ޚަބަރު / މޯލްޑިވްސް އިމިގްރޭޝަން

އިމިގްރޭޝަންގެ ބަޔަކު ބިދޭސީންނާ ގުޅޭ މަސައްކަތް ރިޝްވަތު ނަގައިގެން ކުރާ މައްސަލައެއް ތަހުގީގުކުރަނީ

އިމިގްރޭޝަންގެ އޮފިސަރުންތަކެއް އޮޕަރޭޝަނެއްގައި ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރިޝްވަތު ނަގައިގެން އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ބިދޭސީންނާ ގުޅޭ މަސައްކަތްތަކެއް ކުރާ މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޔުނިފޯމު އެޅި މުއައްސަސާތަކުގެ ތެރޭގައި ތިބެ ޔުނިފޯމުގެ ހުރުމަތްކަނޑައި، އާއްމުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރު ގެއްލުވާލާ މީހުންނާ ދޭތެރޭ ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށެވެ.

އޭގެ ތެރެއިން، އިމިގްރޭޝަންގެ ފަސް މުވައްޒަފަކު ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ބިދޭސީންނާ ގުޅުން ހުރި ބައެއް ކަންކަން ކޮށް، އެކި ފަރާތްތަކުން ނަހަމަ ގޮތުގައި ފައިސާ ހޯދާ ކަމަށް ތުހުމަތުކުރެވޭ ކަމުގެ މައުލޫމާތު ލިބުމުން ފުލުހުން މެދުވެރިކޮށް ތަހުގީގުކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ ތަހުގީގުގެ ކުރީކޮޅަށް ވާތީ އެ މުވައްޒަފުންނަށް އަދި ފިޔަވަޅެއް ނާޅާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މުވައްޒަފުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓައި ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

"މި މައްސަލައިގެ އިތުރު ތަފްސީލުތައް ތަހުގީގު ކުރިއަށްދާވަރަކުން ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތައް ގުޅިގެން ހާމަކުރަމުންދާނެ ވާހަކަ ދަންނަވަން. އަދި ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލިދާނެ ފަދަ ކަންކަމުން ބަރީއަވެ ތިބުމަށް އެންމެހާ ފަރާތްތަކަށް ތަކުރާރުކޮށް ދަންނަވަން،" އޭނާގެ އެކްސް ޕޯސްޓުގައިވެ އެވެ.

އިހުސާން ވިދާޅުވީ އެ ފަދަ ކަންކަމަކީ މި ސަރުކާރުން އެއްވެސް ވަރަކަށް ތަހައްމަލު ކުރާނެ ކަމެއް ނޫން ކަމަށެވެ. މިދިޔަ ޖޫން މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، މާފުށީ ޖަލަށް ވަގަށް ތަކެތި ވައްދައިގެން 70 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދިކަމުގެ ތުހުމަތުގައި ކަރެކްޝަންސްގެ 18 މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.

42 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 9%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 61%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑރ ވާންޗޯ

30 November 2024

އިދުރީސް ރިސްވަތުނަގާތީ މައްސަލަބަލަން ފޮނުވި އާދަނަށް އިދުރީސް ރިސްވަތުދިނުމުގެ ސަބަބުން މައްސަލަ އެހިސާބުން ހިނދިއްޖެ.

The name is already taken The name is available. Register?

ހަލޯވ

30 November 2024

އިމިގުރޭޝަން އޮފިސަރުންގެ މި ޖަރީމާއަކީ ޖަލުތަކުގެ ކޮރަޕްޝަން ގޮތައް ގިނަދުވަސްވެ މޫލާފައިވާ ޖަރީމާތައް. ލައްކައިން ވިސާނުދައްކާ ، އެތަކެއް އަހަރު މިތަނުގައި މަސައްކަތް ކޮށް ، އެތަކެއް ލައްކައިން ރުފިޔާ ޖީބައް އަޅައިގެން އުޅޭ ބަގުލަދޭޝް މީހުން އަތުން ރިޝްވަތު ނަގައިގެން އެމީހުން ފުރުވާލާފަ އެބަހުރި . ހަމަ ތިޔަ ބުނާ އިމިގުރޭޝްމެންތައް. މި ވައްކަން ކުރާގޮތަކީ ، ސިސްޓަމަށް ވަދެ ބިދޭސީ މީހާގެ ޑާޓާ (ދައްކަން ހުންނަ އަދަދު) ބަދަލު ކޮށްލަނީ.

