ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ގާސިމް އިބްރާހިމް ސަލާމް ކުރައްވަނީ.--
16 އޯގަސްޓް 2025 - 14:38
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށާއި އެކަމާ ގުޅިގެން ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅު ބަލަމުން އަންނަ ކަމަށް އެ ޕާޓީން ބުނެފި އެވެ.
"އަދަދު" އޮންލައިނަށް މިދިޔަ ހަފްތާގައި ޔާމީން ދެއްވި އިންޓަވިއުއެއްގައި ވަނީ ގާސިމާއި ސިޔާދު ޖަލަށްލީ އެއްވެސް ކުށެއް ނެތި ކަމަށް ޕްރެޒެންޓަރު ބުނުމުން އެއީ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ކަމަށް ވިދާޅުވެފަ އެވެ.
"..އެހެންތަ ވަނީ. މާތްކަލާނގެއާ ވަކީލު. އެހެންވީމަ ނޭނގޭތީއެއް ނޫންތޯ. އެހެންވީމަ ނޭނގޭތީއެއް ނޫންތޯ،" ގާސިމާއި ސިޔާދު ހައްޔަރުކުރީ ކުށެއް ނެތި ކަމަށް ޕްރެޒެންޓަރު ބުނުމުން ރައްދުގައި ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެ ދެބަފައިން ހައްޔަރުކުރަން ޖެހުނީ ފެބްރުއަރީ 1، 2018 ގައި އޭރުގެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅުވައިގެން ފަނޑިޔާރުންނަށް ރިޝްވަތު ދިން މައްސަލާގައި ކަމަށެެވެ.
ސިޔާދު ގާސިމް ހައްޔަރުކޮށްފައި ހުރި އިރު ކޯޓުގެ އަޑުއެހުމަކަށް މާލެ ގެނެސްފައި.-- މިހާރު ފައިލް ފޮޓޯ
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު ފްލެޓެއް ބައްލަވައިގަތުމަށް 2.4 މިލިއަން ޑޮލަރު ދެއްވިކަމުގެ ތުހުމަތުގައި ސިޔާދަށް އޭރު ކުރެވުނެވެ.
ޔާމީން ތުހުމަތުކުރެއްވި ގޮތުގައި ފަނޑިޔާރުން ނެރުނު އަމުރާ ގުޅިގެން ފަނޑިޔާރުންނަށް މެލޭޝިއާ އިން ގެއާއި ފްލެޓް ގަނެދެއްވީ ގާސިމާއި ސިޔާދު މެދުވެރިވެގެންނެވެ. އަދި ހުޅުމާލެއިން ފަނޑިޔާރުން ފްލެޓް ގަތުމަށް ގެރެންޓާއެއްގެ ގޮތުގައި ސޮއިކޮށްފައި ވަނީ ވެސް ސިޔާދު ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.
"2018 ގައި ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި ފަނޑިޔާރުންނަށް މެލޭޝިއާއިން ގެ އާއި ފްލެޓް ގަނެދިނީ ކޮންބައެއްތޯ ބައްލަވާލައްވާ. ދެން އެމީހުންނަށް ހުޅުމާލެއިން ފްލެޓް ގަންނަން ގެރެންޓީގައި ސޮއިކޮށްފައި އޮތީ ކާކުތޯ ބައްލަވާލައްވާ،" ޔާމީން ވިދާޅުވި އެވެ.
ވިލާ ކޮލެޖުގެ ޗެއާމަން ގާސިމް އިބްރާހިމް އާއި ދަރިކަލުން ސިޔާދު ގާސިމް--. ފޮޓޯ: ނިޝާން އަލީ | މިހާރު
އެފަދަ ތުހުމަތެއް ގާސިމާއި ސިޔާދަށް ކުރެއްވުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ އެ އިންޓަވިއުގައި ޔާމީން ދައްކަވާފައިވާ ވާހަކަތަކަކީ ސާބިތުނުހިފޭ ދޮގު ވާހަކަތަކެއް ކަމަށާއި އެކަމާ ގުޅިގެން އެޅޭނީ ކޮން ފިޔަވަޅެއްތޯ ޕާޓީގެ ގާނޫނީ ޓީމުން ބަލަމުން އަންނަ ކަމަށެެވެ.
