މެމްބަރު ފަލާހު، ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް
06 އޯގަސްޓް 2025 - 13:57
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 80 ޕަސެންޓުން ކާމިޔާބު ކުރާނީ މި ސަރުކާރު ހިންގާ ޕީއެންސީން ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެ އިސްލާހުތަކުގެ ބޭނުމަކީ ކައުންސިލްތަކުގެ ބާރު ކަނޑުވައިލުން ކަމަށް އިދިކޮޅުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، ކައުންސިލްތަކަށް ލިބިފައިވާ ހައްގުތައް ނިގުޅައިގަންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫޅުއްވާ ކަމަށެވެ.
އެމްޑީޕީން އެންމެ ކަންބޮޑުވާ އެއްކަމަކީ ކައުންސިލްތަކުގެ މުއްދަތުގެ އެންމެ ފަހު އަހަރު އެ ތަންތަނަށް މުވައްޒަފުން ނެގުމުގައި ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭގެ ދައުރެއް އޮންނާތީ އެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ އެއް އަހަރު ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް ނަމަ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ނޫނީ ބައެއް ކަންކަން ކައުންސިލުން ކޮށްގެން ނުވާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް އިދާރާ އަށް ނުވަތަ ކައުންސިލް އޮފީހަކަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުމެވެ.
އެ ބޭފުޅުންނަށް އެނގޭނެ ﷲ ގެ ރަހުމަތްފުޅުން މި އަންނަ އަހަރު މި އޮންނަ ލޯކަލް ކައުންސިލް އިންތިހާބު، ޝައްކެތް ނެތް 80 ޕަސެންޓު ކާމިޔާބު ކުރާނީ ޕީއެންސީން. އަޅުގަނޑުމެންގެ ކައުންސިލަރުން ތިބޭނީ،"--- ފަލާހު
ފަލާހު ވިދާޅުވީ، ވެރިކަން ވިޔަސް އަދި ކައުންސިލްތައް ވިޔަސް ފަހު އަހަރު ކުރާ ކަމަކީ ކުރިއަށް އޮތް އިންތިހާބަށް ތައްޔާރުވެ، ކެމްޕެއިން ކުރުން ކަމަށެވެ. އެހެންވެ، އިންތިހާބު ކާމިޔާބު ކުރުމުގެ ބޭނުމުގައި ރަށްރަށުގައި ހުންނަ މުހިންމު ބިންތައް ދޫކުރުމާއި މުވައްޒަފުން ނެގުން ކަހަލަ ކަންކަން ބައެއް ކައުންސިލްތަކުން ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެ ކައުންސިލްތަކަށް ލިބޭ އިހުތިޔާރުގެ ތެރެއިން ނާޖާއިޒު ގޮތަކަށް ކުރާ ކަންކަން ކަމަށް ވެސް ވިދާޅުވި އެވެ.
"ހަގީގަތުގައި އެ ކަންކަން [ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލުގެ ބިލުން] މި ހުއްޓުވަނީ. މިއީ އިދިކޮޅު އެމްޑީޕީން ވެސް ތާއީދު ކުރަންޖެހޭނެ ކަމެއް. އެ ބޭފުޅުންނަށް އެނގޭނެ ﷲ ގެ ރަހުމަތްފުޅުން މި އަންނަ އަހަރު މި އޮންނަ ލޯކަލް ކައުންސިލް އިންތިހާބު، ޝައްކެތް ނެތް 80 ޕަސެންޓު ކާމިޔާބު ކުރާނީ ޕީއެންސީން. އަޅުގަނޑުމެންގެ ކައުންސިލަރުން ތިބޭނީ،" އިނގުރައިދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
އެކަމަކު، އޭނާ ވިދާޅުވިގޮތުގައި ޕީއެންސީގެ ކައުންސިލަރުން ވެސް އިންތިހާބު ކާމިޔާބު ކުރަން ނާޖާއިޒު ގޮތުގައި ކަންކަން ކޮށްގެން ނުވާނެ އެވެ.
ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ވެގެން ނުވާނެ ކަމަށް ބިލްގައި ބަޔާން ކޮށްފައިވުމަކީ ވެސް އެމްޑީޕީގެ ކަންބޮޑުވުމެކެވެ.
