އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަންނަނީ: ފިތުރު ޒަކާތް ބަހާފައި ވަނީ ފަގީރުންގެ ގޮތުުގައި ރަޖިސްޓްރީވެފައިވާ އެންމެންނަށް އެއް ހަމައަކުން ކަމަށް މިނިސްޓްރީން ބުނޭ.
26 ޖޫން 2025 - 11:18
މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ބަހައި، ކޮންމެ ފަގީރަކަށް 5،000 ރުފިޔާ ދޫކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި އަހަރު ވެސް ޒަކާތް ބެހީ، ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށެވެ. ދަފްތަރުގައި، މިހާތަނަށް 2،852 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ.
މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ، 13.2 މިލިއަން ރުފިޔާ އެވެ.
މިއީ މިދިޔަ އަހަރަށް ވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ޒަކާތުގެ ގޮތުގައި ބެހީ ބޮލަކަށް 4،000 ރުފިޔާގެ މަގުން 12.7 މިލިއަން ރުފިޔާ ކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުގައިވެ އެވެ.
މި އަހަރަކީ ފިތުރު ޒަކާތުގެ ގޮތުގައި ވެސް މިހާތަނަށް އެންމެ ގިނައިން ފައިސާ ލިބުނު އަހަރެވެ. ޒަކާތް ބަލައިގަތުމުގެ ވަގުތު ހަމަވިިއިރު މުޅި ރާއްޖެއިން 13،264،819ރ. ލިބިފައިވެ އެވެ.
ފަގީރުންގެ ދަފްތަރުގައި ހިމެނޭ އެންމެންނަށް އެއް ހަމައަކުން، މި އަހަރު ފިތުރު ޒަކާތް ބަހަން މިނިސްޓްރީން ވަނީ މިދިޔަ މާޗް މަހު ނިންމައިފަ އެވެ. އެއީ އިޖުތިމާއީ އަދާލަތު ގާއިމްކުރަން ނިންމި ނިންމުމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތާކިހާ
27 June 2025
ދީފިއްޔާ ދެވިދާނެ ބޮލަކައް ބައި ލައްކަވެސް.
ބުރަތޭރީ
26 June 2025
ފަގީރުންގެ އަދަދަކީ 2852 ކަމަށްވެފަ، އަދި ކޮންމެމީހަކަށް 5000ރ ދިފިނަމަ އެއީ 14،260.000ރ (ސާދަ މިލިޔަން ). އެކަމަކު މިއަހަރު ލިބުނުކަމަށް ބުނަނީ 13 މިލިޔަން ރުފިޔާކަމަށް...އެހެންވީމާ ޒަކާތަށް ލިބުނު ފައިސާއަށްވެރެ ގިނައިން އެއްކޮށްބަހާ ހުސްކޮށްލީތޯ...އެހެންވީމާ ޒަކާތުގެ ފައިސާއިން އިތުރުކަމެއް ނުކުރެވޭނެނޫންތޯ..