ރާއްޖޭގެ ރިސޯޓެއްގެ ބީޗް އޭރިއާ. ރެޒިޑެންސް ބައި އިންވެސްޓްމެންޓް ޕްރޮގްރާމެއް ފަށަނީ
02 ޖުލައި 2025 - 12:51
އިނގިރޭސިވިލާތުގެ ހެންލީ އެންޑް ޕާޓްނާސްއާ އެކު ދިވެހި ސަރުކާރުން "ރެޒިޑެންސް ބައި އިންވެސްޓްމެންޓް ޕްރޮގްރާމް" އެއް ފަށައިފި އެވެ.
ދުނިޔޭގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ފާހަގަކޮށްލެވޭ، އިންވެސްޓްމެންޓް މައިގްރޭޝަން އެޑްވައިޒަރީ ކުންފުނި ހެންލީ އެންޑް ޕާޓްނާސްއާ އެކު ހެދި އެ އެއްބަސްވުމުގެ ދަށުން، 2040 ވަނަ އަހަރަށް އެ މަޝްރޫއު ނިންމާލެވި އިންވެސްޓަރުންނަށް ރާއްޖޭގައި ދިރިއުޅެވޭނެ ގޮތްތައް ފަހިވާނެ އެވެ.
އިއްޔެ ސިންގަފޫރުގައި ރަސްމީ ބައްދަލުވުންތަކުގެ ހަވާސާގައި ބޭއްވި އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖެއަކީ މިހާރު ވެސް ދަތުރުކުރާ މީހުންނަށް ލަގްޒަރީ މަންޒިލެއްގެ ގޮތުގައި މަގްބޫލު ގައުމަކަށްވާ އިރު މި ހެދި އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި އިންވެސްޓްކުރާ މީހުންނަށް ދިރިއުޅެން ލުއިގޮތްތަކެއް ހަމަޖައްސައިދެވޭނެ ކަމަށެވެ. އަދި އެފަދަ ޕްރޮގްރާމެއްގެ ތެރެއިން ރާއްޖޭގެ އިގްތިސާދު އިތުރަށް ޑައިވާސިފައި ކުރުމަށް އެހީއަކަށްވާނެ ކަމަށް ވިދާޅުވި އެވެ.
އެ ޕްރޮގްރާމުގެ ތެރެއިން ދުނިޔޭގެ އެންމެ މަގްބޫލު އިންވެސްޓަރުންނަށް ރާއްޖޭގައި ދިގު މުއްދަތަށް ދިރުއުޅުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެ ފަރާތްތަކާ އެކު ހަދާ ދިގު މުއްދަތުގެ އެއްބަސްވުމުގެ ތެރެއިން އެހެން ލުއިތައް ވެސް ދެވޭނެ އެވެ.
ހެންލީ އެންޑް ޕާޓްނާސްގެ މެނޭޖިން ޕާޓްނާ އެންޑް ހެޑް އޮފް ގަވަންމެންޓް އެޑްވައިޒާ، ފިލިފް އެމަރެންޓީ ވިދާޅުވީ، އެ ކުންފުނިން މިހާރު ވެސް މިފަދަ ފުރުސަތުތައް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ފޯރުކޮށްދޭ ކަމަށެވެ. ރާއްޖޭގައި ހިންގާ ރެޒިޑެންސް ބައި އިންވެސްޓްމެންޓް ޕްރޮގްރާމްގައި، ރާއްޖޭގައި ދިރިއުޅެން ބޭނުންވާ މީހުންނަށް އިމާރާތްކޮށްދޭނީ ބޭނުންވާ ޕްރައިވެސީ ލިބޭ "ސްޓޭޓް އޮފް ދަ އާޓް" ޕްރޮޕަޓީތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ އަމާންކަމާއި ސުލްހަވެރިކަމުގެ ސަބަބުން، މިއީ މަހުޖަނުން ދިރިއުޅެން އެންމެ ރަނގަޅު އެއް މަންޒިލް ކަމަށެވެ.
އެ ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި ދިިއުޅެން އަންނަ އިންވެސްޓަރުންނަށް ރިއަލް އެސްޓޭޓާއި ހޮސްޕިޓާލިޓީ އަދި އުމްރާނީ ތަރައްގީގެ އެހެން ދާއިރާތަކުގައި އިންވެސްޓްކުރުމަށް ފުރުސަތުތައް ލިބޭނެ އެވެ.
