ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް: އެފްއޭއެމުން ދިން ފައިސާ އަށް ކްލަބްތަކުގެ ވެރިން ހިޔާނާތްތެރިވި މައްސަލަ ފުލުހުން ތަހުގީގު ކުރާކަން އެންގުމުން، ކްލަބްތަކުގެ ފައިސާގެ ތަފުސީލު ހިއްސާ ކުރަން ތޮލާލް ވަނީ އެފްއޭއެމަށް އަންގައިފަ --- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
23 ޖޫން 2025 - 11:08
އެފްއޭއެމުން ކްލަބްތަކަށް ދިން ފައިސާގެ ތަފްސީލު ހިއްސާކޮށްދޭން، ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އެ އެސޯސިއޭޝަނަށް އަންގަވައިފި އެވެ.
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހްމަދު މުއިއްޒަށް އެޑްރެސްކޮށް ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން ފޮނުވި ސިޓީގައި ބުނެފައި ވަނީ އެފްއޭއެމުން ކްލަބްތަކަށް ދިން ފައިސާ އަށް ކްލަބްތަކުގެ ވެރިން ހިޔާނާތްތެރިވިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހާ ހިއްސާ ކޮށްފައިވާ ކަމަށެވެ.
"މީގެ އިތުރުން ވެސް ކްލަބްތަކަށް ދޫކުރެވުނު ފައިސާ ކްލަބްތަކުން ނުވަތަ ކްލަބްތަކުގައި ހިމެނޭ މެންބަރުން އަމިއްލައަށް ބޭނުންކޮށް އެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މައްސަލަ ވެސް ތަހުގީގު ކުރެވެމުންދާކަމަށް އެ ސާވިސްއިން [ފުލުހުން] ވަނީ މައުލޫމާތު ދެއްވާފަ އެވެ،" ތޮލާލް ސޮއި ކުރައްވައި ފޮނުވާފައިވާ ސިޓީގައި ބުނެފައިވެ އެވެ.
އެހެންވެ، 2018 އިން 2023 އަށް އެފްއޭއެމުން ކްލަބްތަކަށް ފޮނުވި ފައިސާގެ ހުރިހާ ތަފްސީލަކާއި ކްލަބްތަކުން އެ ފައިސާ ހަރަދު ކުރި ގޮތުގެ ތަފްސީލު ވެސް ހިއްސާ ކުރުމަށް ތޮލާލް ވަނީ އެދިވަޑައިގެންފަ އެވެ.
- އެފްއޭއެމުން 2018 އިން 2024 އަށް ކްލަބްތަކަށް ދޫކޮށްފައިވާ ފައިސާގެ ތަފްސީލު
- އެ ފައިސާ އެފްއޭއެމުން ޖަމާކުރި އެކައުންޓްތަކުގެ ތަފްސީލު
- ކްލަބްތަކުން އެ ފައިސާ ހަރަދު ކުރިގޮތުގެ ތަފުސީލު
ތޮލާލް އެދިވަޑައިގެންނެވީ އެ ތަފުސީލު އެފްއޭއެމަށް ލިބިފައިވާނަމަ ވީ އެންމެ އަވަހަކަށް ފޮނުވުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައްމި
24 June 2025
ތޮލާލް ތިވާހަކަ ދައްކން އެއްމެ އައުލާން ބޮޑީ
ތަލަ
23 June 2025
ކުޅިވަރާބެހޭ ޤާނޫނަށް ފަހުން ގެނައި އިސްލާހުގައި ވާގޮތުން ސްޕޯޓްސް ކޮމިޝްނަރެއް މިހާރަކު ނުހުންނާނެ