ރާއްޖޭން އދ ގެ މެމްބަރަކަށް ވުމަށް ފަހު އޮތް ފުރަތަމަ އާއްމު ޖަލްސާގައި ކަކާގޭ އަހުމަދު ހިލްމީ ދީދީ (ކ) އާއި ކަނޑި އަހުމަދު އިސްމާއީލް މަނިކު، ރާއްޖެ ތަމްސީލުކުރައްވަނީ: ރާއްޖޭން ވަނީ އިނގިރޭސީންގެ އަތުން މިނިވަންކަން ލިބުމާ އެކު އ.ދ ގައި ބައިވެރިވެފައި. – ފޮޓޯ: ދިވެހިރާއްޖޭގެ ގައުމީ އަރުޝީފް
26 ޖުލައި 2025 - 09:10
ދުނިޔޭގެ ތާރީހަށް ބަލާއިރު، ރާއްޖެ އަށް މިނިވަންކަން ލިބުނު ގޮތް އެހެން ގިނަ ގައުމުތަކާ މިނެ ކިރެލާއިރު ތަފާތެވެ.
އަޅުވެތިކޮށްފައި ތިބި ބަޔަކާ ހަނގުރާމަކޮށް، ލޭއޮހުރުވުމަކަށްދާކަށް ނުޖެހުނެވެ. އިނގިރޭސިންގެ ހިމާޔަތުގެ ދަށުން 1965 ވަނަ އަހަރުގެ މި ދުވަހު، ރަސްމީކޮށް މިނިވަންވިއިރުވެސް، ދާހިލީ ކަންކަމާ އިނގިރޭސިން ބަސް ނުކިޔާތީ ދާހިލީ މިނިވަންކަން އޭރުވެސް އޮތީ ޒާތަކަށް ލިބިފަ އެވެ.
"މިނިވަންކަން އިޢްލާނު ކުރުމުގެ ބޮޑު އިޙްތިފާލެއް އޭރަކު ނުބޭއްވޭ. އަޅުގަނޑުމެން، އެ ޤައުމެއްގެ އަޅުވެތިކަމުގެ ދަށުގައި އޭރު އޮތް ޤައުމުގެ ދިދަ ތިރިކޮށް، އަޅުގަނޑުމެންގެ މިނިވަން ދިދަ އުފުލާލުމުގެ ރަސްމިއްޔާތެއް ވެސް ނުބޭއްވޭ. އަދި އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް، އެ މިނިވަންކަމުގެ ސަބަބުން އައި ބަދަލެއް އެވަގުތު ރަނގަޅަށް އިޙްސާސް ވެސް ނުކުރެވެޔޭވެސް ދެންނެވިދާނެ،" ނަވާސަތޭކަ ނުވަދިހަ ވަނަ އަހަރު، ރާއްޖެއަށް މިނިވަންކަން ލިބުނު ރިހިޔޫބީލް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައި ވެ އެވެ.
އެ ދުވަހު މައުމޫން ވެސް ފާހަގަކުރެއްވި ފަދައިން، އިނގިރޭސި ދައުލަތުގެ ހިމާޔަތުގައި ރާއްޖެ އޮތް ދުވަސްވަރުވެސް، ރާއްޖޭގައި އިނގިރޭސި ދައުލަތުގެ އެއްވެސް މަންދޫބެއް ވެސް އަދި އެ މީހުންގެ ފަރާތުން ލަފާދޭނެ މުޝީރަކު ވެސް ނެތެވެ. ރާއްޖޭގެ ކަންތައްތައް ކުރަމުން ގެންދިޔައީ ދިވެހިންނަށް ފެންނަ ގޮތެއްގެ މަތީންނެވެ. ބޭރު ދައުލަތެއްގެ ނުފޫޒެއް ރާއްޖެއަކަށް އޭރަކު ހިނގާފައެއް ނެތެވެ.
