ފުލުހުންގެ މައި އިދާރާ: މިސްކިތަށް އެރި މީހެއްގެ އަތުން ފައިސާ ނެގި މައްސަލައެެއް ދަނީ ބަލަމުން،.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
12 އޯގަސްޓް 2025 - 10:43
ޒިޔާރަތް މިސްކިތަށް ނަމާދަށް އެރި ދުވަސްވީ މީހަކަށް ޑޮލަރު ދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ރުފިޔާ ހިފައިގެން ފިލި ސިޓީ ކައުންސިލުގެ މުވައްޒަފެއްގެ މައްސަލަ ބަލަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި، ޒިޔާރާތް މިސްކިތުގައި މަސައްކަތު މީހެއްގެ ގޮތުގައި އުޅުނު މައުރޫފް އަލީ ނަމަކަށް ކިޔާ އެ މީހާ ވަނީ މިސްކިތަށް އަރާ ދުވަސްވީ މީހަކަށް 4،000 ޑޮލަރު (ގާތްގަނޑަކަށް 61،680ރ.) ވިއްކާނެ ކަމަށް ބުނެ، އެ އަދަދަށްވާ ފައިސާ ނަގައިފަ އެވެ. އަދި އެހެން މީހަކަށް ވެސް 1000 ޑޮލަރު ވިއްކާނެ ކަމަށް ބުނެ އޭގެ ފައިސާ ނަގާފައިވާ ކަމަށްވެ އެވެ.
އެކަމަކު ފައިސާ ނެގުމަށް ފަހު އެމީހާ ވަނީ ފިލައިފަ އެވެ.
އެ މައްސަލާގައި "މިހާރު" އިން ސުވާލުކުރުމުން މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ކައުންސިލަށް ހުށަހެޅިގެން އެޗްއާރުން ވެސް މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަން ހިނގި ފަހުން އެ މުވައްޒަފު އޮފީހަކަށް ނުނުކުމެ އެވެ.
"އެކަމެއް ހިނގި ފަހުން އޭނަ އޮފީހަކަށް ނުނިކުމޭ. އޭނާގެ ސުޕަވައިޒަރަށް މެސެޖެއް ފޮނުވާފައިވޭ އަންގާރަ ދުވަހު، ވަޒީފާ އިން ކެނޑެން ބޭނުންވާ ކަމަށް ބުނެ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާޕޯޓުން ވަޒީފާ ލިބިފައިވާ ކަމަށް ބުނެ، ސިޓީ ކައުންސިލުގެ ވަޒީފާ އިން ވަކިވާން އެދި އެމީހާ ވަނީ ސުޕަވައިޒަރަށް މެސެޖެއް ފޮނުވާފައި ކަމަށެވެ. އެކަމަކު އޭނާ ވަޒީފާއަށް ނުނުކުތް ނަމަވެސް މައްސަލަ ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެ މައްސަލާގައި ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުސްބުޅި
13 August 2025
ތިމީހަކު ގައުމުން ބޭރުނުވަނީސް އެއަރޕޯޓަކުން ނުފުރޭގޮތް ހަދަން އެގުނަސް ރަނގަޅު.
ބަންގު ބުއްދި
13 August 2025
ބޭރު މީހަކަށްތި ވާނީ! މަސަްކަތު މީހަކަކަށް އުޅޭ ދިވެއްސަކަށް ޑޮލަރެއް ނުލިބޭނެ ކަން ގަމާރަކަށްވެސް އިގޭނެ! ތި މީހާ ތީ ބަންގްލަދޭޝް ބިދޭސީ އެއްވީމަ ޑޮލަރު ހުންނާނެ ކަމަށް ހީކޮށް ތި ދަންތުރާގަ ޖެހޭނީ
ނާނަޓީ
13 August 2025
ސިޓީ ކައުންސިލޭ؟؟؟ ލޮލް. އެތާ މުއައްޒަފުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ލާރިކޮޅަކަށް!
