތަނުން ރާއްޖޭގެ މަގުތަކުގައި އުޅެން ފަސޭހަ ވާނެ.. މިހާރު ފިހާރައަކަށް ދިއަޔަސް 3 މީހުން ކަސްޓަމަރުންނަށް ތިބިއްޔާ 2 އެއީ ބިދޭސީން. ހޮސްޕިޓަލުގެ ކިއުއަކަށް އެރިއްޔާ 50 މީހުން ތިބިއްޔާ 40 އެއީ ބިދޭސީން . މަގުމަތީ ދުއްވާ އުޅަނދުތަކުގެ%70 ޑްރައިވަރުންނަކީ ބިދޭސީން...
ޑރ ވާންޗޯ
21 June 2025
ބިދޭސީންގެ ކޯޓާގެދަށުން ގާނޫނުން އެއްގައުމަކުން އެންމެގިނައިން މީހުންއެތެރެކުރެވޭނެ އަދަދު ހަމަވެ އިތުރުވެސްވެފައިވާތީ އަދިވެސް ބަންގާޅީންގެ ކޯޓާދިނުން ހުއްޓާކަށްނުވޭތޯ؟.
ރާވެރިބެ
21 June 2025
ދޮޅުލައްކަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިއްޖިއްޔާ ލަފާ ކުރެވެނީ 2 ލައްކަ ބިދޭސީން ރާއްޖޭގަ ދާއިމީ ގޮތަކަށް އުޅޭކަން. އަދި މިއަދަދު ދަނީ އަދި ދާނީވެސް ބާރަށް އިތުރުވަމުން. އަނެއްކޮޅުން ދިވެހިން ދަރިމައިވުމުގެ ރޭޓު ހުރީ އެހާ ދަށުގަ. ދިރިއުޅުމުގެ ޙަރަދުތަށް ބޮޑުކަމުން ކުދިން ހޯދުން މަދުކުރަން މަޖުބޫރު. ދުވަސް ކޮޅަކުން ދިވެހިންވާނީ ރާއްޖޭގެ މައިނޯރިޓީ ބަޔަކަށް. މިހާރު ޓުއަރިޒަމް އިންޑަސްޓްރީގެ %75 ވުރެ ގިނައީ ބޭރު އޯނަރުން.
ހޮޓްކިންގ
21 June 2025
ތީ މާ މޮޅުކަމެއްތަ؟ ތިކަން ނުކުރާ ސަރުކާރެއް ނާދޭ. މަމީ އެކަމުގާ ކޮންނެ ސަރުކާރެއްގަވެސް އުޅޭމީހެއް. ތިޔަ އެއްކުރާ މައުލޫމަތުން ކުރެވުނުކަމެއް ކެއްކުނު ރިހައެއްކޮބާ. ތިމައުލޫމާތު އެއްކޮށްފާ އެވާހަކަ ފޮނިވެފާ ދައްކާއިރު ހީވަނީ އެއީހެން ނުވެގެން އުޅޭކަމަކީ. ކޮންމެ ފަހަރަކު ތި މައުލޫމާތު އެއްކޮށްފާ މިނިސްޓަރު ބޯއަޅާ ބާލީސްދަށަށް އެ މައުލޫމާތު ލައުގެން ނިދަނީތޯއްޗެއް. ދެން ވެރިކަން ބަދަލުވާއިރަށްވެސް ހަމަ ތިކަންފަށާނެ. ހަރާމް ވާކަމެއް.
އެމްސް
20 June 2025
2 ލައްކަ ބިދޭސީން ވެގެން ބޮލަކަަށް 500 ޑޮލަރު މިޤައުމުން ބޭރުކުރިޔަސް، މަހެއްގެ މައްޗަށް އެއީ 100 މިލިޔަން ޑޮލަރު އެވެ. ދިވެހީންގެ ނަންމަތީގަ ބިދޭސީން ހިންގާ ވަގުވިޔަފާރިތަކަކީ އޭގެ ފުންމިނެއް ސަރުކާރަށްވެސް އެނގޭ ކަންކަމެއް ނޫނެވެ!
ހސވސވ
20 June 2025
ބޭނުންވީމައި ކުރެވޭނެ. ބަޔަކު އަމިއްލަ ފައިދާއަށް މި މައުލޫމާތު އެއްކުރިޔަ ނުދެނީ.