ޚަބަރު / ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވެދެއްވީ ލާމަރުކަޒީ ގާނޫނުގެ އިސްލާހުގެ ފައިދާތައް، އިތުރަށް ލިބޭނީ ބާރުވެރިކަން!

ލޯކަލް އޮތޯރިޓީ ކުންފުނިތަކުން 10 މިލިއަން ރުފިޔާއަށް ވުރެ ދަށުގެ ވިޔަފާރި ނުކުރެވޭ ގޮތް ހަދަން އިސްލާހު ގެނައީ ކުދި ވިޔަފާރިތައް ހިމާޔަތްކުރަން ކަމަށް ރައީސް ވިދާޅުވި.

ރައީސް މުއިއްޒު މިއަދު ދަރަވަންދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

13 އޯގަސްޓް 2025 - 23:01

40 comments

ލާމަރުކަޒީ ނިޒާމަކީ އެ މަނިކުފާނު ފުރިހަމަ އަށް ގަބޫލުފުޅު ކުރައްވާ ނިޒާމެއް ކަމަށާއި ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލިހުން މިހާރު ފާސްކޮށްފައިވާ އިސްލާހުތަކުގެ ސަބަބުން ލިބޭނީ އިތުރު ބާރުވެރިކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތައް ރައްޔިތުންގެ މަޖިލިހުން ފާސްކޮށް މިހާރު ވަނީ ތަސްދީގު ކުރުމުގެ މަރުހަލާގަ އެވެ. ނަމަވެސް އެއީ އެއީ ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ނިގުޅައިގަންނަ އިސްލާހުތަަކެއް ކަމަށް ބުނެ 50 އަށް ވުރެ ގިނަ ކައުންސިލުން ވަނީ ބަޔާން ނެރެފަ އެވެ. އަދި އިދިކޮޅު އެމްޑީޕީން ވެސް ގެންދަނީ އެ އިސްލާހުތަކާ ދެކޮޅަށް ވަކާލާތު ކުރަމުންނެވެ.

ރައީސް މުއިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދަރަވަންދޫގައި ބޭއްވި ޖަލްސާގައި އެ ވާހަކަތަކަށް ފުރަތަމަ ފަހަރަށް ޖަވާބު ދެއްވައި ކޮންމެ އިސްލާހެއްގެ ފައިދާތައް މިރޭ ވަކިވަކިން ވިދާޅުވެދެއްވި އެވެ.

މާލޭގެ މޭޔަރުކަން ވެސް ކުރެއްވި ރައީސް މުއިއްޒު ވިދާޅުވިގޮތުގައި، އެ މަނިކުފާނަކީ މާލަރުކަޒީ ނިޒާމު ފުރިހަމަ އަށް ތަޖުރިބާ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މާލޭގައި ލާމަރުކަޒީ ނިޒާމު ހިންގަން އެ މަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ ވަރަށް ގިނަ ގޮންޖެހުންތަކާ އެކު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ ލާމަރުކަޒީ ނިޒާމު އަލިފުން ޔާއަށް. ބައެއް ބޭފުޅުން ސަރުކާރުން ރައްޔިތުންގެ ފަޅީގައި އޮވެ ލާމަރުކަޒީ ނިޒާމަށް މި ގެންނަ އިސްލާހުތައް އެބަ ލޭބަލް ކުރޭ އެއީ ރައްޔިތުންނަށް ކޮށްދޭ ކަމެއް ނޫން ކަމަށް،" ރައީސް ވިދާޅުވި އެވެ.

ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް މުއިއްޒު މިރޭ ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

އެ މަނިކުފާނު ވިދާޅުވީ، މިދިޔަ ހަފުތާގެ ބުދަ ދުވަހު ރައްޔިތުންގެ މަޖިލިހުން މުޅިން ވެސް ފާސްކުރީ ރައްޔިތުން ބާރުވެރި ކުރުވާ އިސްލާހުތަކެއް ކަމަށެވެ.

އިސްލާހުތަކަށް ރައީސްގެ ޖަވާބު:

● ރަށްރަށުގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރި ކުރުމާ ގުޅޭ ގޮތުން ގެނައި އިސްލާހަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ، އާންމު ފަރުދުން ހިންގާ ކުދިކުދި ވިޔަފާރިތައް އެ ކުންފުނިތަކުން ހިންގާ ކަމަށެވެ. އެހެން އެ ގޮތަށް ކަންތައް ކުރުމުގެ ނަތީޖާއަކީ އެ ރަށްރަށުގެ އާންމުންގެ މުއްސަނދިކަމަށް ހުރަސްއެޅުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ އެއް އިސްލާހަކަށް މި ގެނައި އިސްލާހަކީ ރަށްރަށުގެ ރައްޔިތުން ހިންގާ ކުދި ވިޔަފާރިތައް [ލޯކަލް އޮތޯރިޓީ ކުންފުނިތަކުން] ނުހިންގޭނެއޭ. ލޯކަލް އޮތޯރިޓީ ކޮމްޕެނީތަކުން ކުރަން ޖެހޭނީ، ކުރެވޭނީ މަދުވެގެން 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓުމަންޓުތަކޭ. ދިހަ މިލިއަން ރުފިޔާ އަށް ވުރެ ބޮޑިއްޔާ ހަމަ ކޮންމެ ދާއިރާއަކުން ވެސް ލޯކަލް އޮތޯރިޓީ ކޮމްޕެނީން އިންވެސްޓް ކޮށްގެން ވިޔަފާރި ކުރަންވީ،" އެ މާއްދާގެ ބޭނުން ތަފުސީލް ކޮށްދެއްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓުމަންޓުތައް ހިންގައިގެން ލިބޭ ފައިދާއިން ރައްޔިތުންނަށް ކަންކަން ކޮށްދެވޭނެ ކަމަށެވެ.

އެ އިސްލާހު ގެނައީ އެ މަނިކުފާނު ވިދާޅުވިގޮތުގައި ރަށްރަށުގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިމާޔަތް ކޮށްދިނުމަށެވެ.

"އެހެންވީމާ ރައްޔިތުން މި ބާރުވެރި ކުރުވަނީ އަޅުގަނޑުމެން. ރައްޔިތުން ބާރުވެރި ކުރުވުމަކީ ކައުންސިލްތަކަށް ވެސް އޭގެ ފައިދާވާނެ ކަންތައް،" ރައީސް ވިދާޅުވި އެވެ.

● ގާނޫނަށް ގެންނަ ދެވަނަ އިސްލާހަށް އިޝާރާތް ކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، ފެނާއި ކަރަންޓު ފަދަ އަސާސީ ބޭނުންތަކަށް ދޫކުރާ ބިންތަކުން ކައުންސިލްތަކަށް ވަރަށް ބޮޑެތި ކުލިތައް ނަގަމުންދާ ކަމަށާއި އެ ކަމަކު އެއީ އާންމު ހިދުމަތްތައް ކަމަށެވެ. ހާއްސަކޮށް އާންމު ހިދުމަތްތަކާ ބެހޭ ހާއްސަ ޗެޕްޓަރެއް ގާނޫނުގައި އޮންނަކަން ރައީސް ފާހަގަކުރެއްވި އެވެ.

"އެހެންވީމާ މި ގެނައި އިސްލާހަކީ ރައްޔިތުންނަށް މިހާ މުހިންމު ބޭނުންތަކަށް ދޫކުރާ ބިންތަކުން ކުއްޔެއް ނުނެގޭނެއޭ. ކުލި ނެގީމާ ރައްޔިތުންނަށް ދޭ ހިދުމަތް އަގު ބޮޑުވެގެން ދަނީ. އެހެންވީމާ ރައްޔިތުން ބާރުވެރި ކުރަން، ރައްޔިތުންނަށް ހެޔޮގޮތް ހޯދައި ދިނުމަށް އާންމު ހިދުމަތްތައް ދޭ ބިންތަކުން ކުއްޔެއް ނުނެގޭނެޔޭ މި އިސްލާހު ގެނައީމާ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ދަރަވަންދޫ ރައްޔިތުންނާ މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

