އަދާލަތު ޕާޓީގެ ރައީސް އިމްރާން
18 އޯގަސްޓް 2025 - 21:41
ރާއްޖޭގައި މިހާތަނަށް މެދުނުކެނޑި 20 އަހަރު ވަންދެން ހިންގި ކަމުގެ ޝަރަފު ލިބޭ ދެ ޕާޓީގެ ތެރޭގައި ހިމެނޭ އަދާލަތު ޕާޓީ ދެން ވެސް ދެމިއޮންނާނީ އަދުލު އިންސާފުގެ މަތީގައި ސާބިތުވެ، ހައްގަށް ނަސްރުދޭ ޕާޓީއެއްގެ ގޮތުގައި ކަމަށް އެ ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި މިހާރު އޮތް އެމްޑީޕީ އަށް ފަހު ދެވަނަ އަށް ރާއްޖޭގައި އުފެއްދި ޕާޓީ، އަދާލަތަށް މިއަދު 20 އަހަރު ފުރުމާ ދިމާކޮށް ދެއްވި ހިތާބެއްގައި އިމްރާން ވިދާޅުވީ، ރައްޔިތުން ބިކަވެ، ނިކަމެތިވާ ކޮންމެ ދަނޑިވަޅެއްގައި އަދާލަތު ޕާޓީ އޮންނާނީ ފަސްނުޖެހި ރައްޔިތުންނާ އެކު ކަމަށެވެ.
ދީނީ ގިނަ އިލްމުވެރިންތަކެއް މިހާރު ވެސް އިސްވެ ތިއްބެވި އަދާލަތު ޕާޓީގެ މާޒީ އަށް ބައްލަވަމުން އިމްރާން ވިދާޅުވީ، އެ ޕާޓީން ވާނީ ވެރިކަމުގެ ސިޔާސަތު ތަޣައްޔަރުވެ، ސިޔާސީ ޖައްވު ކިލަނބުވެ ފަސާދަވެ، ގިނަ ރައްޔިތުންގެ ހައްގާއި މަސްލަހަތު ގެއްލޭ ކޮންމެ ހިނދަކު ރައްޔިތުންގެ ދިފާއުގައި ތެދުވެ، ސާބިތުކަމާ އެކު އިސްސަފުގައިމަސައްކަތް ކޮށްފައި ކަމަށެވެ.
"އާދެ! މިއަދު އަދާލަތު ޕާޓީގެ މެންބަރުން އެންމެ އުފާކޮށް ފަހުރުވެރިވާންވީ ކަމަކީ ވޭތުވެދިޔަ 20 އަހަރު މެދުކެނޑުމެއް ނެތި ރާއްޖެ އަށް ހިދުމަތް ކޮށްފައިވާ ހަމައެކަނި ދެ ޕާޓީގެ ތެރެއިން އެއް ޕާޓީއަކީ އަދާލަތު ޕާޓީ ކަމުގައި ވާތީ،" އެމްޑީޕީގެ ދެވަނަ ވެރިކަމަށް ފަހު ކުރިމަތިވި ބޮޑު ނާކާމިޔާބީއާ އެކު، ތައިލެންޑުގައި ވިޔަފާރިއެއް ފައްޓަވައިގެން އުޅުއްވާ އިމްރާން ވިދާޅުވި އެވެ.
އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި އިމްރާން ވިދާޅުވިގޮތުގައި، އޮގަސްޓް 18، 2005 ގައި އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި އަދާލަތު ޕާޓީ ރަޖިސްޓަރީ ކުރީ އިސްލާމް ދީނުގެ އަގުތަކުގެ މައްޗައް ބިނާކޮށް، ސިޔާސީ ޕާޓީއެއް އުފެއްދުމާ މެދު އިލްމުވެރިންގެ މެދުގައި ވަރަށް ފުޅާކޮށް މަޝްވަރާ ކުރުމަށް ފަހު އެވެ. އެއީ ގިނަ އަދަދެއްގެ އިލްމުވެރިންނާއި މަދަނީ ތައުލީމުގެ ބޭފުޅުން ގުޅިގެން ކުރެއްވި މަސައްކަތް ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ، މިދިޔަ 20 އަހަރު ރާއްޖޭގައި ހިންގި ކޮންމެ ބޮޑު ހަރަކާތެއްގައި އަދާލަތު ޕާޓީ ވާނީ މުހިންމު ދައުރެއް އަދާކޮށްފައި ކަަމަށެވެ. އަދި އެ ޕާޓީގެ ފަރާތުން އިޖުތިމާއީ، ދީނީ، އިސްލާހީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"މިއިން ކޮންމެ ކަމެއް ކާމިޔާބު ވެފައި ވަނީ އަދާލަތު ޕާޓީގެ އިހުލާސްތެރި މެންބަރުންގެ މިންނެތް މަސައްކަތުން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަނބިލި
19 August 2025
ހޯމް މިނިސްޓަރަކަށް ހުރެ ކާލީ މިލިޔަނުން ދީނަށް ޓަކައި
އިސްބަގުލު އާދަނު
19 August 2025
ހިނިއަޔަސް ނުހޭނަން! ހީވާކަހަލަ ރައްޔިތުން ބޭނުންވާ ބައެކޭ މިއީ! ހިސާބު ކިތާބުން ނުދައްކާ އެހެން ކަމަކައް! މުޅި ގައުމުގެ އެންމެން ކުރަންހުރި ހުރިހާ ކަމެއްހުއްޓާފަ މިބޭފުޅާ އައް ތަރުހީބުދީފަ ފައިސާކޮޅެއް އަދާލަތު ޕާޓީ އައް ދެމާ ބަހީ!
