ހާފިޒުން ދަސްވެނިވުމަށް ހާއްސަކޮށް ރާއްޖޭގައި ބޭއްވި ފުރަތަމަ ޖަލްސާގައި ހިފްޒު ކުރި ދަރިވަރުންތަކެއް ބައިވެރިވަނީ -- ފޮޓޯ: ރައީސް އޮފީސް
04 އޯގަސްޓް 2025 - 09:45
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ހާފިޒުންނަށް ދޭ އެލަވަންސް 4،000ރ. އަށް ބޮޑުކޮށްފި އެވެ.
ހާފިޒުންނަށް އިނާޔަތުގެ ގޮތުގައި މިހާރު ދެމުން އަންނަނީ މަހަކު 2،000ރ. އެވެ.
އެ އެލަވަންސް ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް ފުރަތަމަ އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި 16 ގައި ބޭއްވި ހާފިޒުންގެ ދަސްވެނިވުމާއި ގައުމީ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގަ އެވެ.
އިސްލާމިކް މިނިސްޓްރީން ރޭ ބުނީ ކީރިތި ގުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން މިދިޔަ މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް މިހާރު ބޮޑުކޮށްފައިވާ ކަމަށެވެ.
އެއާއެކު މީގެ ކުރިން ސަރުކާރުން ދެމުން ދިޔަ 2،000ރ. ގެ އެލަވަންސް 4،000ރ. އަށް ބޮޑުކޮށް، އިއްޔެ ހާފިޒުންނަށް އެ ފައިސާ ޖަމާކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ ބަދަލާ އެކު އެ އިނާޔަތަށް މަހަކު މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ.
ގުރުއާނާ ބެހޭ މަރުކަޒުން މިދިޔަ އޭޕްރީލް މަހު "މިހާރު" އާ ހިއްސާކުރި މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގައި މި ވަގުތު 266 ހާފިޒުން އެބަތިއްބެވެ. އެއީ 126 އަންހެނުންނާއި 140 ފިރިހެނުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ހާފިޒުން ތަމްރީނުކުރުމާއި އެ މީހުންނަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމަކީ ގުރުއާނަށް އޮންނަ ލޯބި އިތުރުކުރުމުގައި ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކެނެޑީ
05 August 2025
ބަލަ ފަރުޟު 5 ނަމާދު މިސްކިތުގަ ކުރާ މީހާއަށް ނެތްތަ އެލަވަންސެއް :ޕ
ޖާނޭ
05 August 2025
މިއީ ވަރަށް ބޮޑު މައްސަލައެއް. ތަންކޮޅެއް ކުރިން މިކަމަށް އެލަވަންސް ދެމުން އައީ މިކަމަށް މީހުން ހިތްހަމަ ޖައްސުވަން. މިހާރު ރާއްޖޭގެ އާބާދީގެ ނިސްބަތުން ގިނަބަޔަކު މިކަން ކުރޭ. މިގައުމުގައި އެބައުޅޭ ބޭސިކް މުސާރަވެސް 4 ހާހަށް ނާރާ މީހުން. ގައުމުގެ މުއްސަނދިކަން ވަކިބަޔަކަށް ބެހުމުގެ ހައިސިއްޔަތު އެކަކަށްވެސް ނޯންނާނެ.
ނައުމާ މުސްތަފާ
05 August 2025
ދީނީ ކަންކަން ކުރިއަރުވަން މިސަރުކާރުން ކުރާ މަސައްކަތް ވަރަށް ބޮޑަށް ފާހަގަވޭ. ބަލައިގަންނަން
ތިހަމް ހުސައިން
05 August 2025
މީ ރަނގަޅު ކަމެއް. މީ ނުލާހިކު ބުރަ ބަޔެއް. އެމީހުންނަށް މި އެލެވެންސް ހައްގު
ތޫބާ ނާޒިމް
05 August 2025
ރައީސް މުއިއްޒް ހުސްވައުދު ނުވާނެކަން މި ހާމަވަނީ. ކަން ކުރާނެ
ދެރަކަންކަން
04 August 2025
ކެމްޕޭނުތެރޭ ޕޯޑިއަމަށް އަރާ ކުރަންބުނާ ކޮންމެކަމެއް ވިސްނާނުލާ މިގޮތަށް ކުރަންވެއްޖެނަމަ ގައުބަގުރޫޓުވަން މާގިނަދުވަހެއްނެތް، މިގޮތަށްއެލަވަންސްދޭން ވެއްޖެނަމަ ދޭންޖޭހޭމީހުން މިގައުމުގަ ބައިވަރު، އޭލެވެލް ޓޮޕްޓެން، ގައުމަށް ރީތިނަންހޯދައިދޭމީހުން، އާއީޖާދު ކުރާމީހުން، މިއީކީ މިކަންވާންޖެހޭ ގޮތެއްނޫން،
ޤައުމާ
04 August 2025
މަވެސް މިފެށީ ހިތުދަސްކުރަން. އޭރުން 65 އަހަރުވަންދެން ދުނިޔޭގައި ހުރެއްޖެނަމަ މަށަށް 9 ހާސް ރުފިޔާ ލިބޭނެތާ. ސަޅި ވިޔަފާރިއެއް.
ދައިގަންނަގުރާ
04 August 2025
ޤުރުއާން ދަސްކުރީމަ ފައިސާގެ އެލައުއެންސެއް ދޭކަށް ނުފެނޭ. އޭގެ ޙައްޤު ޘަޥާބާއި ދަރުމަ ހެއްދެވި ފަރާތުން ދެއްވާނެ ކަމަށް ޤުރުއާނާއި ސުންނަތުން އެނގޭ. ދައުލަތުގަ ފައިސާ މަދުވެގެން އުޅޭއިރު މިއީ ބޭކާރު ޚަރަދެއްކަމުގައި އަހަރެން ދެކެން.
ސާދަ
04 August 2025
ވަކިއެއްޗެއް ކިޔެވީމަ ދައުލަތުން ތާއަބަދަށް ލާރި ދިނުން އިންސާފުވެރިތޯ؟ އަދި މިގޮތަށް ދިވެހިރައްޔިތުންގެ މެދުގައި ތަފާތު ކުރުމަކީ ޤާނޫނު އަސާސީ ތަންދޭކަމެއްތޯ؟
ޓެކްސްފައިސާ
04 August 2025
އިކޮނޮމީއަށް ދިވެހި ފައިސާ ބޯކޮށް ޕަމްޕް ކުރޭ. އެއީ ޑޮލަރ ޝޯޓޭޖަށް ލިބޭނެ ކުރިއެރުމެއް. އަދި ހުރިހާ އެއްމެންގެ މުސާރަ ބޮޑުކޮށްފައި ވަޒީފާ އަދާ ނުކުރާ މީހުންނަށްވެސް އެވަރުގެ އެލަވެންސެއް ކައުންސިލް އިންތިޚާބްގެ ކުރިން ހަމަޖައްސާފައި އިންތިޚާބް ނިމުމުން ކެންސަލްކުރަން ރަގަޅު. މިއޮތީވާ ޤައުމެއް. ދިވެހި ދިދައަށް ބަލަހައްޓައިގެން ތިބުމުން ހުރިހާ ކަމެއް ހަމަޖެހޭނެ