ޚަބަރު / ރާއްޖެ-ސިންގަޕޫރު

ރައީސްގެ ދެކަނބަލުންގެ ނަމަށް ނިސްބަތްކޮށް ސިންގަޕޫރުގައި އޯކިޑަކަށް ނަން ދީފި

ރައީސް މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާގެ ނަމުން ނަން ދިން އޯކިޑުގަހާ އެކު އެ ދެ ކަނބަލުން މިއަދު މަޑުކޮށްލައްވައިގެން.---ފޮޓޯ: ރައީސް އޮފީސް

ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ނަމުން އޯކިޑަކަށް ނަން ދީފި އެވެ.

ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް ރައީސް މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ނޭޝަނަލް އޯކިޑް ގާޑަން އަށް މިއަދު ހެނދުނު ޒިޔާރަތް ކުރެއްވުމުން އެ ދެކަނބަލުންގެ ނަމަށް ނިސްބަތްކޮށް، އެ ތަނުގެ އެކޯޑް ގަހަށް ނަން ދިންކަމުގެ ލިޔުން އެ ދެކަނބަލުންނާ ހަވާލުކޮށް ދެއްވީ ނޭޝަނަލް އޯކިޑް ގާޑަންގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. ޓެން ޕުޔޭ އެވެ.

ސިންގަޕޫރަށް ރަސްމީ ދަތުރުފުޅުތަކުގައި ވަޑައިގަންނަވާ އެހެން ގައުމުތަކުގެ ރައީސުންނާއި ފަސްޓް ލޭޑީންގެ ނަމުން އެ ގާޑަންގައި އޯކިޑް ގަހަށް ނަން ދިނުމަކީ އެ ބޭފުޅުންގެ ޝަރަފުގައި ސިންގަޕޫރުން ކުރާ ކަމެކެވެ.

ރައީސް މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަން އަށް މިއަދު ވަޑައިގެން މެހުމާނުންގެ ފޮތުގައި ލިޔުއްވަނީ--ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ދެކަނބަލުން މިއަދު އޯކިޑް ގާޑަންއަށް ކުރެއްވި ޒިޔާރަތުގައި، އެތަން ބައްލަވާލެއްވުމުގެ އިތުރުން މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ރައީސާއި ފަސްޓްލޭޑީ ވަނީ ސޮއި ކުރައްވައިފަ އެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ރައީސުންނާއި ފަސްޓް ލޭޑީންގެ ނަމުން އެ ގާޑަންގައި އޯކިޑް ގަހަށް ނަން ދީފައިވެ އެވެ.

ސިންގަޕޫރާއި ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން ބަދަހި ކުރިތާ 50 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ރައީސް މުއިއްޒު އަންނަ ބުދަ ދުވަހާ ހަމައަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ސިންގަޕޫރުގެ ރައީސާއި ބޮޑުވަޒީރާ ބައްދަލު ކުރެއްވުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

22 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 0%
icon angry icon angry 31%
icon wow icon wow 0%
icon inlove icon inlove 62%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސީނު

01 July 2025

އާޗާ! ނަމެއް ކިއްޔާ ބަކަރި ކަތިލައި ބޮނޑިބަތް ވެސް ބަހަން ވާނެ.

The name is already taken The name is available. Register?

ކިމް

30 June 2025

ދެން އެ ނަމަކީ ކޮބާޔޯ

The name is already taken The name is available. Register?

ކަމަކުނުދޭ،،،،

30 June 2025

ގާޑަނަށް ދިވެހިން ކިޔަނީ ބަގީޗާ !!!

The name is already taken The name is available. Register?

ސިލްމާ ޒާހިރު

30 June 2025

މި އޯކިޑަށް ދެނުވު ނަމަކީ "ވަންޑާ މުޙައްމަދު މުޢިއްޒު ސާޖިދާ މުޙައްމަދު" President Muizzu and First Lady Sajidha will also visit the National Orchid Garden where a new orchid hybrid, Vanda Mohamed Muizzu Sajidha Mohamed, will be named in their honour. https://www.mfa.gov.sg/Newsroom/Press-Statements-Transcripts-and-Photos/2025/06/250629-Maldives-State-Visit

The name is already taken The name is available. Register?

ގައުމީ ދޫ.

30 June 2025

ތިކަން މާ ބޮޑުކަމަށް ވިއްޔާ ވަނީ ފިނިފެން މަލަށް. އަހަރެމެން ގެ ވިސްނުންހުރީ ޑޮލަރުގެ އިންތިހާއަށް ބޮޑުވެ ، މުދަލާއި ޚިދުމަތުގެ އަގު އުފުލިގެންދާއިރުވެސް އެކަމަށް އެއްވެސް ހައްލެއް ހޯދަން މިސަރުކާރަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭތީ ގައުމު ހަމަމަގަށް އެޅުވޭނެ ލީޑަރަކާއި ދޭތެރޭ!

The name is already taken The name is available. Register?

ޖުލައި2021

30 June 2025

އަންނި އާ އިބޫއާ. ވަހީދު އާ މައުމޫނުގެ ނަން ކިޔާ އޯކިޑްވެސް ތިތާގަ ހުންނާނެ. ތީ ސިންގަޕޯރަށް ރަސްމީ ދަތުރަކު ގައުމެއަގެ ވެރިޔަކު ގޮއްސިއްޔާ ކުރާ ރަމްޒީކަމެއް.

The name is already taken The name is available. Register?

މައު

30 June 2025

މިތާނގައި ކޮމެންޓުކުރާ ކުދިންކޮޅަށް. މިއަކީ އާކަމެއް ނޫން. މިރާއްޖޭގެ ކުރީގެ ބައެއްރައީސުންވެސް އެތަނަށް ޒިޔާރަތްކުރި. އެމީހުންގެ ނަމުގައިވެސް އޯކިޑަށް ނަންދެވުނު. މައުލޫމާތު ހޯދާ.

The name is already taken The name is available. Register?

އަބްޑޫޅް +

30 June 2025

ޙޫމް، އާދައިގެ ގޮތެއްގަ އައު ކަމެއް ނޫން. އެކަމަކު، މި މާތް، ޖޫން މައްސަރު ގަ، މިއީ އައު ކަމެއް.

The name is already taken The name is available. Register?

ބޯބްރާންޗް

30 June 2025

ސުރުޚީ ކިޔާލާފަ މަ އަދި ހީކުރީ ކ. މާލޭ އޯކިޑު މަގަށް މުޢިއްޒު މަގޭ ކީކަމަށް. ކެކެކެކެކެކ

The name is already taken The name is available. Register?

ހުމާމް

30 June 2025

އިދިކޮޅު މީހުންގެ މޭތައް މިއަދު ނިކަން ގަދަޔަށް ކަރާނެ. ކަޑަވެފަ ތިބެންޖެހޭނީ

The name is already taken The name is available. Register?

ރަތްގާ

30 June 2025

އަލަކަށް ވީ ކަމެއް ނޫން އިނގޭތޯ މިއިކީ

The name is already taken The name is available. Register?

އައިޝަތް ޒާހިރު

30 June 2025

މަރުހަބާ ރައީސް. މަރުހަބާ ފަސްޓް ލޭޑީ. ޕްރައުޑް މޫމެންޓް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454