ކަނބިލި
19 August 2025
ކޮރަޕްޓް މީހުން ޕާޓީގެ މުގުލުގައި ތިބުމަކީ ރައްޔިތުން ޕާޓީއާ ދުރުގައި ތިބޭ އެންމެ ބޮޑު އެއްސަބަބު. މަގާމުގައި ހުރެގެން ހިންގި ޖަރީމާތައް އެންމެންނަށް އެނގޭ. އިސްލާމް ދީން ކުރިއެރުވުމުގެ މަގުސަދުގައި އޮތް ޕާޓީގެ ވެރިންނަށް ތިބެންވާނީ ނަޒާހަތްތެރިން. މިއަދު ރައްޔިތުންގެ މަތިން ހަނދާންވެއްޖެ
ރާވެރިބެ
19 August 2025
20 އަހަރުވީ އިރު އަމިއްލަ ބާރުގަ އަދާލަތަށްވީ ކޮންކަމެއްތޯ؟ އެންމެ ކުޑަ މިނުން މަޖިލިހުން ގޮޑިއެއް ވެސް ކާމިޔާބުނުވޭ. މުޅިން ކޮންމެ ވެސް ބޮޑުޕާޓީ އަކާ ގުޅިގެން ސަރުކާރުން މަގާމު ތަކެއް ހޯދާ. އެނިމުނީ. ގިނަމީހުން ބުނެ އުޅޭ ދީނީ ބައެއް ގޮތަށް ސިޔާސީ ޕާޓީ ހިންގުން ރަގަޅު ނޫންކަމަށް. ވިސްނާލަން ރަގަޅު ޕޮއިންޓެއް.
މާލު
19 August 2025
ވެރިކަމަށް އަންނަންވީމާ ކޮންމެވެސްޕާޓީއެއް ވެރިކަން ނިމުނީމާ ބެންކޮކްގަ ދިރިއުޅެން މީކޮންވައްތަރުމީހާ
ޔައްލަޔައްލަ
19 August 2025
ދެން އަތް ޖަހަން ވީ ތަ؟
އަޅި އަލި
19 August 2025
ރަނގަޅުކޮށްލާނަން! ފައިސާއަށް ނަސްރުދޭ ޕާޓީއެއްގެ ގޮތުގަ
ދިއްދޫމީހާ
19 August 2025
އަދާލާތު ބަދަލްވީ އިދާލާތައް ތިޔައީ އަބަދުވެސް ރިޔާސީ އިންތިހާބެއްގައި ކޮންމެވެސް ޕާޓީއަކަށް ތާއިދުކުރާނީ ކެބިނެޓް ވަޒީރުކަމަކާ އަދި ޕާޓީ ހިންގާށޭ ކިޔާފަ 4މިލިޔަން ރުފިޔާދޭ ބަޔަކަށް ދެން ކުރާނި ކަމަކީ ބޮލުގައި ފޮތި ބަންދެގެން ނުކުމެ ކަރަށް ނާރު އަރުވާފަ މީހުންގެ ބޮލުގައި ބޮޑެތި ބަދުނާމް އެޅުވުން ތިޔަ އިމްރާން ވަޒީރު ކަމުގެ ފަސްއަހަރު ނިންމާލީ އިރު އޭނާގެ މިލްކިޔާތު ހުރިވަރު ބަލާބަލަ ބެންކޮކްގައި ވިޔަވާރި ކުރާނީ ލައްކަ ބައިވަރު ލިބިގެންތާ…
1206
19 August 2025
މިހާރު ޢަދާލަތު ޕާޓީއަކީ އެއްވެސް އުރަތްޕެއް ހުރި ޕާޓީއެއް ނޫން. ތިޔައީ ފިތުނައިގެ ޕާޓީ. ފިތުނަ ޕާޓީ. ޖަހާލަތު ޕާޓީ.
ޝޮކްތެރަޕީ
19 August 2025
އަދާލަތު ޕާޓީ އަމިލްލައެދުން އިސްކޮއްފި. އެމްޑީޕީ ކޮމްމެ ކަމެއް ކުއިއިރުގަވެސް. އެމްޑީޕީ ދިފާއު ކުރަން އަދާލަތު ޕާޓީ އޮތީ. ދެރަ