ލިބުނު މިނިވަންކަމުގެ އަގު ދިވެހި ގިނަ ރައްޔިތުންނަށް ވަޒަން ނުކުރެވުނުއިރު، ބޭރު ދުނިޔެއިން ވެސް އަމާޒުވީ، ޝައްކާއި މަލާމާތެވެ.
ވިޔަފާރީގެ ގުޅުންތަކުގެ ގައުމުތަކުގެ ހައިސިއްޔަތު ކަނޑައެޅި ދުވަސްވަރެއްގައި، ރާއްޖެ އަށް މިނިވަންކަން ލިބުނު ވާހަކަ، ބޭރުގެ މަޝްހޫރު މަޖައްލާއެއްގައި އޭރު ޖަހާފައި އޮތީ މިހާ ކުޑަކުޑަ ގައުމަކަށް މިނިވަންކަން ލިބުނަކަސް އެ އަކުން އަންނާނެ މާބޮޑު ބަދަލެއް ނޯންނާނެ ކަމަށެވެ.
"ރާއްޖެއަށް މިނިވަންކަން ލިބުމަކުން ކޮޅުނބުގެ ރެކްލަމޭޝަން ރޯޑުގައި ފިހާރައެއް ހުޅުވާލައިގެން މުދަލާލިއެއް ބޭންދުމަށް ވުރެ ބޮޑުކަމެއް ރާއްޖެއަށް ކުރެވޭނެ ކަމަކަށް ނުފެނޭ،" އެ މަޖައްލާގައި ރާއްޖެއަށް ލިބުނު މިނިވަންކަން ސިފަކޮށްފައިވަނީ މިފަދަ މަލާމާތުގެ މޭރުމަކުންނެވެ.
ރާއްޖޭގެ އޭރުގެ ވެރިންނަށް ވެސް އެކަން ވިސްނިވަޑައިގެންނެވި އެވެ. މިނިވަންކަން ލިބުމަކުން އެކަނި ނުފުދޭނެ ކަމެވެ. މިނިވަންކަން ދެމެހެއްޓުމަށްޓަކައި، އެހެން ގައުމުތަކާއެކު ގުޅުންތައް ބިނާކޮށް، ބޭރު ދުނިޔޭގައި ރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި ބަލައިގަތުމުގެ މުހިންމު ކަމެވެ.
ރާއްޖެ އަށް އދ. ގެ މެމްބަރުކަން ދިނުމުގެ ރަސްމިއްޔާތުގައި، އެ ޖަމިއްޔާގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް ޔޫ ތާންޓު އެކަމުގެ ލިޔުން ރާއްޖޭގެ ސަފީރު ކަކާގޭ އަހުމަދު ހިލްމީ ދީދީ (ކ) އާ ހަވާލުކުރައްވަނީ: ރާއްޖޭން ވަނީ އިނގިރޭސީންގެ އަތުން މިނިވަންކަން ލިބުމާ އެކު އ.ދ ގައި ބައިވެރިވެފައި. – ފޮޓޯ: ދިވެހިރާއްޖޭގެ ގައުމީ އަރުޝީފް
އޭގެ އެންމެ ކުރު މަގަކީ، ދުނިޔޭގެ ބޮޑެތި ބާރުތައް ޖަމާވެ ތިބި އދ. ކަން ގަބޫލުކުރެވި، އދ.ގެ މެމްބަރުކަން ހޯދަން، މިނިވަންކަމުގެ ސޮއިކުރިތާ އެއް މަސް ދުވަހުގެ ތެރޭގައި ރާއްޖޭން އެދި ހުށަހެޅި އެވެ. ނަމަވެސް، އދ. ގެ މެމްބަރުކަން ހޯދުމަށް އެދި ހުށަހެޅުމުން، އދ.ގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ، ސަލާމަތީ މަޖިލީހުން އެތައް ސުވާލެއް އުފެއްދި އެވެ. ރާއްޖެ ފަދަ ކުޑަ، ވަސީލަތްތައް މަދު ގައުމަކަށް އދ. ގެ މެމްބަރު ގައުމެއްގެ ބުރަ ޒިންމާ، އުފުލޭނެކަމާ މެދު އެވެ.