The name is already taken The name is available. Register?

ދޮގުބެ

30 November 2024

ބަލަ ސަރުކާރުގެ ވެރިން ހިންގާ އޯގަނައިޒްޑް ކްރައިމް ހުއްޓުވަން އިހްސާނު ތެދުވެބަލަ. މިހާރުވެސް އެއުޅެނީ އެންސްޕާގެ ވެރިން ބޮޑު ޚިޔާނާތެއްގެ ތެރޭ.

The name is already taken The name is available. Register?

ކޮވެލި

30 November 2024

ބޯޑަރު ފޫ ގޮސްފައި އޮތީ ކަސްޓަމްސް އިމިގްރޭޝަން އަދި ސަލާމަތީ ބާރުތަކުގެ ތެރޭގައި އުޅޭ ރޯގު އެލެމެންޓްސް ތަކެއްގެ ސަބަބުން. ކަނޑު މަގުން މީހުން އެތެރެ ނުވާ ގައުމެއްގައި ވައިގެ މަގުން ނޫންގޮތަކަށް ވަގު ބަންގާޅީންނަށް އެތެރެއެއް ނުވެވޭނެ. އެބަ އެނގޭ ދޯ މިވަނީ ކިހިނެއްކަން.

The name is already taken The name is available. Register?

އަފްރާސިޔާބު

30 November 2024

ތިޔަ ކަހަލަ ކަމެއް އިމިގްރޭޝަންގެ އޮފިސަރުން ކުރާނެ ކަމަކަށް ނުބެލެވޭ. ތިޔަ ވާނީ ކުރީ ސަރުކާރުގެ ކަމަކަށް. އެމީހުން ވައްދާފައި ތިބި މީހުން މިހާރުވެސް އިމިގްރޭޝަނުގެ ތެރޭގައި މާގިނަ.

The name is already taken The name is available. Register?

ނަމެއްގަ

30 November 2024

ބަންގްލަދޭޝްއިން މީހުން ގެނައުން ނަމެއްގަ ހުއްޓާފަޔޯ އޮތީ. މި މަހުވެސް ވޯރކްޕަރމިޓް ދޫކޮށްފަ އެބަހުރި

The name is already taken The name is available. Register?

ހޮޓްކިންގ

29 November 2024

އައްޑޫ އިހްސާން ކަލޭ މިނިސްޓަރު ކަމުގާ ހުރެ ވަރަށް މީހަކަށްވާން ގަދަބަސްބުނެ އަނގަ އެބަތަޅާ. ކަލޭ ތިވަނީ ކުށެއްނެތް އެތައް ބަޔަކު މަސައްކަތްކުރާ އެތައްތަނެއްގެ އެންމެންގެ އަގުވެއްޓޭގޮތަށް ވާހަކަ ދައްކާފަ. އަބަދު ތި މޮޅުަމުގާ ނުހުުރެވޭނެ. މިހާރުވެސް ކަލޭއާހުޅުންހުރި ކަރަޕްޓްވާހަކަތައް އެބަހުރި. އެވާހަކަ މިހާރު ދެއްކުން ބޭނުމެއްނެތް. ވަގުތުޖެހުނީމާ އެނގޭނެ.

The name is already taken The name is available. Register?

މުލޭ

29 November 2024

ކޮރަޕްޓްވީމަ އެވާހަކަ އެދައްކަނީ. އެއީ ހަމަ ރަނގަޅުވާހަކައެއް. ބިދޭސީންނާ ގުޅުންހުރި ކަންކަމުގައި މީގެކުރިން ވެސް އެތައް ކަރަޕްޝަނެއް ހިންގާފައިވޭ. އެކަންކަމުގައި ކޮރަޕްޝަން ބޮޑުވެގެން ގޮސް ތިތަނަށް ސިފައިން ވެސް ވައްދާފައި ހުންނާނެ. މިނިސްޓަރަށް ކޮންމެހެން އިންޒާރު ދޭނެކަމެއްނެތް. ތިތަނަކީ ވެސް ކަސްޓަމަކީ ވެސް ކޮރަޕްޝަނުގެ ހާލިތަކެއް.

