އެމްޓީސީސީ
19 އޯގަސްޓް 2025 - 21:03
އއ. މާފަރު ފަޅު، ފެރިދޫގެ ރައްޔިތުންނަށް ދޭން ނިންމާފައިވާ ކަމަށާއި އެ ތަން ތަރައްގީ ކުރަނީ ދަތުރު ދިއުމަށް ހާއްސަ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ އަތޮޅުގެ ރަށްތަކަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި މެންދުރު ވަޑައިގަތީ ފެރިދުއަށެވެ.
އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވަނީ ދޯނި އެހެލާ ސަރަހައްދަކާއި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި މާފަރު ފަޅު ތަރައްގީ ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބާއި އެމްޓީސީސީގެ އެމްޑީ ސައުދީ ފޮޓޯއަކަށް ހުއްޓި ވަޑައިގެން.
އެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީން ސޮއި ކުރެއްވީ ސީއީއޯ އަހުމަދު ސައުދީ އެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ޕިކްނިކް އައިލެންޑް ހަދަނީ މާފަރު ފަޅުގައި ކަމަށެވެ.
ރައީސް މުއިއްޒު ފެރިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވީ، ޓޫރިޒަމަށް ބަރޯސާވާ ފެރިދޫގެ ތަރައްގީގެ މުސްތަގުބަލަށްޓަކައި، ރަށަށް އާމްދަނީ ލިބޭނެ ވަސީލަތެއްގެ ގޮތުގައި އެ ފަޅު ބޭނުންކުރެވޭނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި ޕިކްނިކް އައިލެންޑު ހަދާއިރު ރަށުގެ ގުދުރަތީ ރީތިކަން ގެއްލޭނެ ގޮތަށް ކަންކަން ކޮށްގެން ނުވާނެ އެވެ. ހާއްސަކޮށް ރަށް ގިރާނެ ގޮތަކަށް ހަދައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ ތިޔަބޭފުޅުންގެ މި ރަށުގެ، ފެރިދޫގެ ތަރައްގީގެ މުސްތަގުބަލަށްޓަކައި ރަށަށް އާމްދަނީ ހޯދޭނެ ފަދަ ފުރިހަމަ ވަސީލަތެއްގެ ގޮތުގައި ކަންތައްތައް ކޮށްދިނުމުގެ ގޮތުން މާފަރު ފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، ދެންމެ މި ސޮއިކުރި ޕިކްނިކް އައިލެންޑް އެ ފަޅުގައި ގާއިމްކުރަން އަޅުގަނޑު ނިންމި ވާހަކަ ދަންނަވަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ އެ ދަތުރުފުޅުގައި ވަނީ ފެރިދޫ ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތް ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި އެ ރަށުގައި ހުންނަ އެ އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި އުމްރާނީ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ވެސް ސޮއި ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖައިލަމު
20 August 2025
ރައްޔިތުންގެ ދުޅަހެޔޮ ހިތްހަމްޖެހުމަށް ރައީސް ކޮއްދެއްވާ ހުރިހާ ކަމަކަށް ޝުކުރުއަދާ ކުރަން
ކޮން
20 August 2025
ފެރިދޫގަ ނެތީތަ ޕިކްނިކް ދާނެތަނެއް؟
ޙުޝާންޓެ
20 August 2025
ހަގީގީ ހެޔޮ ފިޔަވަޅެއް! މާފަރު ފަޅު ޕިކްނިކް އައިލެންޑަކަށް ބަދަލުކުރުމުން އާއިލާތަކަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް އަރާމުކޮށް، ގުދުރަތީ އުފާ ހޯދައި، މުޖުތަމައުގެ ގުޅުން ބަދަހިކުރުމުގެ އިތުރުން އީކޯ ފްރެންޑްލީ ޓޫރިޒަމް ވެސް ކުރިއެރުވުމަށް ރީތި ޖާގައެއް ލިބިގެންދާނެ އެވެ.
ކަލީމް
20 August 2025
ދެން ޕިކްނިކަށް ނުދެވިފަ ތިބޭކަށް ނުޖެހޭނެ. ސިޔާދާ ހިގާ ނައްޓާލަން
ފަރިވާ އާދަމް
20 August 2025
މުއިއްޒު އަކީ ވައުދެއް ވެ އެ ވައުދެއް މަތިން ހަދާންވެ ވައުދު ފުއްދާނެ ރައީސެއް
މަުޒޫމް
20 August 2025
މިކަމެއްގެ އިންތިޒާރުގަ ވެސް މާފަރު ރައްޔިތުން ތިބޭތާ ވެސް ކައްކަ ދުވަސް ވެއްޖެ
ކަޑަބޮއް ސައީދު
20 August 2025
ފަޅެއް ހިއްކާގެން ތިޔަކަން ކުރުން ވަރަށް ވިޔާނުދާކަމެއް ތިއައީ ހާއްސަކޮށް ތިސަރަހައްދުގައި.
ޑރ ވާންޗޯ
19 August 2025
ކުޑަބަނޑޮސް ޕިކްނިކް އައިލެންޑް އަކަށް ހެއްދެވި ގޮތަށްތޯ؟.