06 އޯގަސްޓް 2025 - 10:08
ކ. ހުރާގެ ބަނދަރުމަތީގައި އެ ރަށު ކައުންސިލްގެ ފަރާތުން މޮނިއުމަންޓް ބެހެއްޓިތާ ހަފުތާއެއް ނުވަނީސް އެ ތަން ހަލާކުކޮށްލައިފި އެވެ.
ޓޫރިސްޓުންގެ މެދުގައި "ކްރެބް އައިލެންޑް" ގެ ގޮތުގައި މަޝްހޫރުވެފައިވާ ހުރާގެ ބަނދަރުމަތީގައި ބެހެއްޓި މޮނިއުމަންޓުގައި އެ ރަށުގެ ނަމާ އެކު، ހަރުކޮށްފައި ހުރީ ރަތް ކަކުންޏަކާއި މާކަނަ އެކެވެ.
ހުރާ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ފައިބަރުން ހަދާފައިވާ މޮނިއުމަންޓުގެ ބައެއް ތަންތަނަށް ގެއްލުންދީ، އިއްޔެ ރޭ ދަންވަރު ހަލާކު ކޮށްލާފައިވާ އެވެ.
މޮނިއުމަންޓަށް ގެއްލުން ދިން މީހުން ހޯދަން ކައުންސިލުން މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.
ފުލުހުންނަށް މައްސަލަ ހުށަހެޅީ އެއީ ރަށު ރައްޔިތުން ވަރަށް ބޮޑު ހަރަދެއް ކޮށްގެން ތައްޔާރުކުރި މޮނިއުމަންޓަކަށް ވާތީ އާއި އެފަދަ އަމަލުތަކަކީ ރަށުގެ ކުރިއެރުމާއި ތަރައްގީ އަށް އެޅޭނެ ހުރަހަކަށް ވާތީ ކަމަށް ކައުންސިލުން ބުންޏެވެ.
"މިފަދަ ނާތަހުޒީބު އަމަލުތައް ހިންގާ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅި ހައްގު އަދަބު ނުދެވޭ ނަމަ މިފަދަ އަމަލުތައް މުޖުތަމައުގައި ތަކުރާރުވެ، ރައްޔިތުންގެ އަމަންއަމާން ކަމަށް އަސަރުކޮށް، ރަށުގައި ފިތުނަ ފަސާދަ އިތުރުވެގެން ހިނގައިދާނެ ކަމަށް ކައުންސިލުން ދެކެމެވެ،" ބަޔާނުގައި ވެ އެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި މޮނިއުމަންޓުގައި ހަރުކޮށްފައިވާ މާކަނަ އަށް ގެއްލުން ދީފައި ވަނީ ދަގަނޑެއް ފަދަ އެއްޗަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސދދފޗ
07 August 2025
އެމެރިކާއަކީ ހުރިހާ ވާހަކައެއް ދެއްކޭ ގައުމެއް ކަމަށްވަނީ. އެކަމަކު އެގައުމުގައި ޔަހޫދީންނާ ދެކޮޅަށް ބަހެއް ބުނެފިއްޔާ އެމީހެއްގެ ވަޒީފާ ގެއްލި އެތައް އުނދަގުލެއް ލައިގަނޭ. އެކަންކަމުން އެނގެނީ ކޮންމެ ތަކެއްގައި ވެސް އެބަޔަކު ޤަބޫލު ކުރާ ހަމަތަކާއި ގޮތްތަކެއް ހުންނަކަން. ރާއްޖޭގައި އެކި ސޫރަސޫރައަށް މޮނިއުމަންޓް ހެދުމަކީ ރައްޔިތުން ބަލައިގަންނަ ކަމެއްނޫންކަން ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ހާމަވި.
