ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ބިދޭސީންނާ ސުވާލު ކުރަނީ -- ފޮޓޯ: އިމިގްރޭޝަން
10 ޖުލައި 2025 - 10:37
މާލޭގައި ބިދޭސީންގެ ވިޔަފާރިތަކުން "ފުނިޖެހިފައިވާ" ދިލްބަހާރު މަގުގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 31 ބިދޭސީއަކު އިއްޔެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ، މަޝްހޫރު ބިންމާ ސްޓޯރާއި ގްރިލް ހަޓް ފަދަ ތަންތަން ވެސް ހިންގާ ދިލްބަހާރު މަގުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ދިލްބަހާރު މަގުގައި ދިވެހިން ހިންގާ ވިޔަފާރިތައް ކޮންމެވެސް ވަރަކަށް ހުއްޓަސް މައިގަނޑު ހުރިހާ ފިހާރަތަކެއްގައި އިސްވެ ހަރަކާތްތެރިވަނީ ބިދޭސީންނެވެ. އެހެންވެ، އެ މަގު އާންމުންގެ މެދުގައި ވެސް މަޝްހޫރު ވެފައި ވަނީ "ބިދޭސީންގެ މަގު" ގެ ގޮތުގަ އެވެ. ދިލްބަހާރު މަގާއި އެ މަގާ އިންވެގެންވާ ހަނި ގޯޅިތަކުގައި ވެސް ބިދޭސީންގެ ބާރު ވަރަށް ގަދަ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް އިއްޔެ ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ބިދޭސީންނާ ސުވާލު ކުރަނީ -- ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މަސައްކަތުގައި، ބިދޭސީން ދިރިއުޅޭ ތަންތަން ފާސްކުރުމާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ހާއްސަ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފެށީ މި ސަރުކާރު ވެރިކަމާ ހަވާލުވިތާ ކައިރީ އެވެ.
މިދިޔަ ފެބްރުއަރީ މަހު އިމިގްރޭޝަނުން ބުނީ މިހާތަނަށް 6،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް އިއްޔެ ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ބިދޭސީންނާ ސުވާލު ކުރަނީ -- ފޮޓޯ: އިމިގްރޭޝަން
އޭގެ ތެރޭގައި މަސާޖް ޕާލާތަކުގައި މަސައްކަތްކުރާ ބިދޭސީންނާއި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުންނާއި އެކި ކަހަލަ މަސައްކަތްތަކުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހިމެނެ އެވެ.
ފުރުވާލާފައިވާ ބިދޭސީންގެ ތެރޭގައި ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅުނު ބިދޭސީންނާއި އެކިއެކި ކުށްތަކަށް އަރައިގަތް ބިދޭސީން ހިމެނެ އެވެ. އެގޮތުން ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ އާއި ހަށިވިއްކުމުގެ ވިޔަފާރީގައި ޝާމިލުވި ބިދޭސީން ވެސް ޑީޕޯޓް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބޫ
10 July 2025
ތި މަގުގަ އޮތީ މުޅިންހެން ބޭރު ނީހުންގެ ވިޔަފާރި. ދިވެހީންގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކިހާބޮޑު ގެއްލުމެއް ބޭރު މީހުނާހެދި.
ަދދދފފ
10 July 2025
ޓޫރިސްޓް ވިސާގައި އަންނަ މީހާ ގޮސް މިނިމެނީ ދިލްބަހާރު މަގަށް.
ހުންނަ
10 July 2025
