ކޯޓުގެ އަޑުއެހުމަކަށް ފަހު ސިންގަޕޫރުގެ ސްޓޭޓް ކޯޓުން ބިލިއަނަރު އޮންގް ބެންގް ސެންގު (ކ) ނުކުމެގެން ދަނީ. -- ފޮޓޯ: އޭއެފްޕީ
16 އޯގަސްޓް 2025 - 12:29
އަދުލުއިންސާފަށް ހުރަސްއެޅުމުގެ ދައުވާއަށް އިއުތިރާފުވެފައިވާ، ހޮޓެލް ވިޔަފާރީގައި މަޝްހޫރު އަދި ރާއްޖޭގައި ވެސް ރިސޯޓްތައް ހިންގާ ބިލިއަނަރު އޮންގް ބެންގް ސެންގަށް ޖަލު ހުކުމެއްގެ ބަދަލުގައި ކުޑަ ޖޫރިމަނާއެއްގެ ހުކުމެއް އިއްޔެ އިއްވައިފި އެވެ.
ކުށަށް އިއުތިރާފުވިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުން އިއްޔެ އަދަބު ކަނޑައެޅުމަށް ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ނިންމެވީ 79 އަހަރުގެ އޮންގް 30،000 ސިންގަޕޫރު ޑޮލަރު (23،400 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާ ކުރުމަށެވެ.
އޮންގް ކުށަށް އިއުތިރާފުވި އަޑުއެހުމުގައި އޭނާގެ ވަކީލުން އޮންގަށް، ފަސޭހަ ނުވާ ބާވަތެއްގެ ކެންސަރެއް ޖެހިފައިވާ ކަމަށާއި އެހެންވެ ޖަލުގައި ހުންނަން ޖެހިއްޖެ ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބުނެފަ އެވެ. އެހެންވެ ޖަލު ހުކުމެއްގެ ބަދަލުގައި ބޮޑު ޖޫރިމަނާއެއް ކުރިޔަސް މައްސަލައެއް ނެތް ކަމަށް ދިފާއުން ބުންޏެވެ.
ސިންގަޕޫރަށް "ފޯމިއުލާ ވަން" ގެނައުމުގައި އެހީތެރިވި އޮންގުގެ މައްޗަށް ދައުވާކުރީ މިދިޔަ އަހަރު ސިންގަޕޫރުގެ އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް އިސްވަރަންގެ މައްޗަށް ޖަލު ހުކުމެއް އައި ކޮރަޕްޝަންގެ މައްސަލައިގެ ތެރެއިންނެވެ. ސިންގަޕޫރުގައި އުޅޭ މެލޭޝިއާގެ މަހުޖަނެއް ކަމަށްވާ އޮންގުގެ މައްޗަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ދައުވާ އުފުލީ ރިޝްވަތުގެ ތަހުގީގެއްގައި ހެކި ފޮރުވުމަށް އެސް އިސްވަރަން އަށް އެހީތެރިވެދިން މައްސަލައިގަ އެވެ.
ތަހުގީގުން ހާމަވެފައިވާ ގޮތުގައި 2017 ވަނަ އަހަރުގެ ސިންގަޕޫރު ފޯމިއުލާ ވަން ގްރޯން ޕްރީގެ ޓިކެޓާއި ޕްރައިވެޓް ޖެޓެއްގެ ދަތުރުތަކާއި ބިޒްނަސް ކްލާހުގެ ދަތުރުތަކާއި ލަގްޒަރީ ހޮޓަލެއްގައި ހުރުމަށް ހަރަދުކޮށްދިނުން ފަދަ އަގުބޮޑު ހަދިޔާތައް އޮންގް ވަނީ އިސްވަރަން އަށް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވޯލް
17 August 2025
23،400 ދޮލަރު އެއީ ކޯންޗެއް މީނައަށް. ކުށްކުރާއިރު އެނެގެންވާނެ އޭގެ އަދަބުވެސް ލިބޭނެކަން. ކިތަންމެ ބަލި ބޮޑަކަށް ކުށަށް އަދަބު ދެވެންވާނެ. މިހާެރު ތިޔަ ފަންޑިޔާރުންނަށްވެސް އޮންނާނީ ރިޝްވަތު ދީފަ.
ބުރުގާ
16 August 2025
ސިންގަޕޫރު ކޯޓުތައް ރާއްޖޭގެ ކޯޓުތައް ކައިރިން ދަސްކުރީދޯ.....
އައްޗި
16 August 2025
އައްޗި. ނަން މަޝްހޫރު ސިންގަޕޫރަށްވުރެ ދިވެހިރާއްޖޭގެ އަދުލާއި އިންސާފު ވެސް މާ ރަގަޅެއްނު. ވޭޕް ސްމަގްލްކުރަނިކޮށް ފެނިގެން އެކުރީ 1 މިލިއަނުން ޖޫރިމަނާ. ދައްކަން ނުޖެހުނަސް.
ާއުދުހޭ
16 August 2025
އޮންގް ކިޔެވީ ބާރަށު ސުކޫލުންނޫންކަން ޔަގީން.
އުދުހޭ
16 August 2025
އޮންގް ކިޔެވީ ބ.އަތޮޅު ސުކޫލޫންނޫންކަން ޔަގީން.
އޮނަރަބްލް އަފީފު ދީދީ
16 August 2025
ރިޝްވަތުގެ މައްސަލައިގައި ޙުކުމްކޮށް، ޓެކްސް ނުދައްކާނަމަ ޝަރީއަތް ހިންގާ ޕްރޮޕަޓީ ހިފެހެއްޓި ކަމަށް ވިޔަސް ރާއްޖޭގައި ސައުދާޤަރުން އުޅޭގޮތަށް ކޯޓްތަކުގެ އަގުވައްޓާލާ ފަނޑިޔާރުންގެ ބޮލުގައި ކޮށަމުން ފަހަތުން ދުވާކަށް Ong Beng Seng މެނަކަށް ނުކެރޭނެ. އަދި "ރައްޔިތުނާއި ދެކޮޅަށް ވެރިކަމުގައި ހުންނަ މީހާ އަށް ހިތްވަރުދީ" ދައުލަތުގެ ޤާނޫނުއަސާސީގައި ކަޑައެޅިގެން ބަޔާން ކޮށްފައިވާ ވެރިކަމުގެ ނިޒާމް ފުޑާލަން ޙިޔާލު ފާޅުކޮށް ފިތުނަ އުފައްދަން ނުކެރޭނެ.
ކުބުސް
16 August 2025
ސުރުޚީ ކިޔާލީމަ ހީވީ ޖަލަށްދާން ނުޖެހި އަދި ޖުރިމަނާ ކުރުމުން އެކަމުންވެސް ސަލާމަތްވީހެން..
ސަހީމު
16 August 2025
ޖޫރިމަނާ މާކުޑަ
ސަސި
16 August 2025
ނަން ވާނީ ދިވެހި ރާއްޖެ