"ސުޕަގާލް"ގެ ފުރަތަމަ ޕޯސްޓަރު.
17 ޖުލައި 2025 - 10:54
"ސުޕަމޭން"ގެ ކާމިޔާބީއާއެކު ހޮލީވުޑްގެ ޑައިރެކްޓަރު ޖޭމްސް ގަން ގެނެސްދޭ "ސުޕަގާލް"ގެ ފުރަތަމަ ޕޯސްޓަރު އިއްުޔެ އާންމުކޮށްފި އެވެ.
ޑީސީގެ ސުޕަހީރޯ "ސުޕަގާލް"އަށް ބިނާކޮށްގެން ގެނެސްދޭ "ސުޕަގާލް: ވުމަން އޮފް ޓުމޯރޯ"ގައި ސުޕަގާލްގެ ރޯލު ކުޅެނީ އެބްޗީއޯގެ ކާމިޔާބު ސީރީޒް "ހައުސް އޮފް ދަ ޑްރެގަން" އިން ގިނަ ބަޔަކަށް އެނގޭނެ އިނގިރޭސި އެކްޓްރެސް މިލީ އެލްކޮކް އެވެ.
ޖޭމްސް އިއްޔެ އާންމުކުރި ޕޯސްޓަރުގައި ވެސް ފެންނަނީ މިލީ، ސުޕަގާލްގެ ކޮސްޓިއުމްގައި ހުއްޓަ އެވެ.
"ސުޕަގާލް: ވުމަން އޮފް ޓުމޯރޯ" ގެނެސްދެނީ އަންނަ އަހަރު ޖޫން 26 ގަ އެވެ.
އެ ފިލްމު ޑައިރެކްޓުކުރަނީ ޑިޒްނީގެ ކާމިޔާބު ފިލްމު "ކްރުއެލާ" ގެނެސްދިން ކްރެގް ޖިލެސްޕައި އެވެ.
ޑީސީ ޔުނިވާސްގެ ސުޕަހީރޯ "ސުޕަމޭން"ގެ އާ ފިލްމަށް ބޮކްސް އޮފީހުގައި އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
އެންމެފަހުގެ ރިޕޯޓްތައް ދައްކާ ގޮތުގައި 225 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ސުޕަމޭން"އަށް އިއްޔެގެ ނިޔަލަށް ވަނީ 232 މިލިއަން ޑޮލަރު ދުނިޔޭގެ ބޮކްސް އޮފީހުގައި ލިބިފަ އެވެ. އެ ފިލްމު ޕްރިމިއާކުރީ މިދިޔަ ހުކުރު ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުޕަރު
19 July 2025
މަ ބުނީ ހެދުން އަދި ރަނގަޅެއް ނޫނެއްނޫންހޭ. ބޭރުން ލާންޖެހޭނެއްނު އެތެރޭންލާ އެއްޗިހި ތިޔަ ހެދުން މަތިން
ސިކުރިސްތާން
19 July 2025
ސުޕަރމޭން ހުންނަނީ ނުލާހިކު ރީތިވެލައިގެން. ގަރލް އާ ހަމަޔަށް އެޅުމުން ދައްކަން މިއުޅެނީ ޖަންކީ ދިރިއުޅުން. ހޮލީވުޑުގެ ބޭނުމަކީ އަންހެނުންގެ އަގު ވައްޓައިލުންތަ؟