އޮނަރަބްލް އަފީފު ދީދީ
12 August 2025
ތިގޮތަށް މަކަރާއި ޙީލަތް ހަދައިގެން ކަންކަން ކުރުމަކީ މިހާރު ރާއްޖޭގައި އާންމު ކަމެއް. ދައުލަތުގެ ހައުސިންގ ސްކީމް ފުލެޓް ތައް ހޯދަން ދޮގު މައުލޫމާތު ދިނުމާއި، އަދި ތަނުގެ އަގު އަދާކުރަން މަހުން މަހަށް ދައްކާން ޖެހޭ އިންސްޓޯލްމަންޓް ޕޭމަންޓް ދައްކާނެ ކަމަށް ހުވާކޮށްގެން އެފައިސާ ނުދައްކާ އެހެން ފަރާތަކަށް ބޮޑު އަގުގައި ފުލެޓް ކުއްޔަށް ދީގެން ލާރިގަނޑު ކާލަނީ ކ.މާލޭގެ ކިތައް މީހުންތޯ؟ ތިޔަ މީހާ އާއި އެމީހުނާއި ހުރި ތަފާތަކީ ކޮބާ؟
raajje
12 August 2025
ގާތްގަނޑަކަށް 86ހާސް ރުފިޔާތިފޭރެވުނީ، ވަޒީފާއިންވަކިވެގެން މިފައިސާއިން ކިހާދުވަހަކުއުޅެވޭނެބާ؟ ވަޒީފާއަކަށްނުވެސް ދެވޭނެތާ ފިލަންއެބަޖެހޭ، ހައްގުނޫންގޮތުގައިހޯދާ ފައިސާބޭނުންކުރާކަށް ތަނެއްދޮރެއްނޭންގޭމީހަކުބިރެއްވެސް ނުގަންނާނެތާ ކޮންމެޔަކަސް ވަރަށްގިނަ ދިވެހިޒުވާނުން މިކެޓަގަރީގައިއެބައުޅޭ
ސްކޭމް އެކްސްޕާރޓް
12 August 2025
ތިހެން ތިގޮތަށް ކަންކަން ދިމާވަނީ ތިޔަ ނީޑަށް ދައުލަތުން އެޑްރެސް ނުކުރާތީވެ. ރައްޔިތުންގެ ބޭނުމަށް ބްލެކް މާކެޓުން ލިބެން ހުންނަ ޑޮލަރަށް ބެންކުގެ ޕޭމަންޓް އެޖެސްޓްކުރުމާ، ބޮޑެތި ކަންކަމަށް މީހުން އެއްކުރާން ބޭނުންވާ ޑޮލަރު ދުރާލާ ޕްލޭން ކޮށްގެން ކޯޓާއެއްގެ ތެރޭން މީހުންނަށް ރަސްމީ ރޭޓުން ބޭންކުތަކުން ގަތުމަށް ލިބެން ނުހުންނާތީ ދިމާވާ ބޮޑެތި މައްސަލަ ތިހުންނަނީ. ސިސްޓަމްގައި ސްކޭމްތަކަށް ހުންނަ ލޫޕް ހޯލްތައް ބެއްދުމަށް ދައުލަތުން އެހީވާންޖެހޭނެ
ހާލިދާ
12 August 2025
ދިވެއްސެއްތޯ ނޫނީ ކޮން ގައުމެއްގެ މީހެއްކަން ވެސް ލިޔެލަން އެންމެ ރަގަޅުނޫމްތޯ؟
ވާންޗޯ
12 August 2025
ގައުމު ގެ ހާލަތު
ވާންޗޯ
12 August 2025
ހެޔޮނުވާނެ އިސްލާމީ ޝަރިއެއް ގާއިމް ކޮށްބަލަ
ޢެޑްމުންޑޯ
12 August 2025
ހެޔޮނުވާނެ މީހުންގެ ގަމާރުކަން ފިލުވަން ބޭހެއް ހޯދާދީބަލަ
ޑރ ވާންޗޯ
12 August 2025
އެއްވެސް ގައުމެއްގެ ސަރުއީދާއިރާއަކީ ބޮޑެތިކުއްވެރިންގެ ހައްގުތަށް ގެއްލުންލިބުނު މީހާގެ ހައްގުތަކަށްވުރެބޮޑުވެ، ކުއްކުރިމީހާގެ ފަރާތުން ގެއްލުންލިބުނުފަރާތަށް އިންސާފުގާއިމު ނުކުރެވޭވަރުގެ ތަނަކަށްވެއްޖެނަމަ، އެގައުމެއްގަ މާރާމާރީޔާ އަމިއްލަޔަށް އިންސާފުހޯދުމުގެ ކަންތަށްގަނޑު ނުފެށިނުދާނެ.
ވާންޗޯ
12 August 2025
ތެދެއް