ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު މިިދިޔަ ހޮނިހިރު ދުވަހު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ
29 ޑިސެމްބަރ 2025 - 10:31
ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް ބޮޑު ދިރާސާއެއް ހަދައި ދިވެހި ބަހާ ސަގާފަތާ ބެހޭ މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ ހެލްތު މިނިސްޓްރީގެ ހުއްދަ ނުހޯދައި ކަން "މިހާރު"އަށް އެނގިއްޖެ އެވެ.
ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ ޅެމުން ފަރުވާ ދިނުމާ ގުޅޭ ދިރާސާ ހެއްދެވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވަހީދު (އޮގަރު ވަހީދު) ކަމަށެވެ. މި ނޫން ވެސް ދިރާސާތައް އެކަމާ ގުޅިގެން ކުރަމުން އަންނަ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި މިނިސްޓްރީއަށް މިހާތަނަށް ހުށަހަޅާފައިވާ ދިރާސާ ހަދާފައި އޮތީ އެފަދަ ކަންކަމުގައި އަމަލުކުރަން އޮންނަ ހެލްތު މިނިސްޓްރީގެ ގައިޑްލައިނާ ހިލާފަށެވެ.
ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން 2019 ވަނަ އަހަރު އެކުލަވާލަފައިވާ "ސިއްހީ ދިރާސާކުރުމާ ބެހޭ ގަވާއިދު" ބުނާގޮތުން، ރާއްޖޭގައި ސިއްހަތާއި ސިއްހަތާ ގުޅުން ހުރި އިލްމީ ދިރާސާއެއް ހަދަން ޖެހޭނީ އެ ގަވައިދުގެ ދަށުން އުފައްދާފައިވާ ހެލްތު ރިސާޗު ކައުންސިލްގެ ހުއްދަ ހޯދައިގެންނެވެ.
އެ ހުއްދަ ނަގަން ޖެހޭނީ ވެސް އެކަމަށް ކަނޑައަޅާފައިވާ ފޯމުންނެވެ.
ނަމަވެސް، "މިހާރު"އަށް އެނގިފައިވާ ގޮތުގައި އެކި މައްސަލަތަކުގައި ނަފުސާނީ އަނިޔާ ލިބޭ މީހުންނަށް ދިވެހި އަދަބިއްޔާތުގެ އެހީގައި ފަރުވާދޭން ނުވަތަ ޅެމުގެ ޒަރީއާ އިން ފަރުވާ ދިނުމުގެ ދިރާސާ ހަދާފައިވަނީ އެ ހުއްދަ ނުނަގަ އެވެ.
މިކަމުގައި ހެލްތު މިނިސްޓްރީން ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
ޅެންވެރިކަން ބޭނުންކޮށްގެން ނަފުސާނީ ބަލިތަކަށް ފަރުވާ ދިނުމަށް "ބޮޑު ދިރާސާއެއް" ހަދައިފި! https://t.co/SHg99oUN1W
— Mihaaru (@Mihaarunews) December 28, 2025
މިނިސްޓަރު އެހެން ވިދާޅުވިއަސް، އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ. އަދި އެ މިނިސްޓްރީން ވެސް އޭގެ މައުލޫމާތެއް ނުލިބުނެވެ.
ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފުސާނީ ބަލިތަކަށް ހާއްސަ ފަރުވާ ދެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ދިރާސާއެއް ކުރުމުގެ މަސައްކަތް ފެށިކަން މިނިސްޓަރު އާދަމް ނަސީރު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ގދ. ތިނަދޫގައި ބޭއްވި ރަސްމީ ޖަލްސާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރުންކުރު
30 December 2025
ދިން މި ފަރުވާޔާ ޝިފާވީ ޅެމުގައޭ!!! ދިން ވަފާތެރިކަން...
ފޭކުޕީއެޗުޑީ
30 December 2025
ތިކަމާބެހޭ ސެންޓަރު ކުޑަރިކިލިގަ ނާޅާގެން ނޫނީ ކަމަދޫގަ ނާޅާގެންތަ ތިއުޅެނީ؟
ގެދޮރޭ
30 December 2025
ކަލޯ ނަސީރޫ! ދަރިންނަށް ޚަރަދުނުދޭ ބަފައިންނަށް ޅެމުން ފަރުވާއެއް ހޯދޭނެ ގޮތެއްވޭތޯ ބަލައިދީބަލާށޭ އަޅެ.