● ތިންވަނަ އިސްލާހާ ބެހޭ ގޮތުން އެ މަނިކުފާނު ވިދާޅުވީ، ކައުންސިލްތަކަށް އާމްދަނީ ހޯދަން ކަންކަން ކުރާއިރު އެ ވިޔަފާރިން ލިބޭ ފައިދާ އިން ޓެކްސް ދައްކަން ގާނޫނުން ލާޒިމްކުރާ ކަމަށެވެ. އެކަމަކު، ކައުންސިލްތަކުން އާމްދަނީން ޓެކްސް ނުދައްކާ ކަމަށް ރައީސް ވިދާޅުވި އެވެ.

އާމްދަނީން ޓެކްސް ނަގަނީ ރައްޔިތުންނަށް ކަންކަން ކޮށްދޭން ކަމަށް ވާއިރު، ގާނޫނަށް ގެނައި އިސްލާހުތައް ތަސްދީގު ކުރީމާ ދެން ކައުންސިލްތަކުން ޓެކްސް ދައްކަންޖެހޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަނެއްކާވެސް ރައްޔިތުން ބާރުވެރި ކުރުވަން، ރައްޔިތުންނަށް މުއްސަނދިކަން ގެނެސްދޭ އިސްލާހެއް މިވެސް،" އެ މަނިކުފާނު ވިދާޅުވި އެވެ.

● ހަތަރުވަނަ އިސްލާހަށް ބައްލަވައިލައްވަމުން ރައީސް ވިދާޅުވިގޮތުގައި އެއީ ގިނަ ކައުންސިލްތަކުގެ އެކައުންޓުތަކުގައި ހުންނަ ފައިސާގެ މައުލޫމާތު ހާމަނުކުރާތީ ގެނައި އިސްލާހެކެވެ. އެ މައުލޫމާތު އެ ރަށެއްގެ ރައްޔިތުންނަށް ހާމަނުކުރާއިރު އެލްޖީއޭ އަށް އަމުދުން އެ މައުލޫމާތު ނުދޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ދެފުށް ފެންނަ ގޮތެއް ނޫން އެއީ. ޗެކްއެންޑް ބެލެންސެއް ނެތް މިއަކުއެއް. ޒިންމާދާރުކަމެއް ނެތް. އެހެންވީމާ ރައްޔިތުން ހޮވާފައި ތިބޭ ކައުންސިލަރުން ރައްޔިތުންގެ ކައުންސިލްތައް ހިންގާއިރު އެ އާމްދަނީ އެ އެކައުންޓަށް ޖަމާކުރާ ފައިސާގެ މައުލޫމާތު ލޯކަލް ގަވަމެންޓް އޮތޯރިޓީއާ ހިއްސާ ކުރަން ޖެހޭނެއޭ،" ރަށްރަށުގެ އެކައުންޓުތަކުގެ މައުލޫމާތު ހާމަކުރަން ގެނައި އިސްލާހުގެ ބޭނުން ހާމަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް އެ މަނިކުފާނު ވިދާޅުވިގޮތުގައި އެކައުންޓުތަކުގައި ހުންނަ މައުލޫމާތު ހާމަކުރުން ގާނޫނަކުން ލާޒިމް ކުރާކަށް ވެސް ނުޖެހެ އެވެ. އެކަމަކު، ގިނަ ކައުންސިލްތަކުން އެކަން ނުކުރާތީ ގާނޫނުގައި އެ ވާހަކަ ލިޔަން ޖެހުނީ ކަމަށް ވިދާޅުވި އެވެ.

"ކޮބައިތޯ މީގައި ކައުންސިލެއްގެ ބާރު ހަނިކޮށްފައި. ނޯންނާނެ."