އެ ޕްރޮޖެކްޓްގެ ދަށުން ހެންލީ އެންޑް ޕާޓްނާސް އިން އިންވެސްޓަރުންނަށް ދޭ ހާއްސަ ވިސާއާ ގުޅޭ ފްރޭމްވޯކް އެކުލަވައިލުމުގައި ރާއްޖޭގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ އެވެ. އެ ކުންފުނިން މިހާރު ވެސް ވަނީ 15 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލ
04 July 2025
ވަރަށް ބޮޑު ތެދެއް
ރާވެރިބެ
03 July 2025
ދަރަނި ދައްކަންށާ ސިޔާސީ މީހުންނަށް ބޮޑު މުސާރަދޭން ފައިސާ ބޭނުންވާތީ މިހެންގޮސް އަދި އިންވެސްޓްކުރާ މީހުންނަށް ދިވެހި ޕާސްޕޯޓު ދޫކުރާ ހިސާބަށް ދިއުން އެކަށީގެންވޭ. މިގޮތަށް ދާއިމީ ކޮށް "ރެސިޑެންސީ" ދޭން ފެށުުމުން މިފަދަ އިންވެސްޓަރުން އެވަނީ ދިވެހި ރަށްވެހިންނަށް. ތަފާތަކީ ވޯޓު ނުލެވޭކަން. މީގެ 50 ނުވަތަ 100 އަހަރު ފަހުން ދިވެހިންވެދާނެ ރާއްޖޭގެ "މައިނޯރިޓީ" އަށް. އެގޮތަށް އޮސްޓްރޭލިއާގަ އުޅޭ އެރަށުގެ އަސްލު ނަސްލު ކަމަށްޥާ އެބޮރިޖިނިން ވެސް!
ޝަމްވީލް
03 July 2025
އިންވެސްޓް ކުރަން ބޭނުންވާ މީހުންގެ ގަޓެއް ހުރިއްޔާ ދެން ކުރޭ. ތަފާތު ފުރުސަތެއް މިފަހަރު މި ލިބިގެން ދަނީ މި ގައުމުގަ އިރާލަން
ޖިންބެ
03 July 2025
ލަގްޒަރީ ލިވިންގް ވިތް ކަލްޗަރަލް ޑެޕްތް؟ ސައިން މީ އަޕް
މާޝްް
03 July 2025
އިންވެސްޓްމަންޓް ފްރެންޑްލީ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕޮޒިޝަން ކުރުމަށްޓަކައި ސަރުކާރުން މި ކުރާ މަސައްކަތް އެންމެންވެސް ބަލައިގަންނަން އެބަ ޖެހޭއެއްނު
ޔޫހާން މުހައްމަދު
03 July 2025
ގުދުރަތީ ރީތިކަމާއި، ސަގާފީ މުއްސަނދިކަމާއި، އަދި މިހާރު، ދިގު މުއްދަތަކަށް ލިބޭނެ ގޮތްތައް އެއްކޮށްލުމުން އިންވެސްޓަރުންނަށް މިކަންތައް ވަރަށް ކަމުދާނެ. ބޯކޮށް އިންވެސްޓަރުން ލިބިގެންދާނެކަން ޔަގީން. ކާކު މިތަނަށް އިންވެސްޓް ކުރަން ބޭނުން ނުވަނީ
ސައިފް އަމީން
03 July 2025
ރިއަލް އެސްޓޭޓް އަދި ޓޫރިޒަމް ދާއިރާއިން ވަޒީފާ އުފެއްދުމުގެ އިތުރުން ސީދާ ބޭރުގެ އިންވެސްޓްމަންޓް ޝައުގުވެރި ކުރުވުމަށް ސްމާޓް ގޮތެއް. މުއިއްޒުގެ މި ޕްލޭންއަށް 100 ޕަރސެންޓް ތާއީދް
ރިއްޕެ
03 July 2025
މި ޕްރޮގްރާމްގެ ސަބަބުން ރާއްޖެ ދުނިޔޭގެ ރައްޔިތުންގެ ޕްރިމިއާ ލަގްޒަރީ މަންޒިލަކަށް ބަދަލުވެދާނެ
ސިއްބަޒް
03 July 2025
ބަރާބަރު. މިގައުމަށް އިންވެސްޓަރުން ގެންނަން ނުވަތަ ގެނެވެން އޮތް ކޮންމެ ގޮތެއް ހަދަންޖެހޭ. އެހެން ނޫނީ މިގައުމަށް އަންނާނެ އިންވެސްޓަރެއް ނުހުންނާނެ
އައިމަން ތައުފީގް
03 July 2025
އިންވެސްޓަރުން ގެންނަން ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން ޖެހޭ. މަގޭ ހިޔާލް