އެސްޓްރޮނޮމާގެ ސީއީއޯ އޭންޑީ ބައިރޮން އާއި އެ ކުންފުނީގެ ޗީފް އެޗްއާރު އޮފިސަރު ކްރިސްޓިން ކެބޮޓް ކޯލްޑްޕްލޭގެ ޝޯއެއްގައި.
18 ޖުލައި 2025 - 19:16
މަޝްހޫރު އިނގިރޭސި މިއުޒިކް ބޭންޑް ކޯލްޑްޕްލޭގެ ޝޯއަކުން އެމެރިކާގެ ޓެކް ކުންފުންޏެއްގެ ބޭވަފާތެރި ސީއީއޯއަކާއި އޭނާގެ މުވައްޒަފަކު ބޭޒާރުވެއްޖެ އެވެ.
ބޭޒާރުވީ އެމެރިކާގެ ޓެކް ކުންފުންޏެއް ކަމަށްވާ އެސްޓްރޮނޮމާގެ ސީއީއޯ އޭންޑީ ބައިރޮން އާއި އެ ކުންފުނީގެ ޗީފް އެޗްއާރު އޮފިސަރު ކްރިސްޓިން ކެބޮޓް އެވެ.
އޭންޑީ އާއި ކްރިސްޓެން ވެސް އުޅެނީ އެހެން މީހުންނާ ކައިވެނިކޮށްގެންނެވެ.
އެމީހުން ބޭޒާރުވީ ބޮސްޓަންގެ ސްޓޭޑިއަމެއްގައި މިދިޔަ ބުދަ ދުވަހު ބޭއްވި ކޯލްޑްޕްލޭގެ ޝޯއެއްގައި، އެ ޝޯ ބަލަން ގޮސް ތިބޭ ލޯބިވެރިން ދެއްކުމަށް ހާއްސަކޮށްފައި ހުންނަ "ކިސް ކެމް" ސްކްރީނަށް އެމީހުން އެރުވުމުންނެވެ. އެމީހުން ވަރަށް ގައިގޯޅިކޮށް ތިއްބައި ސްކްރީނަށް އެރުވުމާއެކު ވަނީ އެކަކުއަނެކަކު ފޮޅާލައި ދުރަށް ޖެހިފަ އެވެ.
އެ ވީޑިއޯ މިއަދު ސޯޝަލް މީޑިއާގައި ވައިރަލްވެ، މިހާތަނަށް ވަނީ 50 މިލިއަނަށް ވުރެ ގިނަ މީހުން ބަލައިފަ އެވެ.
ލިންކްޑިން އިން ލިބެންހުރި މައުލޫމާތުން އެނގޭ ގޮތުގައި، އޭންޑީއަކީ 2023 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ ސީއީއޯ އެވެ. އަދި ކްރިސްޓެން އެ ކުންފުންޏާ ގުޅުނީ މީގެ ނުވަ މަސްދުވަސް ކުރިންނެވެ.
ވީޑިއޯ އާންމުވުމާއެކު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ އެމީހުންގެ ބޭވަފާތެރިކަމުގެ ވާހަކަދައްކައި ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، އޭންޑީގެ އަންހެނުން މޭގަން ކްރީގެން މިހާރު ވަނީ އޭނާގެ ފޭސްބުކް އައިޑީގައި ބޭނުންކުރި އޭންޑީގެ އާއިލީ ނަން "ބައިރޮން" ފުހެލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
19 July 2025
ޙޫމް.
އުންމު
19 July 2025
މީހުންގެ ޒާތީ ސިއްރުތައް ބޭޒާރު ކުރުމަކީ ރަނގަޅު ކަމެއް ނޫން. މީހެއްގެ ސިއްރެެއް ފޮރުވައިފިއްޔާ އެ މީހާގެ ސިއްރު ފޮރުވާނެ ކަމަށް އޮވޭ.
މަބުނީ
19 July 2025
މީސް މީހުންގެ ޒާތީ ކަންތައްތަކާއި އަހަރުމެން ބެހޭއިރު ،އަހަރުމެންގެ ތެރެއިން ނިސްބަތުން ތިތަފެންވަރުގެ ނޫނަސް ދެންތިބި ބަޔެއްގެ ހާލަތީ ކޮބައިކަން އަމިއްލަޔަށް ވަޒަންކޮށްލައްވާ... މީސް މީހުންގެ ޒާތީ ކަންކަމާއި އަހަރުމެން ނުބެހެމާ؟
ބޮޑުބޭބެ
18 July 2025
އަދި ފެންނާނެ މިޒާތުގެ ދިވެހިންވެސް