"އެކަންވީ ދުނިޔެ ހައިރާންކޮށްލި ކަމަކަށް. އޭގެ ކުރިން އދ. މަޖިލީހުގައި މިފަދަ ކުޑަ ގައުމެއް ބައިވެރިވެފައެއް ނެތް. ވަރަށް ގިނަ މީހުން ހިޔާލު ކުރަން ފެށި. އެ ތަނެއްގެ ރައްޔިތުންގެ އަދަދު ކިރިޔާ އެއްލައްކަ ހަމަވާ ތަނެއް އެއީ، އދ. މަޖިލީހުގައި ބައިވެރި ކުރެވިދާނެ ގައުމެއް ބާވައޭ. އެހާ ކުޑަކުޑަ ގައުމަކާ، އެމެރިކާ ނުވަތަ ރޫސީވިލާތް ފަދަ ބޮޑެތި ގައުމުތަކާ އެއްހަމައަކުން އދ. މަޖިލީހުގައި ވޯޓު ދެވެމުން ގެންދެވިދާނެބާވައޭ،" މައުމޫންގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައި ވެ އެވެ.
ސްރީ ލަންކާ އަށް ރާއްޖޭން ކަނޑައަޅާފައި ހުންނެވި ސަފީރު އަބްދުއްސައްތާރު މޫސާ ދީދީ، މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ލިޔުމުގައި ސޮއިކުރައްވަނީ: ރާއްޖޭގެ މިނިވަންކަމުގެ މަޝްވަރާތައް އިނގިރޭސީންނާ އެކު ލަންކާގައި ކުރިއަށް ގެންދެވިއިރު، އެންމެ އިސްކޮށް މަސައްކަތްކުރެއްވި އެއް ބޭފުޅަކީ އަބްދުއްސައްތާރު. – ފޮޓޯ: ދިވެހިރާއްޖޭގެ ގައުމީ އަރުޝީފް
އެކަމަކު ރާއްޖޭން ތިބީ ދޫދޭ ގޮތަކަށް ނޫނެވެ. އދ.ގެ ޗާޓަރާ ހަވާލާދީ، އެ ހުރަސްތަކަށް ސީދާ ގޮންޖެހި އެވެ. އެ ޗާޓަރުގައި ކުޑަ ގައުމަކަށް ވީތީ، މެމްބަރުކަން ނުދެވޭނެ އެއްވެސް މާއްދާއެއް ނެތެވެ. މެމްބަރުކަން ދިނުމުގައި ގައުމުގެ ސައިޒަށް، އާބާދީގެ ނިސްބަތަށް ނޫނީ އިގުތިސާދީ ހައިސިއްޔަތަށް ބެލޭނެ އެއްވެސް ހުއްޖަތެއް ނެތް ކަމަށް ބުނަމުންނެވެ. އދ. ގައި ކިތަންމެ ކުޑަޔަސް، ކޮންމެ ގައުމަކަށް ވެސް ލެވޭނީ އެންމެ ވޯޓެކެވެ. އެކަމުގައި އެއްވެސް އިސްތިސްނާއެއް އދ. ގެ ޗާޓަރަކުން ނުދެވެ އެވެ.
ބާރުގަދަ ގައުމުތަކުގެ މާބޮޑު އެއްބާރުލުމެއް ނެތަސް ރާއްޖޭން އދ. ގެ މެމްބަރުކަން ހޯދުން ވެގެން ގޮސްފައިވަނީ، ބައިނަލްއަގުވާމީ މައިދާނުގައި ފައިތިލަ ސާބިތުކުރުމުގެ އިތުރުން ލިބިފައިވާ މިނިވަން ދަމަހައްޓަން ފެށުނު އެންމެ މުހިންމު ބާބެވެ.
