ދިރާގު ގޭމާސް ގިލްޑްގެ ޕްރިމިއަމް ޕާޓްނަރެއްގެ ގޮތުގައި މިނީސޯ ހަމަޖައްސަނީ --- ފޮޓޯ/ދިރާގު
24 ޖޫން 2025 - 14:36
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) ގެ ޕްރިމިއަމް ޕާޓްނަރެއްގެ ގޮތުގައި މިނީސޯއިން ސޮއިކޮށްފި އެވެ.
އެ ޕާޓްނާޝިޕް އިއުލާނުކުރީ ރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ އިވެންޓެއްގަ އެވެ. އެ އިވެންޓުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއިލް ރަޝީދާއި ސޮނީ ސްޕޯޓްސްގެ އެމްޑީ އަހްމަދު ކަލީމާއި ދިރާގު އަދި ސޮނީ ސްޕޯޓްސްގެ ސީނިއާ އޮފިޝަލުން އަދި ގިނަ އަދަދެއްގެ ގޭމަރުން ބައިވެރިވި އެވެ.
އެ ޕާޓްނާޝިޕާއި ގުޅޭ ގޮތުން ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ އެ ޕާޓްނާޝިޕަކީ ރާއްޖޭގައި އީސްޕޯޓްސް ފުޅާކޮށް ތަރައްގީކޮށް، ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބޭ އިތުރު ބާރެއް ކަމަށެވެ.
ޑީޖީޖީއިން ރޭ ބޭއްވި ހާއްސަ އިވެންޓުގައި ލައިވް މިޔުޒިކް އިތުރުން ގޭމިން ހާއްސަ ސްޓޭޝަންތަކެއް ވެސް ހުއްޓެވެ.
ޑީޖީޖީ އިން ދަނީ ރާއްޖޭގައި އީސްޕޯޓްސް ތަރައްގީކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޑީޖީޖީގައި 7،000 އަށް ވުރެ ގިނަ ގޭމަރުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. ގޭމާސް ގިލްޑުގެ ހަރަކާތްތަކާ ގުޅޭ މައުލޫމާތު ޑީޖީޖީގެ ވެބްސައިޓުން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy