މޯލްޑިވްސް އިމިގްރޭޝަންގެ އޭދަފުށީގެ އޮފީސް ރައީސް މުއިއްޒު މިއަދު ހުޅުއްވައި ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
12 އޯގަސްޓް 2025 - 09:24
ބ. އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި އެވެ.
އެ އޮފީސް ހުޅުވައި ހިދުމަތް ފައްޓަވައިދެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ މަނިކުފާނެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓަށް އެދި ހުށަހެޅުމާއި ދޫކުރުމުގެ ހިދުމަތުގެ އިތުރުން އައިޑީކާޑު ވެސް އެ އޮފީހުން މިއަދުން ފެށިގެން ލިބޭނެ ކަމަށެވެ.
ހިދުމަތް ފެށުމުގެ ގޮތުން އެ އޮފީހުން ވަނީ ފުރަތަމަ ޕާސްޕޯޓު ވެސް ވެރިފަރާތާ ހަވާލުކޮށްފަ އެވެ. އިމިގްރޭޝަން ކޮންޓްރޯލާ އަހުމަދު ފަސީހު ވެސް ބައިވެރިވެވަޑައިގަތް އެ ރަސްމިއްޔާތުގައި ޕާސްޕޯޓު ހަވާލު ކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
އޭދަފުށީގައި މިއަދު ހުޅުވި އިމިގްރޭޝަންގެ އޮފީހަކީ ހިދުމަތްތައް ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން އެ އަތޮޅުގައި ފެށި ފުރަތަމަ ހިދުމަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާއްޖެތެރެ ސޮރު
12 August 2025
ތިޔަށްވުރެއް ރަނގަޅުވާނެ ތުޅާދޫ ފަރަށް ބޮލިހޮވަން ދިޔަސް
ޖުހާޅޯ
12 August 2025
ތިޔައްވުރެމާރައްޔަތުންގެޖީބައްލުއިވީސް ތިޕާސްޕޯޓްއަގުން 1/2 ރުފިޔާކަޑާލަދިންނަމަވެސް ތިތަނުގެޚަރަދުމަހުންމަހައްނުވެސްލިބޭނެ ހަމަކަޑައެއްޖަހާލީ ކުރިިއައްހުރިވޯޓްތަކައް ވަރައްސަލާމް
އަލިކޮ
12 August 2025
މި ކަހަލަ ތަންތަން ހުޅުވަން ވެސް ރައީސް ތަ ދާން ޖެހެނީ؟ އެއްވެސް އަގެއްނެތް.
މަގޭބުނީ
12 August 2025
ޕާސްޕޯޓް ހަދައި ދޫކުރަން ކޮންމެހެން ރަށްރަށުގައި އޮފީސްތަކެއް ހަދާކަށް ނުޖެހޭނެ. އެއަރޕޯޓްތައް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް މިހާރު އެބަހުރި. އެއަރޕޯޓުގެ އިމިގްރޭޝަން އޮފީހުން ޕާސްޕޯޓް ހަދައި ދޫކުރުމުގެ ޚިދުމަތް ދިނުމުން ސަރުކާރަށް ލުއިވެފައި ޚަރަދުވެސް ބޮޑުތަނުން ކުޑަވާނެ.
އަހުމަދުބޭ
12 August 2025
މިހުންނަނީކީ ދެމެހެއްޓެނިވި ގޮތުގައި ކުރެވިދާނެ ކަންކަމެއްނޫން، ކިތައްޕާސްޕޯރޓްބައި މަހަކު ހައްދައިނީ؟ ކިތަށް އައިޑީބައި ހައްދައިނީ؟ މިޒަމާނުގައި ތިފަކަންކަން ރަށުގައި ތިބެގެންވެސް އޮންލައިންކޮއް ކޮއްލެވޭނެ، ޕޯސްޓު މެދުވެރިކޮއް ޑެލިވަރ ކުރެވޭނެ ރަށުއޮފީހަށް ގެންނަ ކުޑަބަދަލް އަކުން، ދެން ކޮންމެ ރަށެއްގައި އިމިގުރޭސަން ހަދައިގެން ބަޔަކަށް މުސާރަދީ ކޮފީބޯން ބައިތިއްބަންވީ އަނެއްކާ
އަންމި
12 August 2025
މިހާރު ތި ދައްކަނީ ބޭކާރު ވާހަކަ. ކަލޭ ނުބުންޏަސް އިނގޭ ޕޯސްޓް އިން ފޮނުވޭނެކަން. އަދިވެސް ކަޓު ގޮތް ތި ވިސްނަނީ. ޕާސްޕޯޓާ ގުޅޭ މައްސަލައެއް އިނަސް އެތަނަކަށް ގޮސް އެކަމެއް ހައްލު ކުރަން ފަސޭވަ ވާނެ. ދެން ތި ދެއްކީ ބޭކާރު މުސާރައެއް ދޭ ވާހަކަ. ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ދިނުމުގެ ގޮތުންވެސް ތި ތަނެއް ހުޅުވަން ޖެހޭ. ވަޒީފާއަށް ދާ މީހުން ކޮފީ ބޯން ތިބެނީ އަމިއްލަ ފަރުވާ ކުޑަ ކަމުން. އެއީ ރައީސްއާ ބެހޭ ކަމެއް ނޫން
ގައިސް
12 August 2025
ރައްޔިތުންނަށް ދޭ ހިދުމަތްތައް ލާމަރުކަޒު ކުރުމުގެ ވާހަކަ ދައްކަނީވެސް ހަމަ އަހަރުން ދިވެހީން. އެގޮތަށް އަމަލު ކުރީމަ ހިންހަމަ ވެސް ނުޖެހެނީ އަހަރުން ދިވެހީން. ދިވެހީންނަކަށް ނޯންނާނެ ރަނގަޅު އެއްވެސް ގޮތެއް. އޭގެން އެކަކު އަހުމަދުބޭ އަކީވެސް. ހިތް ނުފުރޭނެ އަމިއްލަ އެކައުންޓަށް ލާރި ނުވަންނަނީސް. މިކަހަލަ ކަންކަން މީ ބޭކާރު ކަންގޮތުގަ ފެންނާނީ
މާނުު
12 August 2025
ކޮބާ ކޮބާ ފ.ނިލަންދޫގައި މީގެ އޮފީހެއް ނުހުޅުވާތަ؟
ބޮޑޭމީހާ
12 August 2025
ޕާސްޕޯޓު ނަގަން ދެވޭނެ