ވިޔަފާރީ ގުޅުންތަކުން ގައުމެއްގެ އަމިއްލަ ހައިސިއްޔަތު، ހާރިޖީ ގުޅުންތަކުގެ ތެރެއިން ވެސް ހާސިލުކުރެވޭނެ ކަމުގެ ނަމޫނާ ދައްކަމުންނެވެ. މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެއަށް ދެމިއޮވެވޭނީ، ބޮޑެތި ގައުމުތަކާ ހާރިޖީ ގުޅުން ގާއިމުކޮށް، މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބޭރު ދުނިޔެއިން ބަލައިގަތުމުން ކަން އެނގިތިބެ އެވެ.
"އަޅުގަނޑުމެންގެ ރާއްޖެއަށް މިނިވަންކަން ލިބި، ޔުނައިޓެޑް ނޭޝަންސްގެ މެންބަރަކަށްވީ ދުވަހުން ފެށިގެން، އަޅުގަނޑުމެން އެނބުރި ފަސްބަލައެއް ނުލަން. އަޅުގަނޑުމެން ދިޔައީ ކުރިއަށް،" މައުމޫން އޭރު ވިދާޅުވެފައި ވެ އެވެ.
ދުނިޔޭގެ ކުދި އެތައް ގައުމެއް މިހާރު އދ. ގެ މެމްބަރުންގެ ގޮތުގައި އެ ތިބީ ރާއްޖޭން 1965 ވަނަ އަހަރު ކޮށައިދިން މަގުން ދަތުރުކޮށްގެންނެވެ.
މެމްބަރުކަން ލިބުމުން ފުއްދައި ނުލައި، ފާއިތުވި 60 އަހަރުގެ ތެރޭގައި އދ. ގެ އޮނިގަނޑުގެ ތެރެއިން، ރާއްޖޭގެ ފުރިހަމަ މަސްލަހަތު ހިމާޔަތްކޮށް، ދުނިޔެއަށް ކުރިމަތިވި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ރާއްޖޭން ވަނީ އަޑުއުފުލައި، ހަރު އަޑުން ވަކާލާތުކޮށްފަ އެވެ.
އެކަންވީ ދުނިޔެ ހައިރާންކޮށްލި ކަމަކަށް. އޭގެ ކުރިން އދ. މަޖިލީހުގައި މިފަދަ ކުޑަ ގައުމެއް ބައިވެރިވެފައެއް ނެތް. ވަރަށް ގިނަ މީހުން ހިޔާލު ކުރަން ފެށި. އެ ތަނެއްގެ ރައްޔިތުންގެ އަދަދު ކިރިޔާ އެއްލައްކަ ހަމަވާ ތަނެއް އެއީ، އދ. މަޖިލީހުގައި ބައިވެރި ކުރެވިދާނެ ގައުމެއް ބާވައޭ. އެހާ ކުޑަކުޑަ ގައުމަކާ، އެމެރިކާ ނުވަތަ ރޫސީވިލާތް ފަދަ ބޮޑެތި ގައުމުތަކާ އެއްހަމައަކުން އދ. މަޖިލީހުގައި ވޯޓު ދެވެމުން ގެންދެވިދާނެބާވައޭ،--- މައުމޫން
ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާނެ ނުރައްކާތަކަށް ސަރުކާރުތަކުގެ މެދުގައި ހައްލުތަކެއް ހޯދަން ޖެހޭ ކަމަށް 1987 ވަނަ އަހަރު ފުރަތަމަ ގޮވާލީ ރާއްޖެ އިންނެވެ.
އޭގެ ދެ އަހަރު ފަހުން 1989 ވަނަ އަހަރު، ކުދި ގައުމުތަކުގެ ހާލަތު އދ. ގެ އާންމު މަޖިލީހަށް ތައާރަފްކޮށް، އެފަދަ ގައުމުތަކަށް ސަލާމަތީ ގޮތުން ކުރިމަތިވާ ތަފާތު ނުރައްކާތަކާއި ނާޒުކު ހާލަތްތަކަށް ދުނިޔެ ލޯހުޅުވައިދިނެވެ.
