މަރުކަޒީ ބޭންކް އެމްއެމްއޭ. މިދިޔަ މަހުގެ ދައުލަތުގެ ރިޒާވް ވަނީ ހަތް ޕަސެންޓް ދަށްވެފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު
19 އޯގަސްޓް 2025 - 11:55
މިދިޔަ ޖުލައި މަހު ރިޒާވް ހަތް ޕަސެންޓަށް ދަށްވެ، ޖުމްލަ ރިޒާވްގެ އަދަދު 775 މިލިއަން ޑޮލަރަށް އަރައިފި އެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ޖޫން މަހުގެ ރިޒާވްގައި ހުރީ 832 މިލިއަން ޑޮލަރެވެ. އެހެންވެ، އެއީ 57 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.
މި އަހަރުގެ މިދިޔަ ހަތް މަހު އެވްރެޖުކޮށް ރިޒާވްގައި 800-700 މިލިއަން ޑޮލަރު ހުއްޓެވެ.
ރަސްމީ ރިޒާވްގެ އިތުރުން ޔޫޒަބަލް ރިޒާވްގައި މިދިޔަ މަހު ހުރީ 213 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަހު އެ އަދަދު ހުރީ 203 މިލިއަން ޑޮލަރުގަ އެވެ.
ދައުލަތުގެ ދަރަނި އަދާކުރުމަށް މިދިޔަ ޖުލައި މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވުން 213 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ބޭނުންކުރި ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އެ އިދާރާ އިން ބުނި ގޮތުގައި ދަރަނި އަދާކުރުމަށް މި އަހަރު ހޭދަކުރި އަދަދަކީ މިދިޔަ އަހަރަށް ވުރެ 60 ޕަސެންޓު އިތުރު އަދަދެކެވެ.
އެމްއެމްއޭ އިން ބުނީ، އެ ހަރަދުތައް ހަމަޖެއްސުމަށް އެސްޓީއޯ އަށް ޖުލައި މަހުގެ ނިޔަލަށް 274 މިލިއަން ޑޮލަރު (4.2 ބިލިއަން ރުފިޔާ) ބޭނުންކޮށްފައިވެ އެވެ.
ރިޒާވަށް ބޭރު ފައިސާގެ އެންމެ ބޮޑު ބައެއް ލިބެނީ ޓޫރިޒަމްގެ ދާއިރާގެ ޓެކްސް އާއި ފީގެ ގޮތުގައި ސަރުކާރަށް ލިބޭ ބޭރު ފައިސާގެ އާމްދަނީންނެވެ. މި އަހަރުގެ ފުރަތަމަ ހަތް މަހުގައި ސަރުކާރަށް ޓެކްސް އާއި ފީގެ ގޮތުގައި ލިބުނު ބޭރު ފައިސާގެ އާމްދަނީ މިދިޔަ އަހަރަށް ވުރެ 30 ޕަސެންޓު އިތުރެވެ.
އެމްއެމްއޭ އިން ބުނީ 2021 ވަނަ އަހަރުން ފެށިގެން ރިޒާވް ދަށްވަމުން ގޮސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރިޒާވް 371.2 މިލިއަން ޑޮލަރަށް ދަށްވި ކަމަށެވެ. އޭގެ ފަހުން ރިޒާވް އިތުރުވާން ފެށީ، ޓެކްސް އާމްދަނީ އިތުރުވުމާއި ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒު ކުރުމާއި ކަރަންސީ ސްވޮޕް ނެގުމުގެ ސަބަބުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮން
19 August 2025
ޤައުމެއްގެ އިގްތިސާދު ދަށްވެ ދަރަނި ބޮޑުވީމާ ޖެހެނީ ކޭންސިން ތިއަރީ ބޭނުންކުރަން ޔައުނީ ކޭސްފުލޯއަށް ފައިސާ އިތުރުކޮށް ރައްޔިތުން ހަރަކާތްތެރި ކުރުވުން ،ކޮވިޑްގައި ހާލަތު ރަގަޅުވީ އެހެންވެ، މިވެރިން ޑޮލަރު ޑިމާންޑް ދަށް ކުރަން ކޭސް ފުލޯއިން ފައިސާ އެމް އެމް އޭގައި ހިފަހައްޓަނީ ،،އޭގެ ސަބަބުން ފިނޭސް އިން ރައްޔިތު މިހާ ކުންފުނި ފައިސާ ނުދެވި 6 މަސް 7 ވަނީ ކަމުގެ ތަައުލީމީ ވެރިން ލާބަލަ ،
މޫސަ
19 August 2025
ދަށަށް އެރޭ އެއްޗެއް ތި ނޫނީ ނުހުންނާނެ. ރިޒާވް އެރީ ދަށަށް ދޯ ހަމަ? ހަހަހަ
މަ ބުނީ
19 August 2025
ގަވަރުނަރަށްވުރެކުރިން ރައީސް ވިދާޅުވި ތިރިވަނީއޭ ތިރިވަނީއޭ ދެނެއްމައްޗަކަށް ނާރާނެއޭ އަހުރެންވެސް އެކަށް ގަބޫލުކޮއްގެން މިހުރީ މިހާރު 50 އަހަރުން މަތީގައެއުޅެނީ ދެންދާނީ ހަމަތިރިޔަށް.