ހެޔޮނުވާނެ
07 August 2025
ހަރުކައްޓޭމެންގެ ކަންތަކަށްވާނީ
ޢެޑްމުންޑޯ
06 August 2025
ހަގީގަތް ނޭގެނީސް އެކިމީހުންނަށް ބަދުބަސް ބުނެ ކޮމެންޓް ނުކުރޭ ، ރަށުގެކައުންސިލް އިން ކުރާ ކަންތަކަށް ހިތްހަމަނުޖެހި ރުޅިއަންނަ މީހަކުވެސް ތިފަދަ ކަމެއްކޮއްފާނެ ،
އާފް
06 August 2025
މޮނިއުމެންޓް ނުބެހެއްޓިޔަކަސް އެއީ އެރަށެއް ކަން އެގެން ޏާނިމުނީނު
ލަބީ
07 August 2025
ބލއއނ - ކަލެއަށް އެނގުނަސް އަހަރެންދާ އިރަށް މަށަށް އިނގޭތަ ؟ ރަށުން ބޭރު ގައުމުތަކަށް ދަތުރު ކޮށްނުލާ ތިހެން ތިބޭތީ އޭ ތިހާ ކޮސް ގޮވަނީ
ޏާއްކޮ
07 August 2025
ލަބީ ފަންޑުކޮށްދޭން ވީނު ދޯ އަހަރުން ކަހަލަ ގަމާރުން ދަތުރުކޮށްލަން. ލާރި އެއީ ގަހުގަ އަޅާ އެއްޗެއް ވިއްޔާ
ގވސދފ
06 August 2025
މިފަދަ ތަކެތި ހަދާއިރު ވިސްނަންވާނެ ރައްޔިތުން ދެކޭ ގޮތާމެދު. އެހެންނޫނީ މިފަދަ ކަންކަން ތަކުރާރުވާނެ. މާލޭގައި އަދި އެހެން ރަށްރަށުގައި ދިރޭ ތަކެތީގެ ސޫރައަށް އެއްޗެހި ނަހަދަނީ އެކަމުން ނުކުންނާނެ ނަތީޖާއަށް ބަލާފައި... ރާއްޖޭގެ ތާރީޚާއި މީސްތަކުން މިފަދަ ތަކެއްޗާމެދު ދެކޭ ގޮތާއި އެހުރިހާ ކަމަކަށް ބަލަންވާނެ، ޚާއްޞަކޮށް ކައުންސިލުން މިފަދަ އެއްޗެއް ހަދާނަމަ.
އަލީ!
06 August 2025
ފިހާރަތަކުގައި ހެދުންއަޅުވާފަވެސް ހުރޭ އެކަހަލައެއްޗިހި.. ގައިމު ތަޅައެއްނުލާ..
ހުސެންް
06 August 2025
ތިރަށުގަ ޓުއަރިޒަމް ވަރައް ކުރި އަރާނެ
އަކޫ1
08 August 2025
ވަރުގަދަ ޓޫރިޒަމެއް ދީނުންބޭރުވެގެންވެސް ، ރާވިއްކައި އޫރުމަސްވިއްކާނެ އަދި، ގެސްޓުން ބޭނުންވެޔަެކިޔާފަ، ނާދލސިގެވެސް މe ވަރުން ހަދާނެ ,ބމިހާރުވެސް ބިކިނީގަ މީހުން އުޅޭތަންތާގަވެސް، ޑޮލަރު ލިބުނީމަ ނިމުނީ !
އައްށައިހް
06 August 2025
ހާދަހާ ދެރަވަޑާމެކޭ އަހަރުމެނައް ޖެހިފަމިއޮތީ.
ބުދުބެހެއްޓުން
06 August 2025
ތިވާނީ ބުދުބެހެއްޓީކަމައްބަލާ ހަލާކުކޮއްލީކަމައް. ބައެއްމީހުންގެ ވިސްނުން ކޮށިކަންނޫން އެހެންކަމެއްނޫން.
ބަހޫލް
06 August 2025
ބުދު ހަދަން ހުރާ މީހުންނަށް ހަލާލް ވީތަ؟
އަސަދު
07 August 2025
ދީން މާބޮޑަށް ތިހިރީ ކިޔެވިފަ.