ރައީސްގެ ދެކނަބލުން ހަފުލާއެއްގައި.
05 އޯގަސްޓް 2025 - 23:53
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމައިލެއްވުމަށް ފަހު މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
ރައީސްގެ ދެކަނބަލުން އަމިއްލަފުޅު ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ ޖުލައި 30 ވަނަ ދުވަހުގެ ރޭގަ އެވެ.
އެއީ އަމިއްލަ ދަތުރުފުޅަކަށް ވާތީ ފެށުނީއްސުރެ އަމަލު ކުރަމުން އަންނަ އުސޫލުގެ މަތިން އެ ދަތުރުފުޅުގެ ތަފުސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ރައީސް މުއިއްޒު ވަނީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް މިދިޔަ ޖޫން މަހުގެ 29 އިން ޖުލައި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙުޝާންޓެ
06 August 2025
ސިންގަޕޫރުން އެނބުރި އައުމުން ރައީސް މުއިއްޒު އާއި ފަސްޓް ލޭޑީއަށް ހޫނު މަރުހަބާއެއް.
ސާދަ
06 August 2025
ހާދަ ދަތުރުގިނަ ރައީސެކޭ. ވެރިކަމުގައިވީ ކޮންމެ މަސްދުވަހަކަށް ބޭރު ދަތުރެއް އެބަކުރޭ!
ސުލްތާނާ ވަހީދު
06 August 2025
ފެނިގެން މިދަނީ ރައީސްގެ ހިކުމަތްތެރި ތެރި ކެމެވެ. ސިޔާސީ ހިޔާލު ތަފާތު މީހުން ހައްޔަރު ނުކޮށް ރީތި ވެރިކަމެއް ހިނގަމުންދާ މަންޒަރެވެ.
އަޅި އަލީ
06 August 2025
ކޮބާ ރަނގަޅު ހަދިޔާއެއް ގެންނެވިންތޯ؟
ހަސަން ރަސާދު
06 August 2025
މަރުހަބާ ރައީސް، ރައީސް ޗުއްޓީގައި ހުންނެވި އިރުވެސް ފާހަގަ ވެގެން ދިޔައީ ގައުމުގެ ކަންކަން ވަރަށް ރަނގަޅަށް ހިންގަވަމުން ދިޔަ މަންޒަރު
ފެކްޓްްް
06 August 2025
ޗުއްޓީއަށް ރާއްޖެއައީ ދޯ!
ބިންދާސް
06 August 2025
މިފަހަރު ނުބާއްވާތޯ ފޯރަމެއް،، ވަރަށް ބައިވަރު އިންވެސްޓަރުން އެބަތިބި ސިންގަޕޫރުގަ ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ގޮތެއް ނޭގިގެން،