ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ: ކޮންމެ އަތޮޅެއްގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރަން ސަރުކާރުން ވަނީ ނިންމާފައި. -- ފޮޓޯ: ރައީސް އޮފީސް
20 އޯގަސްޓް 2025 - 10:00
ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ރަށް ދަތުރުދާން ހާއްސަކޮށް، ސަރުކާރުން ތަރައްގީކޮށްދޭނެ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، މަތިވެރީގައި ރައީސް ވިދާޅުވީ ރައްޔިތުންނާ ބައްދަލުކުރައްވާއިރު، ޕިކްނިކް އައިލެންޑެއް ހަމަޖައްސައިދޭން ވަރަށް ގިނަ ރަށްރަށުން އެދޭ ކަމަށެވެ. އާއިލާ އެކު ޕިކްނިކަށް އެއްވެލާނެ ރަށެއް ނެތުމަކީ ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަން ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ އަތޮޅެއްގެ ރައްޔިތުން ދަތުރު ދާން ވަކި ރަށެއް ހާއްސަވެފައި އޮތުމަކީ ޓޫރިޒަމަށް ވެސް ފައިދާ ކުރާނެ ކަމެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ދަތުރުދާނެ ރަށްތައް ތަރައްގީކުރަން މިހާރު ދިރާސާ ކުރިއަށް އެބަދެ އެވެ. އެ ރަށްތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެއް ރަށް އަޅުގަނޑުމެން ނަގައި، އެ ރަށް އެއީ އެ އަތޮޅެއްގެ ރައްޔިތުންނާއި އެ ރައްޔިތުންގެ ގެސްޓް ހައުސްތަކާއި އެކަހަލަ ކަންކަމަށް، ގެސްޓުންނަށް ޕިކްނިކް ދާން ހާއްސަ ކުރާނަން،" ރައީސް ވިދާޅުވި އެވެ.
"ރަށްރަށުގެ ރައްޔިތުންނަށް ވަރަށް އުނދަގޫ، ފުރުސަތު ނެތް އާއިލާއާ އެކު ޕިކްނިކް ދާނެ ތަނެއް. ގެސްޓުން ގެންދާނެ ތަނެއް ވެސް ނެތް. އެހެންވެ ކޮންމެ އަތޮޅަކަށް އެއް ރަށް ސަރުކާރުން ތަރައްގީކޮށްދީ، އެކަމުގެ ދިރާސާތައް އެބަކުރެވޭ. އެ މަސައްކަތް ނިންމާނަން."
ރައީސް ވަނީ އިންތިހާބުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވައުދުތަކެއް ފުއްދަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަމާ
20 August 2025
އެހެންތަ. ފުވައްމުލަކު މީހުންނަށް ރަށެއް ހިއްކައިދޭނެ ދޯ
އައްސަފަފ
20 August 2025
"ރައީސް ވަނީ އިންތިހާބުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވައުދުތަކެއް ފުއްދަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ." ޖާދޫގަރެއް ނޫނިއްޔާ މީނަ ވެފަ ހުރި ހުރިހާ ވައުދެއް މިދައުރުގަ ނުނިންމޭނެ
ލަގަން ވިއްކާލުން
20 August 2025
ދިވެހިރާއްޖޭގެ ގުދްރަތީ ސިފަތައް ގެއްލުވާލުން. އަތޮޅު ތަމްސީލް ކުރާނެ ވެރިއެއް ނެތް. ގުދުރަތީ ގޮތުން އަތޮޅަކާ، އިދާރީ ގޮތުން އަތޮޅުގެ ރަށްތަކަށް ބަސް ބުނާނެ ވެރީން ކާބަފައިން ހަމަޖައްސާފަ ވަނީ މާތް މަގުސަދެއްގަ. އަތޮޅު ވެރިކަން ކުރާ ރަށެއް ނެތް އެއް ނަމެއް ކިޔާ އެތައް ރަށެއް ރާއްޖޭގެ އެކި އަތޮޅުގައި އެބަވޭ. މިސާލަކަށް ދެން ކިޔަން ޖެހޭނީ ތިނަދޫ، ދިވެހިރާއްޖެ ކޮން އަތޮޅަކަށް ނިސްބަތްވާ ރަށެއް ކަމެއް ނުވެއްއިނގޭނެ. ފުޅި ބައްތި އަރުވަންވީނު އަލުން.
ދިއްދޫމީހާ
20 August 2025
ތިބޭޅާ ފުރަތަމަ 100ދުވަހަ ވީވައުދުތައްވެސް ނުފުދިގެންނޭ ތިޔައުޅެނީ އަނެއްކާ އަނެއް ވައުދުތައް ވާންފެއްޓީ،ތިބޭޅާ ރަށަކަށް އަރާފިއްޔާ ދިކޮއްލާ ނޯޓްކޮޅަކަށް ބަލާގެން ވައުދުތައް ތިޔަވަނީ އެއިން ދޭހަވަނީ ތިބޭޅާއަކީ އެެއްވެސް މިސްރާބެއްނެތްކަން އަހަރެމެން ކަހަލަ މުސްކުޅިން ބުނެ އުޅޭނެ އޮޔާދާ އުނބަކުން ނިރެއް ނުފަޅާނޭ(އުނބެއް އޮޔާދިޔަސް ނުދިޔަސް އެއިން ނިރެއް ނުފަޅާނެ)އޭގެ މިސާލެއް ތިބޭޅާއަކީ:.
ބަންކަރިން
20 August 2025
ޝުކުރިއްޔާ ރ.ސޯލިހް. ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުދެވޭނެ ރަށެއް ދެއްވަން މާ ކުރީންސުރެއް ނިންމެވީތީ.
ބައްޒާ
20 August 2025
ދަތުރުދާނެ ރަށްތައް ތަރައްގީ ކުރަން ހަވާލު ކުރާނީ އިމިގުރޭށަންއަށް ކަންނޭގެ!
ނަދުއަމް
20 August 2025
ރަނގަޅު ރައީސްއެއް ހުވާ މިބުނީ، މަގޭ ވޯޓު ގެރެންޓީ
ސޯޅަ
20 August 2025
ފުރަތަމަ ތިކަން މަޑުޖައްސާފަ ދަރަނި ދައްކާބަލަ. ފަހުންވެސް ތިކަމެއް ކުރެވިދާނެ ނޫންތޯ؟
ދަޑިމަގުއަހައްމާބެ.
20 August 2025
ފުވައްމުލަކު މީހުން ދަތުރުދާންވެސް ފަޅުރަށެއްދޭތި.
މަގުއައިސައިދިޔެ
20 August 2025
ފުވައްމުލަކު މީހުން ދަތުރުދާން ހަމަޖެއްސީ ހއ. އަލިދޫ
ހއ.އަލިދޫން
20 August 2025
ފުވައްމުލަކު މީހުނަންށް ދަތުރުދާން ދެކޮޅު ޓިކެޓްވެސް ހަމަޖައްސާނަން
އަލްޖިބްރރާ
20 August 2025
މާތްކަމޯ. އަދިވެސް ވައުދުފޮތް ނުނިމޭތަ؟ ރިޔާސީ އިންތިޚަާބުގައި ވީވައުދުތައް ފުއްދުނީތަ؟