ރާއްޖެ އދ. ގައި: ރާއްޖެ ކިތަންމެ ކުޑަޔަސް ދުނިޔޭގެ އެންމެ ބޮޑު މި ޖަމާއަތުގައި އެންމެ އަޑުގަދަ އެއް ގައުމަކީ ރާއްޖެ.
ރާއްޖޭގެ މި ދެ އިސްނެގުމަކީ، ޖަޒީރާ ގައުމުތަކުގެ 1992 ވަނަ އަހަރު އާތް ސަމިޓްގެ ކުރިން، ކުދި ޖަޒީރާ ގައުމުތަކުގެ މަސްލަހަތަށް އެއް އަޑަކުން ވަކާލާތު ކުރުމުގެ މަގު ފަހިވި، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އޭއޯއެސްއައިއެސް) އުފެއްދުމުގެ ބިންގާ އެޅުނު ދެ އިސްނެގުމެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން މިއަދު ރާއްޖެ ބަލައިގަންނަނީ އެ ގައުމުތަކަށް ނަމޫނާއެއްގެ ގޮތުގަ އެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށި ހިމާޔަތް ކުރުމުގައި ރާއްޖޭން ނަގާ ސްޓޭންޑު އެ ގައުމުތަކުން އިސް ކުރެ އެވެ.
ކުޑަ ގައުމަކުން، ބައިނަލްއަގުވާމީ އަދި ހާރިޖީ ހަރުދަނާ ގުޅުންތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި މަޝްވަރާގެ ރިވެތި އުސޫލުތަކުގެ ތެރެއިން ދުނިޔޭގައި ތަފާތު ދެއްކިދާނެ ކަމުގެ ލާމަސީލު ނަމޫނާއެކެވެ.
އދ. ގެ މެމްބަރުކަން ދިނުމުގެ ހައިސިއްޔަތެއް ނެތް ކަމަށް ބުނި، ކުޑަކުޑަ ރާއްޖޭން ވަނީ، އެ މަޖިލީހުގެ އެންމެ އިސް ގޮނޑީގައި އިށީނދެ، ރައީސްކަން ވެސް ކޮށްފަ އެވެ. މިނިވަން، މުސްތަގިއްލު ގައުމެއް ކަމާމެދު އޭރު އުފެއްދި ސުވާލުތަކަށް، ދެވޭނެ އެންމެ ސާފު ޖަވާބު ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
13 October 2025
އެ ނަމަކީ "ޔޫ ތާންޓު" އެއް ނޫން. އެއީ "އޫ ތާންޓު"، މާނަ އަކީ "އަލްފާލިލު ތާންޓު".
ކާއްޓެ
26 July 2025
ހާސްވެގެން މަރުނުވިކަން ރަނގަޅު.
ނޯޕް11
26 July 2025
ނޯޕް. އެއްވެސް މީހަކު ސިއްސައިގެނެއް ނުދޭ. ހިސާބަށްވުރެ ބޮޑަށް ފަޚުރުވެރިވެ ފޮނިކެނޑުމަކީ ރަނގަޅު ގޮތެއް ނޫން.
ލޮއްލަ
26 July 2025
ރާއްޖެތެރޭ މީހުން މާލޭ މީހުންގެ އަޅުވެތިކަމުން މިނިވަން ވާނެ ދުވަހަކަށް މަ އިންތިޒާރު ކުރަނީ.. އަދާހަމައަށް އިނގިރޭސިން އަތްދަށުގައި އޮތަސް ގައުމު މިއަށްވުރެ ކުރީގަ އޮންނާނެކަން ޔަގީން.
ސިޓިޒަން އެކްސް
26 July 2025
މީ ތެދު ހަގީގަތަކީ. އެބަޔަކު ދައްކަން އެންމެ ބޭނުންނުވާ ވާހަކަ! އެއްވެސް ކަމެއްނުކޮށް ބޮޑުކަމާއި ބޮޑާކަމުން ދުރަށްދާން ބޭނުންނުވާތީ!
