އެކަމަކު، ގާނޫނުގެ ދަށުން މިހާތަނަށް ޓީއެމްއޭ އިން ޑޮލަރު މާރުކުރަން ފަށައިފައެއް ވެސް ނުވޭ.
ޓީއެމްއޭ މަތިންދާ ބޯޓެއް -- ފޮޓޯ: މިހާރު
19 ޖުލައި 2025 - 15:19
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރައިގެ 20 ޕަސެންޓު ރުފިޔާ އިން ދޭން ނިންމުމާ ގުޅިގެން އެ ކުންފުނީގެ ޕައިލެޓުން މި މަހުގެ 26 އިން ފެށިގެން ދަތުރުކުރުން ހުއްޓާލަން ނިންމައިފި އެވެ.
"މިހާރު" އާ ވާހަކަ ދެއްކި ޕައިލެޓަކު ބުނީ، މި މަހުގެ 26 އިން ފެށިގެން ދަތުރުތައް ކުރުން ހުއްޓާލާނެ ކަން މެނޭޖުމެންޓަށް ވެސް އަންގާފައިވާ ކަަމަށެވެ.
ޓީއެމްއޭގެ ޕައިލެޓުން ބޭނުންވަނީ، ކުރިއެކޭ ވެސް އެއްގޮތަށް ހުރިހާ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށެވެ. އެކަން ހައްލު ނުވަނީސް، ދެން ދަތުރުތައް ކުރަން ނުފަށާނެ ކަމަށް މެނޭޖުމަންޓަށް މިހާރު އަންގާފައިވާ ކަމަށް އެނގިފައި ވެ އެވެ.
މިދިޔަ މަހު ޓީއެމްއޭ އިން އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އަންގާފައިވަނީ މި ޖުލައި އަދި އޮގަސްޓް މަހުން ފެށިގެން ކޮންމެ މުވައްޒަފަކަށް ވެސް ލިބޭ މުސާރައިގެ 20 ޕަސެންޓު ދެން ދޭނީ ދިވެހި ފައިސާ އިން ކަމަށެވެ. އެކަމަކު، ބާކީ 80 ޕަސެންޓަށް ވާ މުސާރަ އަދިވެސް މުވައްޒަފުންނަށް ދޭނީ ޑޮލަރުން ކަމަށް ޓީއެމްއޭގެ އެ އެންގުމުގައި ވެ އެވެ.
އެކަމަށް ހައްލެއް ހޯދުމަށް ޓީއެމްއޭގެ ޕައިލެޓުން ވަނީ ސަރުކާރާ ބައްދަލުކުރުމަށް ވެސް އެދިފަ އެވެ. ނަަމަވެސް އެކަމުގައި އިސްކޮށް އުޅޭ މީހުންނާ ބައްދަލުކުރުމަށް ދެކޮޅު ހަދާފައިވާ ކަމަށް ވެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭގައި 200 އަށް ވުރެ ގިނަ ޕައިލެޓުން މަސައްކަތް ކުރެ އެވެ. އެ ކުންފުނީގެ ދަށުން މަސައްކަތް ކުރާ ކެޕްޓަނުންގެ ތެރެއިން އެންމެ ޖޫނިއާ މުވައްޒަފުންނަށް ވެސް ގާތްގަނޑަކަށް 6،000 ޑޮލަރުގެ އާމްދަނީއެއް ލިބޭ އިރު އެންމެ ސީނިއާ ކެޕްޓަނުންނަށް ގާތްގަނޑަކަށް 12،000 ޑޮލަރު މަހަކު ލިބެ އެވެ.
