މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ: މި ޖުލައި 26 ގައި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭތީ ގިނަ ހަރަކާތްތަކެއް ބާއްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައި.
16 ޖުލައި 2025 - 21:04
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ އަށް ކުރީގެ ހުރިހާ ރައީސުންނަށާއި ކުރީގެ ހުރިހާ ނައިބު ރައީސުންނަށް ވެސް ދައުވަތު އަރުވަން ސަރުކާރުން ނިންމާފައިވާ ކަމަށް ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ ޖުލައި 27 ވަނަ ދުވަހުގެ ހެނދުނު 8:30 ގައި ސޯޝަލް ސެންޓަރުގައި ބާއްވާ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އަށް ކުރީގެ ހުރިހާ ރައީސުންނާއި ނައިބު ރައީސުންނަށް ދައުވަތު އަރުވަނީ ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމުގައި ހުރިހާ ރައްޔިތުންގެ ހިދުމަތް މި ސަރުކާރުން ބަލައިގަންނަން ބޭނުންވާތީ ކަމަށެވެ.
"މިނިވަންކަމުގައި އެ ހުރިހާ ބޭފުޅުންގެ އަގު ސަރުކާރުން ވަޒަން ކުރައްވާތީ ދައުވަތު އަރުވަނީ،" އާދަމް ނަސީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މިނިވަން ދުވަހަކީ މުޅި ގައުމުގެ ދުވަހެއް ކަމަށާއި މި ސަރުކާރުގެ ސިޔާސަތަކީ ގައުމީ ހިދުމަތުގެ އަގުވަޒަން ކުރުން ކަމަށެވެ. ހާއްސަކޮށް ގައުމުގެ ހިދުމަތްތެރިންގެ އަގުވަޒަން ކުރާނެ ކަމަށް އާދަމް ނަސީރު ވިދާޅުވި އެވެ.
"ވީމާ މި ގައުމަށް ހިދުމަތް ކުރައްވާފައިވާ ކުރީގެ ރައީސުންނާއި ކުރީގެ ނައިބު ރައީސުންނަށް ހައްގު އިހުތިރާމާއި ޝަރަފު އަރުވައި ގަދަރު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި ގައުމަށް ގެންނަވަން ބޭނުންފުޅުވާ އަހުލާގީ ބަދަލުގެ އެއް ނަމޫނާ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ވެސް ކުލަގަދަކޮށް ފާހަގަކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ޖަލްސާ ބާއްވާ ސޯޝަލް ސެންޓަރުގެ ހޯލުގެ ޖާގައަކީ 1،500 ކަމަށް ވާއިރު އެ އަދަދަށް ދައުވަތު ދޭނެ ކަމަށް ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަހާ ގުޅުވައިގެން މި ޖުލައި 26 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ހަފުލާ އަށް ވެސް ކުރީގެ ހުރިހާ ރައީސުންނަށް ދައުވަތު އަރުވަން އެމްއޭސީއެލް އިން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިނިވަން ނަސީރު
19 July 2025
މައުމޫނުގެ ވެރިކަމުގައި ނާސިރަށް ގޮވުނު ހަޑިހުތުރު މަންޒަރުތަކާ ކާޓޫނުތައް އެހުރީއެވެ. އެއީ ފެށުމެވެ. ދެން ކޮންމެ ވެރިކަމެއްގައިވެސް އެފަތިވަރު ހުތުރުކޮށް ވެރިންނަށް ދަނީ ގޮވެމުންނެވެ. ނަޝީދު މައުމޫނު ޖަލަށްނުލައި ވެރިންނަށް އިނާޔަތާއި އޮފީސް ތައާރަފު ކުރެއްވިއެވެ. ޔާމިނު މައުމޫނާއި ހުރިހާ ވެރިން ޖަލަށްލިއެވެ. ސޯލިހުވެސް ކުރިއްވީ މަޑުމައިތިރި ވެރިކަމެކެވެ. ޔާމީނު ޖަލަށް ގެންދެވުނީ ނަހަލާލު ފައިސާ އަމިއްލަ އަކައުންޓަށް ވަން މައްސަލައެއްގެ ހުކުމްގަ
×ޒފަވޒތ ގ ސ ނޖނ
17 July 2025
އެ ޖަލްސާ ބާއްވާ ސޯޝަލް ސެންޓަރުގެ ހޯލުގެ ޖާގައަކީ 1،500 ކަމަށް ވާއިރު އެ އަދަދަށް ދައުވަތު ދޭނެ ކަމަށް ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓްރީން ބުންޏެވެ. ނޫސްވެރިންގެ މައުލޫމާތަށްޓަކައި ދަންނަވާލަން ަ ކިޔާ ސަރަހައްދުގައި 500 ގޮޑިވެސް ނުޖެހޭނެ!
ލުހާޒް
17 July 2025
ރާއްޖޭގެ އިތުރު ވެރިޔަކަށް ކުރަން ނުކެރުނު ކަމެއް މިއީ. މީ ކިހާ މުހިއްމު ކަމެއް. އަމިއްލަ އެދުން އިސްނުކޮށް ގައުމީ ވިސްނުން މި އިސްކުރީ
ތޫބާ ނާޒިމް
17 July 2025
ސިޔާސީ ވިސްނުން ބަހައްޓާފައި ގައުމީ ވިސްނުން އަދުގެ ރައީސް އިސްކުރިތަން މި ފެންނަނީ.