ސުބޫ
28 July 2025
ވަރަށް ބޮޑު ތެދެއް. ޑެބީ ބުނާހެން އިނގިރޭސިން ތިބިނަމަ މާލެއިން ގަމަށް، ނޫނީ ހަނިމާދޫ ނޫނީ ކައްދުއަށް އަހަރުމެން ދަތުރުކުރާނީ ބްރިޓިޝް އެއަރވޭސްގަ.
ކޮރަލް
26 July 2025
ފުރިހަމަ އަށް މިނިވަނެއް ނުވެ އެވެ. ބޭރުގެ ދަރަނި އޮތީ ސަތޭކަ ބިލިއަނުން މަތީގަ އެވެ. ބޭރުގެ ދަރަނި ނުދެއްކިއްޖެނަމަ އެސްޓް ތައް ދާނެ އެވެ. އެއަރޕޯޓް ވެސް ދޫކޮށްލަން ޖެހިދާނެ އެވެ. ކޮވިޑް ދުވަސް ކޮޅު ވަނީ ޓޫރިޒަމް ހުއްޓި ޑޮލަރު ލިބުން ވެސް ހުއްޓިފަ އެވެ. ސަރުކާރުން ހަރަދު ތައް ކުޑަ ކުރާ ތަނެއް ނުފެނެ އެވެ. 20 ބިލިއަން ލިބޭނަމަ 50 ބިލިއަން ގެ ބަޖެޓް އެބަ ފާސް ކުރެ އެވެ.
އެޗް އެމް
26 July 2025
ޖަމާއަތާއި ނަސްލުތަކާ ގައުމުތަކަށް ނިސްބަތްވުން ނެތެމުންގޮސް ދާދިއަވަހަށް ހުރިހާ އިންސާނުންނަށް ދުނިޔެ އަކީ އެކީގަ އުޅެވޭ ހަމަހަމަ ތަނަކަށް ބަދަލުވެގެންދާނެ. އެހެނީ އިންސާނާ އުފަންވަނީ ވަކި ގައުމެއް ޖަމާއަތެއް ވަކި ވިސްނުމެއް ފިކުރަކާ ނުލައި އިންސާނެއްގެ ގޮތުގަ. އޭނާ ބައްޓަންވެގެންދާނީ އުޅޭ މާހަލުން ލިބިގަންނަ މައުލޫމާތެއްގެ މިންވަރަކުން. މިހާރު ވިހޭތަނުން އެކުއްޖާ ގްލޯބަލައިޒްވޭ.
އަބްޑޫޅް +
26 July 2025
ދިވެހިރާއްޖެ އަޅުވެތި ވަފަ އޮތް ކަމުގަ ތިޔަ ބުނާ ދުވަސްވަރު، ދިވެހީންނަށް އަމުރު ކުރުމަށް ބޭރު ބަޔަކު، ފުރަމާލެ އަށް ހަތިޔާރާ އެކު ފައިބާ ތިބެފައެއް ނެތް. 1940-1976 ގައި އިގިރޭސީން އައްޑޫގަ ތިބި. އެ މީހުން ރާއްޖޭގެ ސަރުކާރަކާ ނުބެހޭ. ނިޔާކުރީ ދިވެހި ފަނޑިޔާރުން. ދިވެހި ސިންގާސަނާގަ ރެދަލިކުރެއްވި ރަސްރަސްކަލުން ރާއްޖެ ހިންގެވީ ވަޒީރުންނަށް އަމުރުކުރައްވައިގެން، ދިވެހި މުވައްޒިފުން ލައްވާ. 1887-1965 މިދެމެދު ރާއްޖެ އޮތީ މިނިވަންކަން މަތީގަ.