ޓޫރިޒަމުން އާމްދަނީ ލިބޭ ކުންފުނިތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމުކޮށް ހަދާފައިވާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ކުރަން ޖެހޭތީ އެކަން ފޫބެއްދުމަށް، އެ ކުންފުނިން ވަނީ އެމްއޭސީއެލް އަށް ދައްކަން ޖެހޭ ބައެއް ފީތަކާއި ޖެޓްފިއުލްގެ ހަރަދުގެ ބައެއް ރުފިޔާ އިން ދައްކަން ހުށަހަޅައިފަ އެވެ. އެކަމަކު އެކަމަށް އެމްއޭސީއެލް އިން މިހާތަނަށް އެއްބަސް ނުވުމުން، މާރުކުރާ ފައިސާ ބޭނުން ކުރަން ނިންމީ މުވައްޒަފުންނަށް ދޭ މުސާރައިގެ ގޮތުގަ އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ކުންފުނިތަކުން ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމުލަ އާމްދަނީގެ 20 ޕަސެންޓަށް ވާ ޑޮލަރު މާރު ކުރުމެވެ. "ކެޓެގަރީ ބީ" ގައި ހިމެނޭ ކުންފުނިތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓު ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާރކެޓޭ
21 July 2025
ޑޮލަރުން މުސާރަ ކިބޭ އެންމެން ވިޔަފާރިކޮށް ފައިސާ ދައްކަންވާނީ ޑޮލަރުން... މިމީހުންނަކީ ވަގު މާކެޓްގައި ޑޮލަރު މާރުކުރާމީހުންތޯ ބަލަންވެސް ޖެހޭނެ. ޑޮލަރުގެ ވަގު މާކެޓް ބަލަހައްޓަނީ މިގޮތަށް ޑޮލަރު އަތައްލިބޭ ފަރާތްތައް މެދުވެރިކޮށް
އަހުމަދުބޭ
20 July 2025
މިހުރިހައި ބޮލުގަ ރިހުމަކީ ދިވެހި ފައިސާ ދޫކޮއް ބޭރުގެ ފައިސާއިން ވިޔަފާރި ކުރާކުރުން ރާއްޖޭގައި ދިވެހި ފައިސާނޫން އެހެން ފައިސާއަކުން ވިޔަފާރި ނުކުރެވޭގޮތް ހަދާބަލަ ބޭނުންވާ ޑޮލަރ ބޭންކުން ދީބަލަ
ވަރަށް ސަލާމް
20 July 2025
ޕައިލެޓްކަން ކިޔެވީމަ މާ ޚާއްސަ ދަރަޖަ އެއް ލިބެނީތޯ؟މިޤައުމުގަ އެބަތިބި އެކި ދާއިރާ ތަކުން ކިޔަވައިގެން ތިބި ޕީއެޗްޑީ ހޯލްޑަރުންނާއި، މާސްޓާރޒް އިން. އަދި މޮޅެތި މެޑިކަލް ޑޮކްޓަރުން. އަދި ދުނިޔޭގެ ފާހަގަ ކޮށްލެވޭ ޔުނިވާސިޓީ ތަކުން ކިޔަވައިގެން ވަނަތަށް ހޯދާފަ ތިބި ކުދިން.( ބޭފުޅުން).ތިހާ ފެންވަރު މަތިވެގެން ނޫޅޭ. ހިތް މޮޅުވެގެން ނޫޅޭ. އެމީހުން ވެސް މުސާރަ ނަގަނީ، ދިވެހިރުފިޔާ އިން. ދިވެހިޤައުމުގެ ފައިސާ އަކީ ރުފިޔާ. މުސާރަ ދޭންޖެހޭނީ އޭގެއިން.
އޮނަރަބްލް އަފީފު ދީދީ
20 July 2025
ޤައުމުގެ މުޅިސިނާއަތު އޭގެމައްޗަށް ބަރޯސާވެފައިއޮތް ޓްއަރިޒަމްގެ ވިޔަފާރިކުރުމަށް އުފެއްދި "ދައުލަތާއި ރައްޔަތް ޙިއްސާވާ ކުންފުނި" ބަޤުރޫޓް ކޮށްލައިފި. ސްރީލަންކަން އެއަރލައިންސް އަށްވުރެން ދުވަސްވީ ދިވެހި ޤައުމީ އެއަރލައިން ބަޤުރޫޓްވުމުގެ މަރުފަލިޖަހަމުންދާއިރު މީގެ 28 އަހަރުކުރިން ބޯޓެއް ކުއްޔަށްހިފައިގެން ސީޕްލޭން ދަތުރުފެއްޓި ބިދޭސިކުންފުނި Trans Maldivian Airways އަކީ 80 ބޯޓާއި އެކުގައި މިހާރު މިވިޔަފާރި ކޮންޓްރޯލް ކުރާ ބިދޭސީ ކުންފުނި.
