ޓީއެމްއޭގެ ސީޕްލޭންތަކެއް. އެ އެއާލައިނުން ހުރިހާ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭން ވަނީ ނިންމާފައި -- ފޮޓޯ: މިހާރު
20 ޖުލައި 2025 - 18:05
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރައިގެ މައްސަލައިގައ ޕައިލެޓުން މި މަހުގެ 26 އިން ފެށިގެން ދަތުރުކުރުން ހުއްޓާލަން ނިންމުމާ ގުޅިގެން، އެ އެއާލައިނުގެ ނިންމުން ބަދަލުކޮށް، އަނެއްކާ ވެސް ކުރިއެކޭ އެއްގޮތަށް ޑޮލަރުން މުސާރަ ދޭން ނިންމައިފި އެވެ.
ޓީއެމްއޭގެ ޕައިލެޓެއް ބުނީ، އެ ކުންފުނިން މިދިޔަ މަހު އެންގި އެންގުން ބާތިލްކޮށް، ކުރިއެކޭ ވެސް އެއްގޮތަށް ޑޮލަރުން މުސާރަ ދޭން ނިންމިކަން މިއަދު އަންގާފައިވާ ކަމަށެވެ.
މިދިޔަ މަހު ޓީއެމްއޭ އިން އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އަންގާފައިވަނީ މި ޖުލައި އަދި އޮގަސްޓް މަހުން ފެށިގެން ކޮންމެ މުވައްޒަފަކަށް ވެސް ލިބޭ މުސާރައިގެ 20 ޕަސެންޓު ދެން ދޭނީ ދިވެހި ފައިސާ އިން ކަމަށެވެ. އެކަމަކު، ބާކީ 80 ޕަސެންޓަށް ވާ މުސާރަ މުވައްޒަފުންނަށް ދޭނީ ޑޮލަރުން ކަމަށް ޓީއެމްއޭގެ އެ އެންގުމުގައި ވެ އެވެ.
އެ ނިންމުމާ ގުޅިގެން މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ކުރުން ހުއްޓާލަން ޓީއެމްއޭގެ ޕައިލެޓުން ނިންމައި އެކަން އެ ކުންފުނީގެ މެނޭޖްމެންޓަށް ވެސް އަންގާފައިވެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭގައި 200 އަށް ވުރެ ގިނަ ޕައިލެޓުން މަސައްކަތް ކުރެ އެވެ. އެ ކުންފުނީގެ ދަށުން މަސައްކަތް ކުރާ ކެޕްޓަނުންގެ ތެރެއިން އެންމެ ޖޫނިއާ މުވައްޒަފުންނަށް ވެސް ގާތްގަނޑަކަށް 6،000 ޑޮލަރުގެ އާމްދަނީއެއް ލިބޭ އިރު އެންމެ ސީނިއާ ކެޕްޓަނުންނަށް ގާތްގަނޑަކަށް 12،000 ޑޮލަރު މަހަކު ލިބެ އެވެ.
ޓޫރިޒަމުން އާމްދަނީ ލިބޭ ކުންފުނިތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމުކޮށް ހަދާފައިވާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ކުރަން ޖެހޭތީ އެކަން ފޫބެއްދުމަށް، އެ ކުންފުނިން ވަނީ އެމްއޭސީއެލް އަށް ދައްކަން ޖެހޭ ބައެއް ފީތަކާއި ޖެޓްފިއުލްގެ ހަރަދުގެ ބައެއް ރުފިޔާ އިން ދައްކަން ހުށަހަޅައިފަ އެވެ. އެކަމަކު އެކަމަށް އެމްއޭސީއެލް އިން މިހާތަނަށް އެއްބަސް ނުވުމުން، މާރުކުރާ ފައިސާ ބޭނުން ކުރަން ނިންމީ މުވައްޒަފުންނަށް ދޭ މުސާރައިގެ ގޮތުގަ އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ކުންފުނިތަކުން ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމުލަ އާމްދަނީގެ 20 ޕަސެންޓަށް ވާ ޑޮލަރު މާރު ކުރުމެވެ. "ކެޓެގަރީ ބީ" ގައި ހިމެނޭ ކުންފުނިތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓު ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހައިވޭ
22 July 2025
ރިސޯޓުތަކުގައި މުސާރަ ޑޮލަރުން ލިބެނީ ހަމައެކަނި ބިދޭސީ މުވައްޒަފުންނަށް، މިކަމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޙަރަކާތެއް ފެށުމުގެ ވަގުތު އައިސްޖެހިއްޖެ. ދިވެހިން އަމިއްލަ ޤައުމުގައި ތިބެ، މާލީ ގޮތުން ނިކަމެތި ޙާލަތެއްގައި ތިބެންޖެހުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މި ތަފާތުކުރުން ނައްތާލުމަށްޓަކައި ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.
ދެކޮޅުބެލުން
21 July 2025
ތަނުގައި މަސައްކަތް ކުރާ މުވަައްޒަފުންނަށް މުސާރަ ދިނުމަށް ގާނޫނުގައި ބަޔާންކޮށްފައިވަނީ އެ ތަނަކަށް އިންކަމް ވަންނަ ގޮތަކުން: މާނައަކީ ޑޮލަރުން ކުންފުންޔަށް ލާރި ލިބެންޔާ ޑޮލަރުންނޭ މުސާރަ ދޭނީ. ރިސޯޓް ތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ސަރވިސްޗާޖު ޑޮލަރުން ދެމުންދަނީ ސަރވިސްޗާޖު ޑޮލަރުން ލިބޭތީ.
ޯގާނޫނުގެ
21 July 2025
ތިގާނޫނު ގެ މާއްދާބުނެދީ.