ރައީސް މުއިއްޒު ދަރަވަންދޫ ކައުންސިލާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

● ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރެއިން ބައެއް ކައުންސިލްތަކުން ކަންބޮޑުވި އެއް މާއްދާއަކީ ކައުންސިލްތަކުގެ ފަހު އަހަރު މުވައްޒަފުން ނެގުމުގައި ބިންތައް ދޫކުރުމުގައި ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭގެ ހުއްދަ ހޯދަން ޖެހުމެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް ތަސްދީގު ކުރައްވަން ތައްޔާރަށް ހުންނެވި ރައީސް މުއިއްޒު އެ އިސްލާހުތައް ދިފާއު ކުރައްވަމުން އަޑަށް ބާރު ލައްވާފައި މިރޭ ވިދާޅުވީ، އެއީ އެ ނިޒާމު "ހަރުދަނާކުރުމަށް، ޗެމްޕިއަން ކުރުމަށް" ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށެވެ.

ރައީސް މިރޭ ވިދާޅުވީ، ކުރިއަށް އޮންނަ އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް، ގިނަ އަދަދަކަށް މުވައްޒަފުން ނަގާ ކަމަށެވެ. އެ ރަށެއްގެ ތަރައްގީގެ ޕްލޭނަކީ ރައްޔިތުންގެ ހިޔާލާ އެކު ފާސްކޮށްފައިވާ އެއްޗެއް ކަމަށް ވާއިރު، އޭގައި ނުހިމެނޭ ކަންކަން އިންތިހާބާ ދިމާކޮށް ކުއްލިއަކަށް ފަށާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ގާނޫނުގައި ހުއްދަ ކަމެއް ނޫން ޒިންމާދާރުކޮށް ކައުންސިލްތައް ހިންގާ ކަމަށް ވަންޏާ އެއީކީ އިންތިހާބާ ކައިރި ކޮށްފައި. ސިޔާސީ ބޭނުމުގައި މި ކަންކަން ބައެއް ކައުންސިލްތަކުން ކުރަނީ،" ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ މި ކަންކަން ކުރަންޏާ ލޯކަލް ގަވަމެންޓް އޮތޯރިޓީ އަށް ހުށަހަޅައިގެން ހުއްދަ ނަގާށޭ ގާނޫނުގައި ހުރި މެންޑޭޓްގެ ތެރޭގައި. އެ ޒިންމާތައް އަދާކުރަންތޯ އިތުރަށް ބިންތައް މި ދެނީ؟ އެ ޒިންމާތައް އަދާކުރަންތޯ އިތުރަށް ބައިވަރު މީހުން ކޮންޓްރެކްޓަށް މި ނަގަނީ؟ ނޫނީ އެ ޒިންމާ އަދާކުރަންތޯ ތަރައްގީގެ ޕްލޭންގައި ނެތް މަޝްރޫއުއެއް ކުއްލިއަކަށް ފަށަން މި ޖެހެނީ؟"

ރައީސް މުއިއްޒު މިއަދު ހަވީރު ދަރަވަންދު އަށް ވަޑައިގެން ކުޑަކުއްޖަކާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ، ރަށްރަށުގެ ބިންތައް ދޫކުރުމަށާއި ކުއްލިއަކަށް އިތުރަށް މުވައްޒަފުން ނަގާ ނަމަ އެލްޖީއޭ އާއި ފިނޭންސް މިނިސްޓްރީގެ ހުއްދަ ނަގަން ޖެހޭނީ ވެސް އިންތިހާބަށް އެއް އަހަރު ވީމާ އެކަނި ކަމަށެވެ.