"ގާސިމާއި އެމަނިކުފާނުގެ ދަރިކަލުންނާ ބެހޭ ގޮތުން ދައްކަވާފައިވާ ސާބިތު ނުހިފޭ ދޮގު ބުހުތާނު ވާހަކަ ދައްކަވާފައިވާތީ މިކަމާ ގުޅިގެން ޔާމީނާ ދެކޮޅަށް ގާނޫނީ ގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ޖޭޕީ ގާނޫނީ ބޭފުޅުންގެ ފަރާތުން ބަލަމުން އެބަދަން. އަދި މިކަން ހަރުކަށިކޮށް ކުށްވެރިކުރަން،"
އެ އިންޓަވިއުގައި ޔާމީން ވަނީ ސިޔާސީ ދާއިރާގައި އޭރު އުޅުއްވި އެކި ބޭފުޅުންނަށް އެކި ތުހުމަތުތައް ކުރައްވައި ޖަލަށްލީ ސަބަބު ކަމަށް ވިދާޅުވެ އެކި ކަންކަމުގެ ވާހަކަ ދައްކަވައިފަ އެވެ.
ޔާމީންގެ ވެރިކަމުގެ ފަހު އަހަރު އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދަރިކަލުން އަހުމަދު ފާރިސް ޖަލަށްލީ، ވެސް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިން މައްސަލާގައި ކަމަށް ވިދާޅުވި އެވެ. އެކަމަކު ރައީސް މައުމޫނުގެ އޮފީހުން ވަނީ ޔާމީންގެ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. އަދި ގާނޫނީ ފިޔަވަޅު އެޅުމާ މެދު ވިސްނަމުން އަންނަ ކަމަށް މައުމޫން ވެސް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލިޔަންބެ
17 August 2025
ޔާމީނަކީ މިރާއްޖެ ނުދެކޭ ވަރުގެ އަމިއްލަ އެދުން ބޮޑު މީހެއް، މިހާރުވެސް މިފެއްނަނީ އެމަންޒރު. އޭރުވެސް މީހުން ޖަލަށްލީ އޭނަޔަށް ކިޔަމަން ނުވީމަ. މީ ހަގީގަތަކީ
އަޒިޒީ
17 August 2025
ޔާމީނު އަދި ވެސް ރުޅި މަޑު. އެހެންޏާ އެއްވެސް އޮފީކުން ކުރި ގޯސް ކަމ،ެއް ޔާމީނަކަށް ނޭގުނު. އޭނަޔަށް ނާންގާ ދައުލަތުގެ ލާރި ނެގީ، އޭނަޔަކަށް ނޭގެ މަޖުލީސް ކުރިޔަށް ދިޔަ ގޮތެއް، ފުލުހާ ސިފައިން އުޅުނު ގޮތެއް. މިނިވަން މުއައްސަސާތަށް އުޅުނު ގޮތެއް، ކޯޓް ތައް ހިނގި ގޮތެއް އޭނަޔަށް އެކަމަކު އެނގެޔޯ ގާސިމާއި ސިޔާދު ގޯސް ހެދިކަން
މަތިވަރު
17 August 2025
ސިޔާދު ގެ މައުސޫމުކަން އެއޮތީ ކޯޓުހުކުމުން އެނގެން. ޔާމީނު ގެ ދަރިފުޅު އަޚުލާގާ ސުލޫކު ދިވެހިރައްޔިތުން ދަނޭ. ސިޔާދު ގާސިމަކީ މިޖީލުގެ ޒުވާން ނަމޫނާ ޝަޚުސިއްޔަތެއް
ލޫބޭ
17 August 2025
ގާސިމު އާއި ސިޔާދު ކުރާތުހުމަތަށް އެއޮތީ މަތީ ކޯޓްތަކުގެ ސާފު ހުކުމް.. ބޭރު މީހުން އަތުން މިލިޔަނުން ޑޮލަރު ސިޔާސީ ހަރަކާތަށް ޔާމީނު ހޯދިކަމަށް އަމިއްލަޔަށް އިއުތިރާފުވިޔަސް ޔާމީނު، ގާސިމު ލާރި ހޯދަނީ މަސައްކަތް ކޮށްގެން، ވިޔަފާރި ކޮށްގެން. އެނާޔަކީ ރާއްޖޭގައި އެތައް ބަޔަކަށް ކިޔަވާދީ ބޭސް ފަރުވާ އަމިއްލަ ލާރީގައި ކޮށްދާފި ހުރި މީހެއް. ޔާމީނު އެހީވިމީހެއް ކިޔަވާދިން މީހެއް ތިހުރިޙާ ލާރި އޮތް އިރުގަ ދައްކަބަލަ