އޮނަރަބްލް އަފީފު ދީދީ
20 July 2025
ކ.މާލޭގެ ނުފޫޒުގަދަ އާއިލީ ފަރާތްތަކުން ދައުލަތަށް ކަނަމަދެއްވަރުގެ ފައިސާކޮޅެއް ދީފައި ރާއްޖޭގެ ފަޅުރަށްތައް 99 އަހަރަށްނަގައިގެން އެމީހުންގެ ޖީބު ފަލަވާގޮތަށް އެރަށްތައްވަނީ ބިދޭސިކުންފުނިތަކަށް ހިތަކަށް ވިއްކާލާފައި. މިފަދަ މުއާމަލާތް ހިންގާކަންވެސް މާލޭސަރުކާރަށާއި ދިވެހިންނަށް އިގެނީވެސް ބޭރު ޤައުމެއްގެ ނޫސް ތަކުގައި އެފަދަ ވާހަކަ ތައް ޖެހީމަ. މިއީތޯ ދުނިޔޭގެ ޑިމޮކްރަޓިކް ދައުލަތްތައް ހިންގާ ގޮތަކީ؟! ކޮބަައިތޯ ޤައުމާއި ރައްޔިތުންގެ ޙައްޤު؟
އޮނަރަބްލް އަފީފު ދީދީ
20 July 2025
ރާއްޖޭގެ ހުރިހާ ރިސޯޓް ތަކާއި ޓީއެމްއޭ ފަދަ ފަތުރުވެރި ކަމުގެ ސިނާއަތުގެ ވިޔަފާރި ކުރާ ފަރާތް ތަކުގެ ޙަޤީގީ އާމްދަނީ ދައުލަތަށް އިގޭ ކަމާއި މެދު ޝައްކު އުފެދޭއިރު އެކަންކަން ދެނެގަތުމަށް ދައުލަތުގެ މަރުކަޒީ ބޭންކާއި، މީރާ އަދި އޮޑިޓް އޮފީހާއި. ޢޭސީސީ ފަދަ އެއްވެސް ފަރާތަކުން މަސައްކަތް ނުކުރާއިރު ސައުދާ ޤަރުންވެސް ހިމެނޭގޮތަށް އަދި ހައްދެއްނެތް މިންވަރަށް އެމީހުންގެ ނުފޫޒު އެތަނެްްގެ މައްޗަށް އޮތް މަޖިލީހުންވެސް މިކަން ބަލާން މަސައްކަތް ނުކުރޭ.
އޮނަރަބްލް އަފީފު ދީދީ
20 July 2025
ވަޒީފާނެތިފައި ރާއްޖޭގެ 700 ޕައިލެޓުން މިހާރުވެސް ތިބިއިރު ޑޮމެސްޓިކް ފްލައިޓްތައް ދުއްވަން ޕައިލެޓުންނަށް ވާކްވީސާ ދޫކުރަން ހުއްޓާލާކަށް މާލެސަރުކާރު ބޭނުމެއްނުވޭ. TMA އާއި ރާއްޖޭގެ ރިސޯޓްތަކުގެ ވޭޖަސްގެ %80 ބިދޭސިންގެމައްޗަށް ހޭދަކުރާއިރު ޓްއަރިޒަމް އާމްދަނީގެގޮތުގައި ދައުލަތަށް ލިބޭ އެއްޗެއްގެ %20 ވަރު ބުދޭސިން ރާއްޖެއިން ބޭރު ކުރާކަމާއި، ރިސޯޓްތަކުގެ ވަޒީފާތަކުގައި ދިވެހިންނަށް ފުރުސަތެއް ނެތްކަންވެސް މާލޭސަރުކާރު ހިންގާން ތިބިމީހުނަށް އިގޭ.