ނީލަމް މުހައްމަދު
21 July 2025
ކަންކަން އޮޅުވާލަން އުޅޭ ފަރާތްތަކަށް ސާފް ވާނެ ކަމަށް އުއްމީދު ކުރަން.
އާފާގް ސައިދު
21 July 2025
މީ ރައްޔިތުންގެ އަޑު އަހާ ސަރުކާރެއް
އުނބުށޭމު
21 July 2025
ކޮންމެ ބަޔަކުވެސް އިސްމިކުރަނީ އަމިއްލަ އެދުމެވެ. އެހެންވެގެން މިގައުމުގެ އެއްވެސްކަމެއް ރަނގަޅުވުމުގެ ބަދަލުގައި ދުވަހުން ދުވަހަށް ގޯހުންގޯހަށް ދަނީއެވެ. ޑޮލަރުން ގިނަ ބަޔަކަށް މުސާރަ ދެމުން ދިއުމަކީވެސް ޑޮލަރުގެ އަގު ތިރިނުވުމުގެ އެއްސަބަބެއް ކަމުގައި ވެސް ބައެއް މީހުން ދެކެއެވެ. ރާއްޖޭގައި ވަޒީފާއަދާކުރާ އެންމެންނަށް ނުވަތަ ދިވެހިންނަށް މުސާރަ ދިވެހި ރުފިޔާއިން ނޫނީ ނުދެވޭގޮތަށް ޤާނޫނަކުން ކަނޑައެޅިއްޖެނަމަ ޑޮލަރުގެ ތާށިކަމަށް ކޮންމެސް ވަރެއްގ
ހެހެެ
21 July 2025
ޖުލައި ސައްބީސް ނިމުނީމަ ދެން ނުދޭނެ. ކާންޓް އެފޯޑް އެދުވަހު ސަކަރާއި ޖަހަން
ރަނާވަތު
21 July 2025
ހާދަ ބޮޑެތި މުސާރަތަކެކޭ
ޖައްސާޖައްސާ
21 July 2025
ޑޮލަރުމާރު ކުރުމުގެ ގާނޫނަށް އަމަލު ކުރަން ފެށުމުން ރާއްޖޭގައި ޑޮލަރުގެ ތިޔާގި ކަން އިތުރުވާނެ ކަން ރިސޯރޓް ތަކުގެ ދެތިން ބޮޑުންނަށް އެގިގެން އެމެން އަތުން ސަރުކާރުގެ ކުންފުނި ތަކަށް ބްލެކް މާރކެޓް ރޭޓްގައި ޑޮލަރު ނުގަންނާނެ ކަން އިނގޭތީވެ އެމެން އަޑީގައި ތިބެގެން އެމެން އެއްބަސްވެގެން ކުރާވައްކަމެކޭމީ ސަރުކާރުން މިކަމުގައި ކުޑަވެސް ދުލެއްދީގެން ނުވާނެއޭ ހަމަ ސްޓޭޓް އޯންޑް ކުންފުނި ތަކަށް ބީއެމްއެލް އިން ޑޮލަރު ރަސްމީ ރޭޓްގައި ވިއްކަން ފަށާށޭ
އޮނަރަބްލް އަފީފު ދީދީ
21 July 2025
ސައުދާޤަރުންގެ ނުފޫޒު ސަރުކާރުގެމައްޗަށް އޮތްވަރުން އަދި ޤައުމުގައި އޮތް އެމީހުންގެ މަސްލަޙަތާއި ވިޔަފާރީގެމައްޗަށް ޤާނޫނު ނުހިންގޭ ގޮތަށް ސީދާގޮތުންނާއި ނުސީދާގޮތުންވެސް ބާރުވެރިކަން ފެތުރުމަށްޓަކާ، މަޖިލީހަށް ވަދެތިބި ރިސޯޓް އޯނަރުންގެއިތުރަށް އެމީހުންގެ ޕްރޮކްސީގެގޮތުގައި އެތަނުގައިތިބި މެންބަރުންނާއި އަދި ސިޔާސީ ޕާޓީތަކުގެ ގޮތުގައި ހުރި ޕާޓީތަކުގެ މައްޗަށްވެސް މިމީހުންގެ ނުފޫޒު އޮތްވަރުން ރައްޔިތުމީހާގެ ޙައްޤު ހިމާޔަތްކުރާނެ ސަރުކާރެއް ނެތް.
އޮނަރަބްލް އަފީފު ދީދީ
21 July 2025
ވަޒީފާއާއިބެހޭ ޤާނޫނުން މުވައްޒިފުންނަށް ދޭންޖެހޭ ޚައްޤުތައް އެމީހުނަށްނުދޭތީ އާއި ރާއްޖެ ބައިވެެރިވެފައިވާ ILOގެ އުސޫލުތަކާއި ޙިލާފަށް މުވައްޒިފުންގެ ޚައްޤުތަކަށް ރިސޯޓް އޯނަރުން އަރައިގަންނާތީ، އެކަމާއިދެކޮޅަށް ހަމަހިމޭންކަމުގެ އިޙްތިޖާޖު ކުރި ރިސޯޓް ތަކުގެ މުވައްޒިފުނާއި މެދު މީގެ ކުރިން ރާއްޖޭގެ ރިސޯޓް ތަކުން ކަންކުރިގޮތް ވަރަށް ރަނގަޅަށް އިގޭތީ މިބުނަނީ ދޫދީފައި ތިމީހުން ޕައިލެޓުންގެ ހަން ދަމައިގަންނާނެ. މަހުޖަނުން އެހެންމީހުނަކަށް ނުބަލާނެ.