ކިނާ
17 August 2025
ޔާމަނު ގެ އިންޓަވިއު އަޑު އަހާފަ އަހަރެން އެފަކީރަށް ވަރަށް ހަމްދަރުދީވެއްޖެ. ހެޔޮނުވާނެ އަމިއްލަޔަށް އެހުރި ލާރިކޮޅު ހިޔެއް ނުވޭ ޚަރަދު ކުރާނެހެއް، ހިނގާ ފަނޑުފޮށި ބަހައްޓަމާ
ޖެންޒީސް
17 August 2025
ޝަރުއީ ކޯޓުގެ އެއްމެ މަތި މަރުހަލާ ތަކުން ޔާމީނު އެކުރާ ތުހުމަތުން ބަރީޔަވެ ސާފު ހުކުމް އެއޮތީ ގާސިމު އާއި ސިޔާދަކީ މައުސޫމު މީހުންކަމަށް. ދެން ޔާމީނަށް ކޯޓަކުން އޭނަ މައުސޫމު ކަމަށް ހުކުމެއް ކޮށްފިއްޔާ އޭނަ ސާފު ހުދުކާފޫރޯ. ގުދޯ ގުދޯ ޔާމީނު މެން ގޮވީމަ ޖެންޒީން އަންނަނީ ހިނި
ޒަވިޔަނި
17 August 2025
ޔާމީނުގެ މުޅި އިންޓަވިއުގައި އޭނަ އުޅުނީ އޭނަގެ ގަޓުަކަމާއި ސާފުކަން ދައްކަން. އެކަމަކު ވީ ބޭޒާރު ބޭރު މީހުން އަތުން ލާރި ހޯދިކަމަށް އިއުތިރާފު ވުމާއި، ވެރިޔަކަށް ހުރި އިރު ދައުލަތުގެ ތެރޭގައި ހިނގި ބޮޑެތިކަންކަން އޭނަޔަށް ނޭގި ވާނުވާގަ ހުއްނެވި ކަމަށް އިތިރާފުވުމާއި، ޝަރުއީ ކޯޓުގެ އެއްމެ މަތި މަރުހަލާ ތަކުން ޔާމީނު އެކުރާ ތުހުމަތުން ބަރީޔަވެ ސާފު ހުކުމް އެއޮތީ ގާސިމު އާއި ސިޔާދަކީ މައުސޫމު މީހުންކަމަށް
ބޮޑާބެ
17 August 2025
ޔާމީނަކަށް ނޭގެޔޯ ފިރިމީހާ އަތުނުޖެހުނީމަ އަނބިމީހާ ހައްޔަރު ކިރާކަމެއް، ބަފާ އަތުނުޖެހުނީމަ ދަރިފުަލު ހައްޔަރު ކުރިކަމެއް. ޢޭނަޔަށް ބޯލަބާ ކުރުނީސް ނުކުރާ ކޮންމެ މީހަކު ޖަލަށްލީ އޭނާޔަށް ނޭގެޔޯ. އެހެން ރައީސުންގެ ވެރިކަމުގައި ހިނގާ ހުރިޙާ ކަމެއް އެހެން ރައީސުން ޒިއްމާ ވަަންޖެހެޔޯ؟ ބޮޑާބެ
ލަބުދޭ
17 August 2025
ޔާމީނަކީ ހިމާޔަށް ދީފަ ބަހައްޓަން ޖެހޭ މީހެއް. މުޅިން ދައްކަނީ ހަމަނުޖެހޭ ވާހަކަ. އޭނަ ނޫނީ ދެން އެއްވެސް މީހެއް ނެތް ރަނގަޅު މިހެން ވާނީ ނަފުސާނީ ވީމަ، ކައުން ސިލިން ދޭން ފަށަންވީ
ލަޝްކަރޭ
17 August 2025
ދެރައީ ޔާމީނުމެން ކަހަލަ އަނިޔާވެރިވެރިން، 5 މިލިއަން ޑޮލަރު ބޭރު މީހުން އަތުން ލިބުނު ވާހަކަ ބުނީމަ ވެސް ޖަލައް ނުލާ ތިބޭކަން. އެހެން މީހަކު ބޭރު މީހެއްގެ އަތުން އެއްޗެއް ހޯދާފިއްޔާ ރިޝްވަތު، ގައުމު ވިއްކާލީ..