ރާވެރިބެ
20 July 2025
ސަރުކާރުން އެންމެ ފަހުން މިހެދި ގަވާއިދުން މަގުސަދެއް ހާސިލް ނުވޭ. ޢެންމެން ޢައީ ރުޅި. ޑޮލަރުން އާންމުދަނީ ލިބޭމީހުންނާ ޑޮލަރު ގަންނަން ބޭނުންވާ އެންމެން ވެސް އައީ ރުޅި. ޑޮލަރު ރޭޓު ދަނީ މައްޗަށް. ދައުލަތަށް ވަންނަ ޑޮލަރުގެ ބޮޑުބައި ސަރުކާރުން ނަގަނީ. ޢޭގެ ތެރޭ ދަރަނި ދައްކަން ބޭނުންވާ އަދަދު ވަރަށް މަތި. ސަރުކާރުން ބޭރު ފައިސާ އިން ކުރާ ޙަރަދު މަދުނުކުރާ ނަމަ ކިތަންމެ ޑޮލަރެއ ލިބުނަސް މައްސަލަ ހައްލު ނުވާނެ. މީ ހަގީގަތަކީ!
އަބދުބޭ
20 July 2025
އެއްލައްކަ ޑޮލަރަށް ވުރެ ގިނައިން ލިބޭ އެންމެން ޑޮލަރު މާރުކުރުވަން އެބަޖެހޭ. ޓީއެމްއޭ އިން ޑޮލަރު މާރު ނުކޮށް ކީއްތޯ ކިކުރަނީ؟ އަވަހަށް މާރުކުރަން އަންގާ. އަދި ހުރިހާ ފައިލެޓުންނަށް ދިވެހި ރުފިޔާއިން މުސާރަ ދޭން އަންގާ. އޭރުން ދިވެހި ރުފިޔާ ހުންނާނީ ވަރުގަދަ ވެފައި. އަދި ގައުމުގެ އިގުތިސޯދު ކޮޅަށް ޖެހޭނެ.،
ޑޮލަރ ވަގުވިޔަފާރީގެ މާފިއާ
20 July 2025
ހާދަ ގޮތްކުޑަބައެކޭ. ތީގަ ނެތް ހަމަޖެހޭ ކަމެއް. ދިވެހި ރާއްޖޭގައި ތަންތަން ކުއްޔަށް ހިފައިގެން ތަކެތިގަނެގެން އުޅެން ބޭނުންވަނީ ދިވެހި ރުފިޔާ. ދެން ޑޮލަރު ހޯދައިގެން ކަޅުބާޒާރުގައި ބޮޑުކޮށް މާރުކުރުމަކީ މުސާރައިގެ އިތުރު ނަޖާއިޒު ފައިދާއަކަށް ހަދާކަށް ނުޖެހޭ. ބޮޑުބައި ރުފިޔާއިން ދިނީމަ ނިމުނީ. މުސާރައަކީ ފައިސާ މާރުކުރުމުގެ މުޢާމަލާތުން އިތުރު ފައިސާ ހޯދަން ދޭ އެްއޗެއްތަ.؟ ތި މީހުންގެ ތި ޢަމަލާހެދި ޑޮލަރުގެ ކަޅުބާޒާރު ދެމެހެއްޓެނީ. މައިތިރިކުރުވާ
އކއކ
20 July 2025
އިހުތިޖާޖު ކުރާ ޕައިލްޓުން އެހެން ގައުމު ތަކަށް ފޮނުވާފަ ވަޒިފާ ނުލިބި ތިބި ޕައިލެޓުންނަށް ދީ