ބަބްސް
26 July 2025
އަހަރެެން ދެކެނީ ބަޔެއްގެ ހިމާޔަތުގައި އޮތުމަކީ މިނިވަންކަން ގެއްލިދިޔައީ ނޫންކަމަށް. ޕޯޗުގީޒުން އަތްދަށުގައި އޮތް 15 ވަރަކަށް އަހަރު ފިޔަވައި ދިވެހިންނަކީ އަބަދުވެސް މިނިވަން ގައުމެއްގެ ގޮތުގައޮ އޮތްބަޔެއް. އެހެން ގައުމުތަކެކޭ އެއްގޮތަށް ކޮލަނައިޒް ނުވަތަ އިސްތިޔުމާރީ ބާރެއްގެ ދަށުގައި އޮންނަކަހަލަ ނުފޫޒެއް ރާއްޖެއަކަށް ނުކުރެވޭ. 1965 އާއި ހަމައަށް އައިއިރު ދުނިޔޭގައި އިނގިރޭސިންގެ ބާރު އޮތީ ވަރަށް ކުޑަވެފައި.
ބަބަމވސ
26 July 2025
ތިޔައީ އިޒުރޭލުން ބުނާވަހަކަ. އެމީހެއް އަގުވަޒަންކުރަން ނުދަންނަމީހަކަށް ކޮންމެގޮތެއް ވަރިހަމަވާނެ.
އަބްޑޫޅް +
13 October 2025
މައްސަލައަކީ ދިވެހިރާއްޖޭގަ ޕޯޗުގީޒުން ވެރިކަން ކުރިކަން އަދިވެސް ޕޯޗުގީޒުންނަށް އެނގިފަ ނެތުން. ހަގީގަތަކީ ޕޯޗުގީޒުން ރާއްޖޭގަ ވެރިކަން ނުކުރާކަން. އޭރުގެ ރަސްކަލަކީ މަނުއޭލް ސިރީ ދިރިކުސަ ލޯކަ މަހާރަދުން. އެރަދުންގެ ކުރީގެ ނަންފުޅާކީ 9 ވަނަ ހަސަން ސިރީ ދިރިކުސަ ލޯކަ މަހާރަދުން. އިސްލާން ދީނުން މުރުތައްދުވެ ކިރިސްޓިޔަން ދީން ޚިޔާރު ކުރައްވައި، ކޮއްޗެ އާއި ގޯވައަށް ވަޑައިގެން، މާލޭގެ ވެރިއަކަށް ބެހެއްޓެވީ، ޚާނުޒީ ގެދިޔެ ކަމަނާގެ ބޮޑު މޮހޮންމަދު.
އިނގިއްޖޭ
26 July 2025
ބޮޑަސް ކުޑަޔަސް ލެވެނީ 1 ވޯޓް.
ޒަކީމީ
26 July 2025
މިނިވަންވި ދުވަސް 60 ފަހަރު . ޜައްޔިތުމީހާއަށްވީލުޔެއްނެތް. ޢައްޑު އަށްއެކަނިބަލާލިޔަސް 60 އަހަރު ކުރިޔަށްވުރެހާލުދެރަ. ޢަދިވެސްބޭސްކުރަންމާލެއަށް. މިޔަށްކިޔަނީ އަޅުވެތިކަންނޫންތޯ
ސޮމްބަރ
26 July 2025
ބަލަ ކޯއްޗެކޭ ކިޔާނަމޭ ހިތާ ތަ ތިޔަ އުޅެނީ؟ އަޅުވެތިކަމުގެ މާނަ ޒަކީމީއަށް ނޭނގޭ ކަމަށް ބެލެވެނީ. އަދުގެ އައްޑޫ ދަރިންގެ ހާލަތު. ކަލެމެނަށް ވުރެ ދަށުން 37ވަނަ ދަރަޖައިގަ އޮތް މީހުން ވެސް މާ ތަހުޒީބު ކަންނޭގެ. އައްޑޫ އަކީ އެއްވެސް އިރެއްގަ 1ވަަނަ ދަަރަޖައިގަ އޮތް ބައެއް ނޫން. އަދި 1ވަަނަ ދަރަޖައަށް އަރާނެ ބައެއް ވެސް ނޫން. އާން ތި ކަހަަލަ ކައްޕަޅި ވިސްނުންތަކާއެކުު އެ ކަމެއް ނުވާނެ.