ރެއާލްގެ ވިނީޝިއުސް (ކ) އާއި އެމްބާޕޭ: ވިނީ ޑިމާންޑް ކުރަނީ އެމްބާޕޭ އަށް ދޭ ވަރަށް ވުރެ ވެސް ބޮޑު މުސާރައެއް ހޯދަން
03 އޯގަސްޓް 2025 - 12:43
ރެއާލް މެޑްރިޑްގެ މިހާރުގެ ފޯވާޑް ކިލިޔަން އެމްބާޕޭ އަށް ދޭ ވަރަށް ވުރެ ބޮޑު މުސާރައެއް ހޯދަން ވިނީޝިއުޝް ޖޫނިއާ ޑިމާންޑް ކޮށްފި އެވެ.
އުމުރުން 24 އަހަރުގެ ފޯވާޑްގެ ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތައް ރެއާލުން އޭނާއާ އެކު ފެށުމުން ވިނީ، ޑިމާންޑް ކުރީ އަހަރަކު 25 މިލިއަން ޑޮލަރަށް ވުރެ ބޮޑު މުސާރަ އަކަށްށެވެ. ރެއާލުން އެމްބާޕޭ އަށް ދެނީ އަހަރަކަށް 25 މިލިއަން ޑޮލަރެވެ.
ވިނީގެ މިހާރުގެ ކޮންޓްރެކްޓްގެދަށުން އޭނާ އަށް ރެއާލުން ދެނީ އަހަރަކަށް 20 މިލިއަން ޑޮލަރުގެ މުސާރައެކެވެ. އެ ކޮންޓްރެކްޓް ހަމަވާން އަދި ދެ އަހަރު އެބައޮތެވެ.
އޭނާ ޑިމާންޑް ކުރާ ބޮޑު މުސާރައާ ހެދި ރެއާލަށް ވަނީ އޭނާގެ ކޮންޓްރެކްޓް އާ ކުރުމުގައި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
ބްރެޒިލްގެ ފޯވާޑް ގަންނަން ސައުދީ އަރަބިއާގެ އަލް އަހްލީން ޝައުގުވެރިވެ އެވެ. ކޮންޓްރެކްޓް އާ ކުރަން އޭނާ ބޭނުން ނުވެއްޖެނަ، ހިލޭ ޓްރާންސްފާގެ ކުރިން ބޮޑު އަގުގައި އޭނާ ވިއްކާލަން ރެއާލުން ބޭނުންވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy