އެސްޓްރޮނޮމާގެ ސީއީއޯ އޭންޑީ ބައިރޮން އާއި އެ ކުންފުނީގެ ޗީފް އެޗްއާރު އޮފިސަރު ކްރިސްޓިން ކެބޮޓް ކޯލްޑްޕްލޭގެ ޝޯއެއްގައި.
20 ޖުލައި 2025 - 11:46
މަޝްހޫރު އިނގިރޭސި މިއުޒިކް ބޭންޑް ކޯލްޑްޕްލޭގެ ޝޯއަކުން ބޭޒާރުވި، ބޭވަފާތެރި ސީއީއޯ އެ މަގާމުން އިއްޔެ އިސްތިއުފާ ދެެއްވައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެމެރިކާގެ ޓެކް ކުންފުންޏެއް ކަމަށްވާ އެސްޓްރޮނޮމާގެ ސީއީއޯ އޭންޑީ ބައިރޮން މިހާރު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައި، އިސްތިއުފާގެ ސިޓީ ކުންފުނީގެ ބޯޑަށް ހުށަހަޅުއްވައިފަ އެވެ. އަދި ބޯޑުން މިހާރު ވަނީ އެ ކުންފުންޏަށް އާ ސީއީއޯއަކު ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.
ބައިރޮން އިސްތިއުފާ ދެއްވި ނަމަވެސް، އޭނާގެ ފަރާތުން މިކަމާ ބެހޭ އެއްވެސް ބަޔާނެއް އަދި ނުނެރެ އެވެ.
އެސްޓްރޮނޮމާގެ ޗީފް އެޗްއާރު އޮފިސަރު ކްރިސްޓިން ކެބޮޓް އާއި ބައިރޮންގެ ސިއްރު ގުޅުން ފަޅާއެރީ ބޮސްޓަންގެ ސްޓޭޑިއަމެއްގައި މިދިޔަ ބުދަ ދުވަހު ބޭއްވި ކޯލްޑްޕްލޭގެ ޝޯއެއްގައި، އެ ޝޯ ބަލަން ގޮސް ތިބޭ ލޯބިވެރިން ދެއްކުމަށް ހާއްސަކޮށްފައި ހުންނަ "ކިސް ކެމް" ސްކްރީނަށް އެމީހުން އެރުވުމުންނެވެ. އެމީހުން ވަރަށް ގައިގޯޅިކޮށް ތިއްބައި ސްކްރީނަށް އެރުވުމާ އެކު ވަނީ އެކަކުއަނެކަކު ފޮޅާލައި ދުރަށް ޖެހިފަ އެވެ.
އޭންޑީ އާއި ކްރިސްޓެން ވެސް އުޅެނީ އެހެން މީހުންނާ ކައިވެނިކޮށްގެންނެވެ.
އެ ވީޑިއޯ މިއަދު ސޯޝަލް މީޑިއާގައި ވައިރަލްވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ދެމީހުންނަށް އަމާޒުވި އެވެ.
ލިންކްޑިން އިން ލިބެންހުރި މައުލޫމާތުން އެނގޭ ގޮތުގައި، އޭންޑީއަކީ 2023 ވަނަ އަހަރުން ފެށިގެން އެސްޓްރޮނޮމާގެ ސީއީއޯ އެވެ. އަދި ކްރިސްޓެން އެ ކުންފުންޏާ ގުޅުނީ މީގެ ނުވަ މަސްދުވަސް ކުރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަކީމ
22 July 2025
މީ ވަރަށް ސަޅި ކަމެއް. މެރީޑް ކަޕްލްސް ވަގު ބިޓުން ގޮވައިގެން ބޭރު ތެރެއިން ފެނިއްޖެއްޔާ މިގޮތަށް ވީޑިއޯ ކްލިޕްސް/ ފޮޓޯ ނަގާފަ ސޯޝަލް މީޑިއަށް ލާންވީ. މި ރާއްޖޭގަ ވެސް އުޅޭ މި ކަހަލަ މީހުން ބައިވަރު.
އަހްމަދުބެ
20 July 2025
ބޭވަފާތެރިވީ ޢާއިލާއަށް. ވަޒީފާއިން އިސްތިއުފާދީ ޑްރައިވިން ލައިސަންސް ބާތިލުކޮށް ތައުލީމީ ސެޓިފިކޭޓްތަކުގައި ހުޅުޖަހާކަށް ނުޖެހޭ.
ގުދަނު
20 July 2025
ހަރާން މިރާއްޖޭގަ ތިކަން ތިގޮތަށް ކުރާނެތީ
ބޭވަފާ
20 July 2025
ވަރަށް މުހިންމު ޚަބަރެއް؟!