"ކުރިއަށް އޮތް ހަތަރު އަހަރު ނުޖެހޭނެ މި ހުއްދަ ނަގާކަށް. އެހެންވީމާ ކޮބައިތޯ މީގައި ރައްޔިތުން ބާރުވެރި ކުރުވުން ނޫން ކަމެއް ޗެކް އެންޑް ބެލެންސް ނިޒާމު ގެނައުން ނޫން ކަމެއް ގުޑް ގަވަވަނަންސް ނޫން ކަމެއް އަމިއްލަ ކުދި ވިޔަފާރި ކުރާ މީހުންގެ ވިޔަފާރިތައް ހިމާޔަތް ކުރުން ނޫން ކަމެއްް އަޅުގަޑުމެން މި އިސްލާހުތަކުގެ ތެރެއިން ގެނެސްފައި. ނެތް،" ރައީސް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް ތަސްދީގު ކުރައްވަން ތައްޔާރަށް ހުންނެވި ރައީސް މުއިއްޒު އެ އިސްލާހުތައް ދިފާއު ކުރައްވަމުން އަޑަށް ބާރު ލައްވާފައި މިރޭ ވިދާޅުވީ، އެއީ އެ ނިޒާމު "ހަރުދަނާކުރުމަށް، ޗެމްޕިއަން ކުރުމަށް" ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށެވެ.

"މި ނިޒާމަކީ އަޅުގަނޑުމެން ބަލައިގަންނަ އަދި އަޅުގަނޑުމެން ވަރަށް ބޮޑަށް ހިންގަން ބޭނުންވާ ނިޒާމެއް. އެހެންވީމާ އެ ނިޒާމު އިތުރަށް ތަރައްގީ ކުރަން އިސްލާހުތަކެއް މިއީ،" ރައީސް ވިދާޅުވި އެވެ.

40 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 2%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 73%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަސަންބެ 2025

14 August 2025

ރައީސްގެ vaahaka ކިތައްމެހާވެސް ރަގަޅު. ސުވާލަކީ ރައީސް ވެސް މި އިރުޝާދުތައް ފްލޯކުރާނެބާއޭ. މިހާރުވެސް މިއުޅެނީ ސިޔާޔީމީހުންގެ އަދަދާ އަދިވެސް ހާމަކުރަން ބުނި ކަންތައްތައްނުކުވެވިގެން. ކައުންސިލް/ރިޔާސީ އިންތިޚާބަށް މީހުން ކުންފުނިތަކަށް ބުނަގާނަންތޯ ނަގައްޏާ އެ ތަފްސީލް ތައް ހާމަކުރާނަބްތޯ؟

The name is already taken The name is available. Register?

ޢެޑްމުންޑޯ

14 August 2025

ކުއްލިއަކަށް މިހާރުވެސް އަވަސް އަވަހަށް ކައުންސިލްތަކުން އެދަނީ މުއައްޒަފުންނަގާ ބިންދޫކުރަން ބިޑަށްލަމުން ، ތިޔަގެޒެޓްކުރެވޭ އިރު މިދައުރުގައި ދެން ނޯނޮނާނެ ދޭނެ ބިމެއްރަށެއްގައި ،

The name is already taken The name is available. Register?

ހުމާމް

14 August 2025

މިއަދު އެމްޑީޕީއާ ޕީއެންއެފް އަޑީގަ އޮވެގެން ކިތަންމެ ފިތުނައެއް އުފައްދަން އުޅުނަސް އެކަން ގަބޫލުކުރާނެ ބަޔަކު ނެތް. ކައުންސިލަރުންނަށް އެބަ އިނގޭ އެމީހުންނަށް ލިބިފައިން ބާރުތައް، މީގެ ކުރިން ނުލިބޭ އެތައް ކަމެއް މިސަރުކާރުން ފަހިކޮށްދީފިކަންވެސް ގަބޫލު ކުރޭ

The name is already taken The name is available. Register?

‫އައިމިނަ

14 August 2025

މ‫ަށަށްއިގޭ ޑޮލަރަށްވާގޮތް އަލިފުން ޔާ އަށް

The name is already taken The name is available. Register?