ލަސް
19 August 2025
ޖޫން މަހުގަ 832 މިލިންއަން، ޖުލައިގަ 775 މިލިއަން، އެކަމަކުވެސް ލިޔެފަ މިއޮތީ "ޖުމްލަ ރިޒާވްގެ އަދަދު 775 މިލިއަން ޑޮލަރަށް އަރައިފި އެވެ." ސަލާމޭ ވަތަން
އައިމިނާ
19 August 2025
މަސައްކަތްތެރިން ހަނާވަނީ. ޕްރޮޖެކްޓްތައް އެމްއޭސީއެލް އަށް. އެޗްޑީސީއަށް. އެމްޕީއެލްއަށް. ދެންވެސް ގަނޑުކޮށް އެއްކުންފުންޏަކަށް ގިނަ ޕްރޮޖެކްޓްތައް. މަސައްކަތް ކުދި ކުންފުނިތަކަށް ނުދީ އެވަރުންވެސް ފުއްދާނުލެވޭ މީރާއަށް ފައިސާދައްކުން މަޖުބޫރުކުރަނީ. ވަރަށްބޮޑާ ކިބުރުވެރި ވެރިކަމެއް.
އެޗް އެމް
19 August 2025
ހެނދުނު ރިޒާވް މަިތިވެފަ ހަވީރަށް ދަށަށް ދިއުން. މިއިން ދައްކަުވައިދެނީ މިރާޖޭގެ އިކޮނޮމީގެ ވަރުގަދކަން: ފިސްކަލް ރެގިއުލޭޓް ކުރެވެމުން ދާގޮތް ފުރިހަމަކަން.
ބިގަރޭ
19 August 2025
ޓެމްޕަރޭޗަރާ ގުޅިފަ ހުރީ.
ސިންޕަލް
19 August 2025
އެ ނިމުނީނު އެކަން.
ސަރީފާއްތަ
19 August 2025
ބޭރުގެ ދަރަނި އައްނަ އަހަރު އެއްކޮށް ދައްކާލެއްވިއްޖިޔާ ގައުމުހަމަމަގަށް އެޅުވާނެ. މުއިއްޒުގެ ދުރުވިސްނުން ރަގަޅު. އުއްމީދުކުަރނީ===ވަޒީފާގިނަވެ ވިޔަފާރިތައް ހިގައިގައްނަދުވަހަކަށް.
ބައި 7%. ނޮޓް ޓު 7%
19 August 2025
ދައުލަތުގެ ރިޒާވް ހަތް ޕަސެންޓަށް ދަށަށް ދިޔައިއްޔާ 100 ގަ ހުރި އެއްޗެއް އެ ވެއްޓުނީ 7 އަށް. 7 ޕަސެންޓް ދަށަށް ދިޔައިއްޔާ 100 އިން 93 އަށް. ލިޔުމްތެރިން މިޔަށްވުރެ ރަނގަޅަށް އެބަޖެހޭ ލިޔަން ދަސްކުރަން
ޜަދުން
19 August 2025
ބަޖެޓް ސާރޕްލަސް އެބަވޭނު