މިއަހަރުގެ ގައުމީ ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، ސިފައިންގެ ކްލަބް ވަނީ ތަށި މިލްކު ކޮށްފަ.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
14 ޖުލައި 2025 - 21:50
ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި ކްލަބް އެޗްޑީސީ ސީދާ ތިން ސެޓުން ބަލިކޮށް ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ތަށި އުފުލާލައިފަ އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މިރޭ ކުޅުނު ފައިނަލްގައި ސިފައިން ސެޓްތައް ގެންދިޔައީ 25-21، 25-14 އަދި 26-24 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ގައުމީ މުބާރާތަށް ސިފައިންގެ ކްލަބާ ގުޅުނު އިންޑިއާ ކުޅުންތެރިޔާ ޗިރާގް އެވެ.
ސިފައިން ގައުމީ މުބާރާތުގެ ތަށި މިލްކު ކޮށްފައި މިވަނީ ތިން ފަހަރު ވެސް ފައިނަލްގައި އެޗްޑީސީ ބަލިކޮށްފަ އެވެ. އެޗްޑީސީ 2023 ވަނަ އަހަރުގެ މުބާރާތުގައި ވާދަކުރީ ކްލަބް އާބަންކޯގެ ނަމުގަ އެވެ.
ސިފައިން މިވަނީ ޖެހިޖެހިގެން ތިން ގައުމީ ފައިނަލްގައި އެޗްޑީސީ ބަލިކޮށްފަ.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
މިއީ ސިފައިން ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލްގައި ޖެހިޖެހިގެން ވާދަކުރި 10 ވަނަ ފަހަރެވެ. މި 10 ފައިނަލްގެ ތެރެއިން އެ ޓީމު ވަނީ ފަސް ފައިނަލް ކާމިޔާބު ކޮށްފަ އެވެ. އެޗްޑީސީ ބަލިކޮށްގެން ތަށި މިލްކު ކުރުމުގެ ކުރިން 2020 ވަނަ އަހަރުގެ ފައިނަލްގައި ޕޮލިސް ކްލަބް ބަލި ކުރި އިރު، 2017 ވަނަ އަހަރު ޗެމްޕިއަންކަން ހޯދީ މޯލްޑިވިއަން ބަލިކޮށްގެންނެވެ.
ގައުމީ މުބާރާތުގެ އިތުރުން ސިފައިން ވަނީ މި އަހަރުގެ ވީއޭއެމް އެސޯސިއޭޝަން ކަޕާއި ގައުމީ ލީގުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. ގައުމީ ލީގުގައި އެޗްޑީސީއާ ވާދަކުރި މެޗުން ބަލިވި ނަމަވެސް، އޭގެ ކުރިން އެސޯސިއޭޝަން ކަޕް ކާމިޔާބު ކޮށްފައި ވަނީ ފައިނަލްގައި އެޗްޑީސީ ބަލިކޮށްގެންނެވެ.
ގައުމީ މުބާރާތުގެ މޮޅު ކުޅުންތެރިންނާއި ކޯޗު.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ގައުމީ މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ ސިފައިންގެ ކްލަބްގެ ހުސެއިން ރަޒާން އާއި ހުސެއިން ޝާހިދު އަދި އެޗްޑީސީގެ އިސްމާއިލް ސާޖިދެވެ. އެންމެ މޮޅު ކޯޗަކީ ސިފައިންގެ ކްލަބްގެ ކޯޗު ޖުނެއިދު އަބްދުﷲ އެވެ.
އެންމެ މޮޅު ބިދޭސީ ކުޅުންތެރިންނަށް ހޮވުނީ ސިފައިންގެ ކްލަބްގެ ޗިރާގް އާއި ލުއިޒްގެ އިތުރުން އެޗްޑީސީގެ ޖިރާލްޑޯ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަމީދު 23
16 July 2025
މަރުހަބާ، ކިހިނެއް ހުއްޓުވާނީ ތިމީހުންގެ މުޅިދިރިަުލުން ބިނާވެފައިވަނީ ކުޅިވަރަށްމ ބަލިވީމާ ބޭސް ، މައްމަ ބައްޕޮައަށް މިޑެކިލކަން އިންޝޫރެންސް، ކާނާ ފްރީ، ދެން ކުޅިވަރު ކުޅެން ތިބީމަ ނިމުނީނު، ކިހިނެއ އެހެން މީހުން ތިމަގުން ހިުގާނީ،ކުލަބްތަކަށް ކުޅެކުދިން ވައްދައުގެން އުޅެނ|ީ ގިނަވާނީ ރޭގަނޑު ހެލާހުންނަށް ކޮންމެވެސް ނުކިއްސަރު ފާޑަކަށް އުޅޭކުއްޖެއް. ދެން ރިޓަރައ ކުރީމަ 75،000 ރުފިޔާ ޝަރަފާއި ، ކާރާއި ބޭސްފަރުވާ އިންޝޫރެންސާއެކު. މިއުޅޭ ނިކަމެތިނ
ސާބަސަފުޅު
15 July 2025
ކައިގެން ކުޅެންތިބޭ ބައެއް އަހަރެމެންގެ ޓެކުސް ފައިސާއިން ބޮޑުމުސާރައާއި އެލަވަންސްތަށް ނަގައިގެން، މިވަރުންވެސް ބޭރުމީހުން ގެނެސްގެން ކުޅެވެނީ!
އައްޓަމަސް
15 July 2025
ޓެކުސް ފައިސާ ކަލޭވެސް ކަނީ
ކޮރަލް
15 July 2025
ސިފައިން ބައްޔެއް ނުކުރެވޭނެ އެވެ. އޯޕަން ބަޖެޓް އެއް އޮންނާނެ އެވެ. ބޭނުން ވަރަކަށް ހަރަދު ކުރަން ވީ އެވެ. އެހެން މީހުންނަށް އެފުރުސަތެއް ނޯންނާނެ އެވެ.
މައުރޫފު މުކައްބަ
15 July 2025
ކުންފުނި މިލިއަނުން ގެއްލުން. ރައްޔިތުންނަށް ޙިދުމަތެއް ދެވެނީކީ ނޫން. އެކަމަކު އެތެރެއިންނާ ބޭރުން މިލިއަނުން މީހުން ގަނެގެން ކުޅިވަރުގަ. ނޫނޭވާ ރަނގަޅު ކަލޭމެން.
ސަންބެސްޓް
14 July 2025
ސާބަހޭ! ކުޅިވަރު ކުޅެފަ ބަހައްޓާ.