The name is already taken The name is available. Register?

ކޮރަލް

29 November 2024

ދަންވަރު ކަމެއް ނެތި އުޅޭ ބަމްގްލަދޭޝް މީހުންނާ ސުވާލު ކުރަން ވީ އެވެ. އެމީހުންގެ ބަޔަކު ނިދަނީ ދުވާލު އެވެ. ދަންވަރު އޮންނަ ނީ ސިޔާސީ އަދި ސިވިލް ސާވިސްގެ ބައެއް ބޮޑެތި މީހުންނާ އެކު ދަންވަރުގަޑީގަ މީޓީންގް ތަކެވެ. އަގުހެޔޮ ސިނގިރޭޓް މާކެޓް ވެސް އޮތީ އެމީހުންގެ ކޮންޓްރޯލް ގަ އެވެ. މަސާޖް ޕާލަ ތައްވެސް މެ އެވެ. އިމިގްރޭޝަންގެ ޝައްކު ވާ މީހުންގެ ކޯލް އަޑު އަހަން ވީ އެވެ.

The name is already taken The name is available. Register?

ތުނޑުހަސަނު

29 November 2024

ބިދޭސީންގެ ކޯޓާ ދިނުމަަށް ރިޝްވަތަަށް އެދޭ މީހުންގެ މައްސަލަތައް ވެސް ތަޙުގީގު ކޮށްދެއްވާ!. މަޢުލޫމާތު ލިބޭގޮތުގައި ސިޔާސީ މީހުންނާއި ސިވިލް ސާރވިސްގެ އެކި ފަންތީގެ މީހުންނަށް ޖުމްލަ 40000.00 (ސާޅީސް ހާސް) ރުފިޔާ ދީގެން ނޫންގޮތަކަށް ކޯޓާއަށް ހުށަހަޅާ ހުށަހެޅުންތައް އެޕްރޫވް ނުކޮށްދޭ. މިއީ ވަރަށް ގިނަ މީހުން ދައްކާ ވާހަކައެއް. ގިނަބައެއްގެ ކަންބޮޑުވުމެއް. މިކަން އަވަށް ބައްލަވައިދެއްވާ.

The name is already taken The name is available. Register?

ނާޒިމު.

29 November 2024

މަވެސް ސެލޫންއެއް އަދި ގާއަޅާ ތަނެއް ކޯޓާޔައް ލައިގެން ކުލިދައްކާތާ ތިންމަސްވަނީ މިމީހުން ރައްޔިތުން ކަރައްފައިން އަރައިފި

The name is already taken The name is available. Register?

ވަގުންނޭވަގުންނޭ

29 November 2024

އިމިގްރޭޝަންގެ ބޮޑުން ނަށް ތިބީ މުޅިން ވެސް ވަގުންތޭ ބަލާށޭ އެމެން އަގު ބޮޑު ހޮޓާ ތަކަށް އަރާ އަގައިން ޗޫސް ޗޫސް އަޑުގޮއްވަމުން ބަނޑުއަޅާއިރު ވެސް މަމެންނަށް އެއިރު ވެސް ހީވެއޭ އެއީ އެމެން ތަނަކުން ވައްކަން ކޮށްގެން ހޯދާ ފައިސާ އިން އެމެން ކުރާ ކަމެއް ކަމަށޭ އެކަން މިއަދު މިއޮތީ ފަޅާ އަރާފައޭ އިމިގްރޭޝަން އޯވަރހޯލް ކުރާށޭ އިމިގްރޭޝަން އުވާލާ ސިފައިންނާއި ތިޔާ ކަން ހަވާލު ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ އެއީ ބޮޑެތިވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454