ހަމަދު ސަލީމް
30 December 2025
އަދަމް ނަސީރު އެބުނާ އެޅެމުން ފަރުވާދެނީ އޭނަތަ؟
ކަމަދޫ
30 December 2025
ޑޯކުޓަރުގެލިޔުމެއް
ހުއްދައޭ.
30 December 2025
ޢިލްމީ ގޮތުން ދިރާސާއެއް ހަދާކަށް އެއްވެސް އޮފީހަކުން ހުއްދައެއް ހޯދާކަށް ނުޖެހޭނެ. އެއީ ޢިލްމީ މަސައްކަތެއް. ކުދިން ހަދާ އެސައިންމަންޓްތަކާއި، ލިޔާ މަޒުމޫނުތައް ލިޔުމުގެ ކުރިންވެސް ހުއްދަ ހޯދަން ޖެހޭކަމެއް ނުދެނެހުރިން. ދެން އެހެން ނޫނަސް ޅެންފަރުވާއަކީ މެޑިކަލް ކަމެއްނޫން. އެއްވެސް ބޭހެއް ބޭނުންކުރާ ކަމެއްނޫން. އެންމެނަށްވެސް އެނގޭނެ ރީތި ލަވަޔެއް އަޑުއަހާލީމަ ހިތަށް ހަށިގަނޑަށް އަސަރުކުރާ މިންވަރު. އުފާވެރިކަން، ހިތްދަތިކަން އަސަރު.
އުވާލާ
30 December 2025
ނަފުސާނީ ބަލި މީހުންނާ ގުޅޭ އެއްވެސް ތިބާވަތުގެ ކަމެއް އެދާއިރާގެ ހާއްސަ ޑޮކްޓަރަކު ނޫނި ކޮއްގެން ނުވާނެ!! އޮގަރު ވަހީދަކީ އެމީހާއެއް ނޫން. އާދަމް ނަސީރު މިދެން ވާނުވާވެގެން ހިޖުރަ އޮޅިގެން އުޅޭ މާ ގަދަ މީހެއްް. ފުރަތަމަ އަމިއްލަ މިނިސްޓުރީ ހަމައަކަށް އަޅުވަބަލަ. އިގިއްޔަކަށް ސިޔާސީ މީހަކަށް ޖޮބު ދީފަ ދައުލަތުގެ ބަޖެޓު ... ނޫން ކކަމަކަށްވާ އިތުރު އެއްކަމެއް ވެސް ކުރާ ތަނެއް ނޫން. ސަރުކާރުގައި ހުރި އެންމެ ބޭކާރު ޕާފޮމެންސް ދަށް އިދާރާ! !!
ޚހހގ
30 December 2025
ޅެން ކުރަންވީ ދެން އެކްސްޕޯޓް ހީވެޔޭހެން ގޮތްމިވާ ކެންނުވާވަރު ކަންފަތަށް ފަރުވާއެ ކިޔަމުން ކޮސްގޮވާ
5543
29 December 2025
ހިޔާ ފްލެޓެއްގަ ހިތާނު ކޮއްގެން މިއުޅެނީ. އެކަމަކު ރޭގަނޑު ފަރުވާ ކުރެވޭވަރެއް ނޫން އެހެން ފްލެޓްތަކުން ޝަކުވާ ކުރާތީ. މިވަރުން ކިހިނެތް ޅެމުން ފަރުވާކުރާނީ
ނޮމްނީ
29 December 2025
މިދިރާސާގަ ބޭނުންކުރީ ކޮންކޮން ޅެންތަކެއްތޯ އާއި އިންސާނުންނަށް އެއްވެސް ވަރަކަށް މިފަރުވާ ޓެސްޓުކުރިތޯ ވެސް އެނގުން މުހިންމު.
ނަސީރު އާދަމް
30 December 2025
މައިތިރިވެބަލަ، އެއީ އެހެންކުރިކަމެއް ނޫނޭ. މިނިސްޓަރުކަން ހޯދަން ހެދި ދޮގެކޭ.