މިމްހާދު

14 August 2025

އިންތިހާބު ދުވަސްކޮޅާ ދިމާކޮށް ކައުންސިލްތަކުން ހިތުހުރި ގޮތަކަށް ކަންކަން ނުކުރެވޭނެ ކަން އެންގީމަ މިއޮށްވާ ގޮތެއް ދޯ. އެމްޑީޕީ ކައުންސިލްތަކުން އަންނަނީ ފާޅުގަ އެމީހުންގެ މަގާމުގެ ނާޖާއިޒް ފައިދާ ނަގަމުން. މިކަން ހުއްޓުވުން އެއީ ސަރުކާރުން ކުރި ވަރަށް ރަނގަޅުކަމެއް

The name is already taken The name is available. Register?

ލުފްޝާން

14 August 2025

ލާމަރުކަޒީގެ ޗެމްޕިއަން ކަމަށް ހެދިގެން އުޅުނު މީހުންނަށްވުރެ މިއަދު ވެރިކަމުގަ ތިބި މީހުންވެސް މާ ރަނގަޅު. އަހަރުމެން އަމިއްލަ ވިޔަފާރިކޮށްލަންވެސް ފުރުސަތު ނުދިންބައެއް އެމްޑީޕީ އަކީ.. މިހާރު ވިއްޔާ ކައުންސިލްތަކަށް އެ ބާރުވެސް އެބައިންތާ ދީފަ

The name is already taken The name is available. Register?

ނުއުމާން

14 August 2025

މީން ޒަމާނަކު ކައުންސިލް ތަކަށް ބާރު ނުލިބޭ ވަރަށް މިދައުރުގަ ބާރު ދީފިކަން ފާހަގަ ކުރެވޭ.. ބަޔަކަށް ހަޖަމް ވިޔަސް ނުވިޔަސް މީ ހަގީގަތް

The name is already taken The name is available. Register?

ކައުންސިލަރު

14 August 2025

ޚޮން ބާރެއްތޯ ދެއްވީ މިސަރުކާރުން! ދިން ބާރެއްވިއްޔާ ދިނީ ކުރީ ސަރުކާރުން..،

The name is already taken The name is available. Register?

‫އަހުމަދު

14 August 2025

ދ‫ެން 10މިލިއަން ރުފިޔާ އިންވެސްޓްކުރެވޭނީ ކައުންސިލަށް ފައިސާ ހަމަޖެހިގެން. ތިކަމެއް ނުކޮށްދޭނެ. މިހާރުވެސް އަމިއްލަމީސްމީހުންގެ ބިލްތަކަށް ސަރުކާރުން ފައިސާނުދައްކާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް ފުނޑިއްޖެ.

The name is already taken The name is available. Register?

ބުރަތޭރީ

14 August 2025

ލާމަރުަކަޒީ ގާނޫނަށް ގެނެވުނު ބަދަލުތަކަކީ ވަރަށްވެސް ފުރިހަމަ، އުއްމީދީ ބަދަލްތަކެއް ކަމުގައި ދެކެން. ހުރިހާ ކައުންސިލްތަކެއްވެސް ޒިންމާދާރުކުރެވި ރަށްރަށުގެ ތަރައްގީއަށް ހެޔޮގޮތުގައި މަސައްކަތްކުރާ ކައުންސިލްތަކަކަށް ވާނެ ކަން ކަށަވަރު ކުރުން މުހިއްމު

The name is already taken The name is available. Register?

އަޖްވަރު

14 August 2025

މީގެ ކުރިން ކައުންސިލް ތަކުގެ އެކައުންޓުތަކުގައި ހުންނަ މައުލޫމާތު ހާމަ ކުރާކަށް ނުޖެހޭ. އެކަމަކު، ގިނަ ކައުންސިލްތަކުން އެކަން ނުކުރާތީ ގާނޫނުގައި އެ ވާހަކަ ލިޔަން ޖެހުނީ، މީ ދެފުށް ފެންނަ ގޮތަށް ކައުންސިލްތައް ހިންގުމަށް ކޮންމެހެން ތަސްދީގު ކުރަން ޖެހޭ ބިލެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454