މިކަމުގެ އަސްލު މައްސަލަ ނުބަލާހާ ހިނދަކު ތިކަމެއް ނުހުއްޓޭނެ. ތި 31 މީހުން ރާއްޖެ އެތެރެވެވުނީ ކިހިނެއްކަންބަލާ. ދެ ގޮތެއް. 1. ޓޫރިސްޓް ވިސާގައި 2. ވަރކް ޕަރމިޓްގައި. އަދި 3 ވަނަ ގޮތަކީ ކުރިން ގަވާއިދުން އުޅެފައި މިހާރު ފިލައިގެން އުޅުން. ދެން މި 3 ކަންތަކުގެ ތެރެއިން 1 އަދި 3 ވަނަ ކަންތަކަށް ހަރުދަނާ އުސޫލެއް ނުހެދި ތިހެން ތިކަން ކިތަންމެ ގިނައިން ކުރިޔަސް ނުހުއްޓޭނެ. ޓޫރިސްޓް ވިސާ ގައި އެތެރެވަނީ. ޓެކުހެއް ނުދައްކާ. ސަލާމް
ރަދީފްއޮފިޝަލް / ދެރަކަމެއް
10 July 2025
ދިވެހި ފުލުހުންނަށް ވަރަށް އަދަބު އިހްތިރާމާއިއެކީގަ. ގ.ހުވަފެނީ ގޯޅީގެ ހުޅަނގު ކޮޅުގަ ހުންނަ ގެއެއްގެ ކާރީގަ ދިވެހި ފިރިހެނުން ގުޅަ ގަންނަން ކިއު ހަދައިގެން ތިބޭ ގޮތަށް ނުތިބޭ އިރެއް ނުދޭ.އަހަރެން މިމީހުން މިގަންނަނީ ކޯޗެއްތޯ ބެލިއިރު ކޮންމެ މީހަކު ދޮރުގެ ދޭތެރެއިން 100ރ ދިއްކުރީމަ ލިބެނީ ކުޑަ ޕެކެޓެއް.އެއި ޔަގީނުން ވެސް ޑްރަގް ކަހަލަ އެއްޗެއް.މިކަން ވަރަށް ރަނގަޅަށް ބަަލައި ދިނުން އެދެން. ވ.ވެދުން
ރަދީފްއޮފިޝަލް / އިތުރު ތަފްސީލް
10 July 2025
ސަމީއު ބޭބެ މަސް ކައްކާ ގޯޅި (ހުވަފެނީ ގޯޅި) އަލިސާފު ފިހާރަ ކައިރި.(ނޫސްވެެރިން މިކަމުގަ ތަހްގީގީ ނޫސްވެރިކަމުގެ ރޯލެއް ކުޅެދީބަލަ ޕްލީޒް)
ރޯނު އެދުރު އަލަމާ
10 July 2025
ބޮލަކަށް 2000 ވަރުގެ އާމްދަނީ އެއް ޖީބަށް ވަންނާނެ ކަމަށް ބަލަމާބަހީ
ޒުލްފީ
10 July 2025
ބޭރުކުރާވަރަކަށް ގިނަވާބައެއްތަމީ. ހަމައެކަނި ބަންގަދޭސްމީހުންނަށް ޓާގެޓްކުރިޔަސް މިކަމެއްނުހުއްޓުވޭނެ އެމީހުންނަށް ވިޔަފާރިހިންގަން ތަންދީގެން ވިޔަފާރި ރަޖިސްޓްރަިކޮށްދީގެން ތިބޭ ދިވެހިންނަށްވެސް ފިޔަވަޅުއަޅާ. އަދި މިތާ ގަވައިދާހިލާފަށް އުޅެނީ ހަމައެކަނި ބަންގަލަދޭސް މީހުން އެކަންޏެއްޏުޏް ލަންކާ ނޭޕާލް އިންޑިއާމީހުންވެސް އެހާގިނަ.
ބަންގްލަ އައުޓް
10 July 2025
ބަންގްލަދޭޝް މީހުން މިޤައުމަށް ވަޒިފާއަށް ގެނައުން މަނާ ކުރުމަށް ސަރުކާރަށް ގޮވާލަން، އެއީ ވަރަށް މައްސަލަ ބޮޑު ބައެއް.
ޑރ ވާންޗޯ
10 July 2025
ދިލްބަހާރުމަގުން މަޖިދީމަގާ އެންމެކާރިޔަށް އެއޮންނަ ކުދީނާގޯޅި ތެރެ ބަލާލަބަލަ، 3 ބަންގާޅީކަޑަ ހުންނާނެ ބަންގާޅީން އޮންނާނެ ހާއްސަކޮން ރޭގަނޑު ތޮއްޖެހިފަ.
ވެންގަބޯ
10 July 2025
ހަމައެކަނި ގަވާއިދާ ޚިލާފަށް ރާއްޖެއާއި އުޅޭމީހުން ފޮނުވާލީމަ ނިނުނީތަ އަނެއްކޮޅުން ނޭޕާލް އަންހެން ނާއި ފިރިހެން މިހާރު މުޅިރާއްޖޭގާ މިހާރު ބަނގުލަދޭޝް މީހުނަށް ވުރެ ގިނައީ ނޭޕާލް ދެޖިސްގެ މީހުން ދިވެހިން ކަންނެތްކުރުވަނީ އެގައުމެއްގެ ސަރުކާރުން ސިނާއީ މަސައްކަތްތަކަށް އެކަނި ގެނެވޭ އުސޫލެއް ހަދާ. ގޭގެގަ ކެފޭ ފިހާރަ ރެސްޓޯރަންޓް ކަޑަމީގެ އެއްވެސް ތާކަށް ބޭރުމީހުން ނުގެނެވޭ އުސޫލެއް ހަދާ އޭރުން މަޖުބޫރު ވާނޭ ދިވެހިންނަށް ރަނގަޅު މުސާރަދީތިބޭނެ
އާދިލް
10 July 2025
ކަރަންކާ މަގު މިހާރު އެންމެ ހެޕަނިން މަގަކީ. ދިލްބަހާރު މަގު ނުވާނެ އެކައްޗަކަށްވެސް. ހީނާމާގޭ ޕާކިން ޒޯނު އަދި ވަރަށް ރަނގަޅު ޗެކް ކޮށްލަން.