ބުރަތޭރީ
17 July 2025
އާފަލެއްގެ އަގު 10ރ އަށްއަރާ، ކުދި ވިޔަފާރިތަށް އިނދަޖައްސުވާ، ސަރުކާރުންދޭންޖެހޭ ފައިސާނުލިބި އެތަށް ރައްޔިތުންގެ މުސާރަނުލިބި ވާހިނދު، މިލިޔަނުން ޚަރަދުކޮށް ހަވާއެރުވިޔަސް، އެއްވެސް އުފާވެރި ކަމެއް، މިނިވަންކަމެއް ރައްޔިތުން އިހްސާސްކުރާނީ ކިހިނެއްތޯ..ހަމަ ގައިމުވެސް ކުރީގެ ރައީސުންތެރޭން، ނާސިރާއި، އަމީން ވަޑައެއްނުގަންނަވާނެ.
ސައުދާން
17 July 2025
ސިޔާސީ ހިޔާލު ތަފާތުވުނމާއެކު ކުރީގެ ވެރިން އަސްލު ވަރަށް ބާކީ ކޮއްލާފަ ހުންނަނީ. ރައީސް މުއިއްޒު އެކުވެރިކަމާއެކުޔ ގައުމީ ކަންކަން ކުރައްވަން ބޭނުންވާކަން މީގެން އިނގެނީ
ހުސެން ސަރީހު
17 July 2025
އަސްލު މި ސަރުކާރުން ސިޔާސީ ޒާތީކަން އެއްފަރާތްކޮށް ނަމޫނާ މި ދައްކަނީ
ޑިސްއޮނަރަބްލް
17 July 2025
(ނަމުން)އޮނަރަބްލް އަފީފު ދީދީގެ އުނދަގޫ ތަންކޮޅެއް ބޮޑުވެއްޖެހެން މަށަށް ހީވޭ. ދެން ހަމަ ކޮންމެ ޚަބަރަކަށް ބޮޑެތި މަޒުމޫނު ލިޔެފަ އެބަ ކޮމެންޓް ކުރެޔޭ! ހަހަހަ. ދިރިއުޅުމުގަ ހަމަ އެހެން އެއްވެސް ކަމެއް ނެތް މީހެއް ދޯ. ހުސް އަނގަ ހަމަ. އަމަލުން މަސައްކަތެއް ކުރަންވީނު ކޮމެންޓު ނުކޮށް
ސަނީޒާ ގާދިރު.
17 July 2025
ހަގީގަތް ހާމަ ކުރާ ކޮންމެ މީހަކު ދެކެ ތިކަހަލަ މީހުން ރުޅި އަންނާނެ. ދީދީ އެ ދައްކާ ވާހަކައިގައި ދޮގު ހިމެނޭ ނަމަ އެކަން ފާހަގަ ކުރީމާ ނިމުނީ.
އަހުމަދޭ
17 July 2025
ވެރިކަން ކޮށްފައިހުރި ކޮންމެ ކޮންމެ މީހަކަށް ދައުވަތު ދޭކަށް ނުޖެހޭ! ޖަރުމަނުގައި ހިޓުލަރުވެސް ވެރިކަން ކުރި! ދެން އެހެނޭ ކިޔާފަ އެތާ ރައްޔިތުން އޭނާއަށް ސަނާކިޔާންވީތަ؟! އިބޫ އަދީބުއަށް މާފު ދިނީމާ، ދެން މުއިއްޒުއަށްވެސް އޭނާ ހުދު ކާފޫރަށްވީތަ؟؟ އެހުރިހާ ޚިޔާނަތް އެއީ ނުވާ ކަމަކަށް ވީތާ! އެދުވަހު އެކަމާވެސް ދެކޮޅު، މިއަދު މިކަމާވެސް ދެކޮޅު. އާދަނާ ބުނަންތަ، ދައުވަތު ލިސްޓެއް ހަދަން ނޭގެންޏާ އިސްތިއުފާ ދީފާ ގެއަށްދޭ. ގައުމިއްޔަތޭ ފަޅޮލޭ ނުކިޔާ
އަހުމަދޭ
17 July 2025
ތިޔަ ތަނުގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ހުރުމަކީ ދިވެހި ރައްޔިތުންނާއި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް ކުރެވޭ މަލާމާތެއް. މުޅި ދިވެހި ތާރީޚުގައިވެސް ދިވެހިން ނުދެކޭވަރުގެ ބޮޑެތި ވައްކަން ދިވެހި ރައްޔިތުންގެ ފައިސާއިންކޮށް، އެކަން ދިވެހިރާއްޖޭގެ ކޯޓުތަކުން ސާބިތުކޮށް ޙުކުމްކޮށްފައި ހުރި ގައިދީއެއް ތިތަނުގައި ހުންނަންޖެހޭ އެއްވެސް ހައިސިއްޔަތެއް ނެތް!