އެޗްއާރުސީއެމްގެ ރައީސާއި މެމްބަރުން އަދި އިސްވެރިން: ފަނޑިޔާރުން ވަކިކުރަން ނިންމި ގޮތާ މެދު އެ ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި --- ފޮޓޯ/އެޗްއާރުސީއެމް
24 ޖޫން 2025 - 13:18
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ދެ މެމްބަރެއްގެ ދައުރު ހަމަވާތީ މެމްބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 9 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެޗްއާރްސީއެމްގެ ގާނޫނުގައި އޮންނަ ގޮތުން އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލާ މީހަކީ އުމުރުން 25 އަހަރުވެފައިވާ ދިވެއްސަކަށް ވާންޖެހެ އެވެ. މީގެ އިތުރުން؛
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން މިދިޔަ ފަސް އަހަރު ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން
- ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
- ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.
މެމްބަރުކަމަށް ކުރިމަތިލުމުގެ ފޯމު ރައީސް އޮފީހުންގެ ވެބްސައިޓުން ޑައުންލޯޑުކުރެވޭނެ އެވެ. އެ ފޯމު ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، ހެނދުނު 8:30 އިން މެންދުރު 12:00 އަށް ހުށަހެޅޭނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އެޗްއާރްސީއެމްގައި މިހާރު ތިއްބަވާ ފަސް މެމްބަރުންނަކީ މަރިޔަމް މުނާ، މޫމިނާ ވަހީދު، އައިމިނަތު ޝިފާއަތު، ސަމާއު އަހުމަދު ނަޖީބު އަދި އިސްމާއިލް ހަބީބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މައްކުބޭ
25 June 2025
އެންމެ ފުރަތަމަ ޝަރުޠަކަށް އަންހެނެއްކަމުގައި ވުން،