އެ އަށް ޖަވާބު ދެއްވަމުން ފަލާހު ވިދާޅުވީ، އޭނާ ނިސްބަތްވާ ރ. އަތޮޅުގެ އެއްވެސް ރަށެއްގައި ލޯކަލް އޮތޯރިޓީ ކުންފުނިތައް ހަދައިގެން ވިޔަފާރި ނުކުރާ ކަމަށެވެ. އޭނާ އުފެއްދެވި ސުވާލަކީ، ލޯކަލް އޮތޯރިޓީ ކުންފުންޏަކުން ދެ މިލިއަން ރުފިޔާގެ ވިޔަފާރި ރަށެއްގައި ފެށުމަށް ފަހު އެ ރަށުގައި ހުރި 10 ވަރަކަށް ކުދި ފިހާރަ ބަނގުރޫޓުވުންތޯ މުހިންމީ ވިސްނާލަންޖެހޭ ކަމަށެވެ.
"އެހެންވީމާ މި ހުރިހާ ނަޒަރަކުން ވިސްނަން އެބަޖެހޭ،" ފަލާހު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަސަފަފ
07 August 2025
ހިޔެއް ނުވޭ
ހުސަ
07 August 2025
ހިއެއްނުވޭ ތިޔަވަރުވާނެހެން! އެކަމަކު ކާމިޔާބު ކުރާނީ ޕީއެންސީ! ކިހިނެތް ތިބުނާވަރުގެ ޕަސެންޓެއް ލިބޭނީ! ރައިސްގެ އަރިހުގައި ތިއްބަވައިގެން ބޮޑުތަނުން ޖަރީމާ ހިންގައިގަނީ! އެއޮތީ ބާރަށު "މައިކު" ކޮށްފައި އޮތް ނުލަފާކަންތައް ފަޅާއަރާފަ! ދެން އެކަހަލަ އެތައް ކަމެއް ހިނގާކަމަށްވަނީ! މިކަންކަން ހުށަހެޅި ބަލަން ފެށީމާ "ނުފޫޒް" މޭޒު ދަށުން ސިއްރުސިއްރުން ފޯރުވަނީ! ހުރިހާ ކެމެއް ރައިސްގެ އިސްތަށިފުޅުގައި މިއެޅުވެނީ އާޚިރުގައި! ލަނޑުދެނީ ކައިރީތިބެގެން!
އަފްސަލް ހަމީދު
07 August 2025
އަހަންނަކީވެސް އެމްޑީޕީ މީހެއް. އެކަމަކު ހަމަ ފެންނަނީ ލޯކަލް ކައުންސިލް އިންތިހާބް ސަރުކާރުން 70% މަދުވެގެން ނަގާތަން
ނާތެދެއް
07 August 2025
ކޮން ދުވަހަކުތަ ސޮއިކުރީ އެމްޑީޕީއަށް
ނޫޝީން ހަމީދު
07 August 2025
މިއަދު ހުރިހާ ރަށެއްގައިވެސް ބޮޑެތި މުހިއްމު ޕްރޮޖެކްޓްތައް ދަނީ އެތުރެމުން. ފެށެމުން ނިމެމުން. އެހެންވީމަ ތިކަން ތިހެން ވުމުގެ ފުރުސަތު ވަރަށް ބޮޑު
ރީހާން ޔޫސުފް
07 August 2025
މީ ތެދެއް. ގދ ތިނަދޫއިން ހަމަ ޔަގީނުންވެސް ލިބޭނެ. އަހަރުމެން މިތިބީ އެގޮތުގައި
ރިފާއު އައްބާސް
07 August 2025
ރައީސް މުއިޒްއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ތާއިދު އެބައޮތް.
މާޒިން މުހައްމަދު
07 August 2025
އަސްލުވެސް ނަގާނެ. އެމަންޒަރު އެބަފެނޭ. ރައީސް މީހާ ނިކަން އެކަމަށް ކަން ކަން ކުރާތަން އެބަފެނޭ. އިންތިހާބަކަށް ނުބަލާ ވައުދުތައް ރަނުން ރަނަށް ފުއްދާތަން ފެނިގެން ދަނީ
އަކްޝަމް މުހައްމަދު
07 August 2025
މިގައުމަށް އަދި ރައްޔިތުންނަށްވެސް ފައިދާ ބޮޑުވާނީ މިހެން. ތަރައްގީ ނުހިއްޓި ގެނުވޭނީ އޭރަށް.
ނޫޝީން މުހައްމަދު
07 August 2025
އިންޝާﷲ މި އިންތިހާބް ބޮޑުތަނުން ނަގާނީ މިސަރުކާރުން.
ފެންވަރުން ވާހަކަ ދައްކަބަލަ؟
07 August 2025
ޕްރައިމަރީ ސްކޫލް ކުދިންވެސް މިހާރު އުޅޭ ގޮތެއް ދޯ؟
ލިހާޒް މުހުސިން
07 August 2025
ޕްރައިމަރީއަކަސް މީ ހަމަ ކަން އޮތް ގޮތް. 80 ނުލިބުނަސް 70 ލިބޭނެ